Roadha Mihaaru
ގަތަރާ ވާދަކޮށް 98 ލަނޑުން ރާއްޖެ ބަލިވެއްޖެ

ގަތަރާ ވާދަކޮށް 98 ލަނޑުން ރާއްޖޭގެ ކްރިކެޓް ޓީމް ބަލިވެއްޖެ

25 އޮކްޓޯބަރ 2021

ގަތަރުގައި ކުރިޔަށްދާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި 98 ލަނޑުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގަތަރުގައި ކުރިޔަށްދާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި 98 ލަނޑުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލި ވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗުގައި ރާއްޖެއަށް ޓޮސް ދިމާވުމުން ފުރަތަމަ ނިންމީ ހޮވާށެވެ. މި އިނިންގްސް ގައި 20 އޯވަރުން ހަ ކުޅުންތެރިން ނުބައިވެގެން ގަތަރުން ވަނީ 154 ލަނޑު ހަދައިފަ އެވެ. ގަތަރުން ފުރަތަމަ ކުޅެން އެރި ދެ ކުޅުންތެރިން ވަރަށް ކުރީކޮޅު ނުބައިކޮށްލެވުނަސް އެއަށް ފަހު ކުޅެން އެރި ވިކެޓް ކީޕަރު މުހައްމަދު ރިޒްލާން ވަނީ 46 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ. މިއީ ޓީ20 އިންޓަނޭޝަނަލް މެޗެއްގައި ރިޒްލާން ހެދި ފުރަތަމަ ހާފް ޗެންޗަރީ އެވެ. އޭނާ ވަނީ ތިން ބޯޅަ ހަޔަކަށް ޖަހައި، ހަ ބޯޅަ ހަތަރަކަށް ޖަހައިފަ އެވެ.

މި އިނިންގްސް ގައި ރާއްޖޭގެ އާދަމް ނާސިފް އުމަރު ތިން ވިކެޓް ނެގިއިރު ކެޕްޓަން މުހައްމަދު ރިޒާން ވަނީ ދެ ވިކެޓް ނަގައިފަ އެވެ. އަދި އިބްރާހިމް ރިޒާން ވެސް ވަނީ ވިކެޓެއް ނަގައިފަ އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 18.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 56 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 18 ލަނޑު ހެދި އަހުމަދު ހަސަނެވެ.

ކޮލިފައިން ގައި ރާއްޖެ ވާދަކުރާ ތިންވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބައްދަލުކުރާނީ ބަހްރޭނާ ދެކޮޅަށެވެ. ބަހްރޭން ވަނީ އިއްޔެ ކުޅުނު ގުރޫޕްގެ ދެވަނަ މެޗުގައި ކުވޭތާ ވާދަކޮށް ހަ ވިކެޓުން ބަލިވެފަ އެވެ.