ކ.ކާށިދޫ ފަޅާއި އާއި ހއ. ކެލާގެ ފަޅު ތެރޭގައި ރިސޯޓުތަކެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
01 އެޕްރީލް 2025
ކ.ކާށިދޫ ފަޅާއި އާއި ހއ. ކެލާގެ ފަޅު ތެރޭގައި ރިސޯޓުތަކެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެތަނުގައި ރިސޯޓު ހެދުމަށް އެންމެ ދަށްވެގެން ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކާށިދޫގެ ފަޅުގެ ސަރަހައްދުގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ.
ކެލާގެ ފަޅުގެ ދެ ބައެއްގައި ދެ ރިސޯޓެއް ހެދުމަށް ވަނީ ކަނޑައަޅައިފަ އެވެ. ރިސޯޓު ހެދުމަށް ދޫކުރާ އެ ދެ ސަރަހައްދުގައި ވެސް 12.2 ހެކްޓަރު ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން "ލެގޫން 1" ގެ އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓަކީ 1.9 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެވެ. އަދި "ލެގޫން 2" ގެ އެންމެ ދަށް އަގެއްގެ ގޮތުން ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.
އެ ދެ ރަށުގެ ފަޅުގައި ހަދަން އިއުލާނުކޮށްފައިވާ ތިން ރިސޯޓަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 5 ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހެ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓް ހެދުމަށް ގާތްގަނޑަކަށް 25 ރަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރެއިން 11 ރަށުގެ އިކުއިޒިޝަން ކޮސްޓް ދައުލަތަށް ވަނީ ދައްކައިފަ އެވެ. އެ ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބިފައި 33 މިލިއަން ޑޮލަރު (509 މިލިއަން ރުފިޔާ) ލިބުނެވެ.
މިވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުން ދެ އެވެ. ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ ބެޑް ކެޕޭސިޓީގެ 70 ޕަސެންޓް ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ