28 ޖުލައި 2018
ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށި ރިސޯޓު ގައި އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތެއް ނޯންނާނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު އަދި އޭޑީކޭއާ ގުޅޭ ކުންފުނިތަކުގެ އިސްވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށި ރިސޯޓު ގައި އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތެއް ނޯންނާނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު އަދި އޭޑީކޭއާ ގުޅޭ ކުންފުނިތަކުގެ އިސްވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ސިއްރު ފެންފުށި ރިސޯޓުގެ ފަޅުތެރޭގައި ހެދި މިއުޒިއަމެއްގައި ބުދުތަކެއް ބެހެއްޓި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ތަކެތި ނަގަން ސަރުކާރުން އެންގި މައްސަލައާ ގުޅުވައިގެން، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ފެތުރި ޚަބަރަކާ ގުޅުވައިގެންނެވެ.
އެ ޚަބަރު ގައި ބުނެފައިވާ ގޮތުން، ށ. ގާކޮށިބީ [މިހާރު ސިއްރު ފެންފުށި ރިސޯޓު] ގައި ރިސޯޓެއް ތަރައްގީ ކުރުމަށް ފުރަތަމަ ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާއާ އެވެ. އެކަމަކު، ނާޝިދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ފަހުން އެ ރަށް ރިޒާ ވިއްކާލާފައިވާ ކަމަށް ޕީއެސްއެމްގެ ޚަބަރުގައި ވެ އެވެ.
އަދި، ސިއްރު ފެންފުށި ރިސޯޓުގެ މިއުޒިއަމް ގައި ބުދުތަކެއް ބެހެއްޓީ، މިއީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކަމަށް ވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރުންތަކެއްގެ މަސްލަހަތު އޮންނަ ރިސޯޓަކުން، ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ޕީއެސްއެމްގެ ޚަބަރު ގައި ތުހުމަތު ކޮށްފައިވާ ކަން، އެކަމާ ގުޅިގެން ނާޝިދު ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައި ވެ އެވެ.
ނަމަވެސް، އެމްޑީޕީގެ މަޖިލިސް މެމްބަރު ނާޝިދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ގާކޮށިބީ އަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރު ހުސެއިން ވަހީދަށް އޯގަސްޓް 24، 2006 ގައި ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އަދި، ގާކޮށިބީ ގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ރަށުގެ ސަބްލީސް ނޮވެމްބަރު 1، 2007 ގައި އޭޑީކޭ އަކާސޫ ޑިޕެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހެޑްލީސް އޯނަރާ ދެމެދު އެއްބަސްވި ކަމަށް ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ އަކާސޫ ޑިޕެލޮޕްމަންޓްސް އަކީ ނާޝިދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
އެކަމަކު، ނާޝިދު ވިދާޅުވީ އޭޑީކޭ އަކާސޫ ޑިޕެލޮޕްމަންޓްސް އިން ގާކޮށިބީ ގައި ކުރަމުން ދިޔަ މަސައްކަތްތައް އެކި ސަބަބުތަކާ ހެދި ނިންމައި ނުލެވެނީސް އެ ކުންފުނިން ވާނީ އެ ރަށުގެ ސަބްލީސް އާއި އެ ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުތައް ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައި ކަމަށެވެ. އެ މުއާމަލާތް ހިންގީ ނާޝިދުގެ ބަޔާނުގައި ވާ ގޮތުން ނަމަ ނޮވެމްބަރު 25، 2015 ގަ އެވެ.
"އަދި ރަށުގެ ހެޑް ލީސް އޯނަރު ށ. ފޯކައިދޫ/ހުވަނދުމާގޭ ހުސައިން ވަހީދު ވެސް ވަނީ ރަށުގެ ހެޑްލީސް ޖީ.ބީ.އެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފަ އެވެ. އެ ރަށުގެ ސަބްލީސް އާއި އިންވެސްޓަމްންޓް ވިއްކާލިއިރު، އެ ރަށުގެ ކޮންސެޕްޓްގައި ގަލުން މިއުޒިއަމެއް ހެދުމަށް ހިމަނާފައި ނުވާނެ އެވެ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަށުގެ ސަބްލީސް އާއި އިންވެސްޓްމަންޓް ވިއްކާލުމުގެ މުއާމަލާތްތައް ހިންގާފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާއިރު، އެއާ ގުޅޭ ލިޔެކިޔުންތައް ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުގައި ހުންނާނެ ކަމަށެވެ. އެކަން އެހެން އޮތް އިރު، އަދި ގާކޮށިބީ ނުވަތަ ސިއްރު ފެންފުށި ރިސޯޓު މިހާރު ތަރައްގީ ކުރަނީ އޭނާ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކާ އެއްވެސް ގުޅުމެއް، ވިޔަފާރީގެ މަސްލަހަތެއް ވެސް ނެތް ބައެއް ކަމަށް ނާޝިދު ވިދާޅުވި އެވެ.
އެހެންވެ، ޕީއެސްއެމުން ޚަބަރު ފެތުރީ ހަގީގަތާ ޚިލާފަށް ކަމަށާއި އަބުރުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އެ ޚަބަރު އިސްލާހު ކޮށްދިނުމަށް ނާޝިދު އެދިވަޑައިގަތެވެ.
ސިއްރު ފެންފުށި ރިސޯޓުގެ މިއުޒިއަމް ގައި ބެހެއްޓި ބުދުތައް ނެގުމަށް ރައީސް އޮފީހުން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު "މިހާރު" އަށް ވިދާޅުވީ، ސިއްރު ފެންފުށީގެ "ކަނޑު އަޑީގެ މިއުޒިއަމް" ގައި އަޅުކަން ކުރާ ޒާތުގެ ބުދު ބަހައްޓަން ހުއްދަ ނުދޭ ކަމަށެވެ. އަދި، އިސްލާމް ދީނުގެ އަސްލަކާއި އަދި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ރިސޯޓުން ކުރިން ދީފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ސިއްރުފެންފުށީގައި ހުރި ބުދުތައް ފުލުހުން ލައްވާ ނަގަނީ
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ