23 އޮކްޓޯބަރ 2021
ނެޓްފްލިކްސް އިން ގެނެސްދީގެން ބޮޑު ހިޓަކަށް ވެފައިވާ ދެކުނު ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގެ ޕޯސްޓަރު ޗައިނާ ކުންފުންޏަކުން އިން ކޮޕީކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އެންމެ ފަހުން ޕޯސްޓަރު ބަދަލުކޮށްފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދީގެން ބޮޑު ހިޓަކަށް ވެފައިވާ ދެކުނު ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގެ ޕޯސްޓަރު ޗައިނާ ކުންފުންޏަކުން އިން ކޮޕީކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އެންމެ ފަހުން ޕޯސްޓަރު ބަދަލުކޮށްފި އެވެ.
ޗައިނާގެ ސްޓްރީމިން ޕްލެޓްފޯމް، ޔޫކޫ އިން ވެރައިޓީ ޝޯއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ޝޯގެ ނަން ވެސް އޮތީ "ސްކައިޑް ގޭމް" އާ ވައްތަރުކޮށް، "ސްކްއިޑްސް ވިކްޓްރީ" ގެ ނަމުގަ އެވެ. އަދި އެ ޝޯ އަކީ ވެސް ހަމަ ކޮރެއާގެ ޝޯ ގޮތަށް ބައިވެރިންތަކެއް ކުޑަކުދިންތަކެއްގެ ގޭމެއްގައި ވާދަކޮށްގެން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ގޮތަށް ހަދާފައިވާ އޮތް އެއްޗެކެވެ.
މިއާ އެކު އެންމެ ބޮޑު މައްސަލަކަށްވީ ޕޯސްޓަރު ކޮޕީކުރުމުންނެވެ. "ސްކްއިޑް ގޭމް" ގެ ނަން ކޮރެއާ ބަހުން ހުދާއި ފިޔާތޮށި ކުލައިން އަޅާފައި އޮތީ ތިނެސްކަނާއި ވަށްބުރާއި ހަތަރެސްކަމް ބައްޓަންތަކެއް ވެސް ހިމަނައިގެންނެވެ. ހަމަ އެގޮތަށް ޗައިނާގެ "ސްކްއިޑްސް ވިކްޓްރީ" ގެ ނަމުގައި ހަމަ އެ ކުލަތަކުން ބައްޓަންތައް ހިމަނާފައިވެ އެވެ.
މިއާ އެކު ވަރަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ޔޫކޫ އިން ވަނީ ޕޯސްޓަރު ބަދަލުތަކެއް ގެނެސް، އެ ދައްކާލައިފަ އެވެ. މި ފަހަރު ނަން އޮތީ ވިދާ ނުލާއި ފިޔާތޮށިގެ ބެކްގްރައުންޑެއްގައި ތިން ބަރިއަކަކަށް ހުދު ކުލައިން އަދި ބެކްގްރައުންޑްގެ އަލި އަކުރުތައް އެޅިފައި އިންނަ ގޮތަށެވެ.
"ސްކްއިޑްސް ވިކްޓްރީ" ގެ ޕޯސްޓަރު ކުރިން އޮތް ގޮތާއި (ވާތް ފަރާތުގައި) މިހާރު އޮތް ގޮތް.
ޕޯސްޓަރު ކޮޕީކުރުމުން ފާޑުކިޔުންތައް އަމާޒުވުމުން ޔޫކޫ އިން ބުނީ ކުރިން އާންމުވި ޕޯސްޓަރަކީ ޑްރާފްޓެއް ކަމަށާއި އެ އާންމުވީ ޓްރޭޑް ފެއާއެއްގެ ތެރޭގައި އޮޅިގެން ކަމަށެވެ. އަދި "ސްކްއިޑް ގޭމް" ކޮޕީކުރަން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ.
"އެކަމަށްޓަކައި މައާފަށް ވެސް އެދެން." ޔޫކޫ އިން ބުންޏެވެ.
ނަމަވެސް ފާޑުކީ މީހުން ބުނެފައި ވަނީ "ސްއިޑް ވިކްޓްރީ" އަކީ "ސްކްއިޑް ގޭމް" އަށް ލިބުނު މަގުބޫލު ކަމާއި މަޝްހޫރުކަމުން ފައިދާ ނަގަން ޔޫކޫ އިން ހަދައިގެން އުޅޭ އެއްޗެއް ކަމަށެވެ. އަދި އެހެން ބައެއްގެ މަސައްކަތް ވަގަށް ނެގުމަށް ވުރެ، އަމިއްލަ އުފެއްދުންތެރިކަން ގެނެސްދިނުން މާ ރަނގަޅުވާނެ ކަމަށް ބުނެފައިވެ އެވެ.
"ސްކްއިޑްސް ވިކްޓްރީ އަކީ މި ދަނޑިވަޅުގައި ހަމަ ސްކްއިޑް ގޭމަށް ލިބުނު މަގުބޫލު ކަމުން ނާޖާއީޒު ފައިދާތަކެއް ނަގަން ޗައިނާ އިން ހަދައިގެން އުޅޭ އެއްޗެއް." ފާޑުކީ މީހަކު ބުންޏެވެ. "ކޮޕީ ކޮށްފައި އޮޅުމެކޭ ބުންޏަސް ބަޔަކު ގަބޫލެއް ނުކުރާނެ."
މީގެ ކުރިން ވެސް ދެކުނު ކޮރެއާގެ ބައެއް އުދެއްދުންތައް ޗައިނާ އިން ކޮޕީކޮށްގެން ހޫނުފެނަށް ވެއްޓިފައިވެ އެވެ. އެގޮތުން ކޮރެއާގެ ރެޕް ޝޯއެއް ކަމަށްވާ "ޝޯ މީ ދަ މަނީ" ކޮޕީކޮށްގެން ޗައިނާ އިން "ދަ ރެޕް އޮފް ޗައިނާ" ގެ ނަމުގައި ގެނެސްދިން ޝޯއަކަށް ވެސް އެތައް ބަޔަކު ފާޑުކިޔާފައިވެ އެވެ.
މި އަހަރު ނެޓްފްލިކްސް އަށް ކޮރެއާގެ 25 އުފެއްދުމެއް
"ސްކްއިޑް ގޭމް" ތިން ވަނަ ސީޒަނެއް ވެސް ހަދާނެ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
"ސްކްއިޑް ގޭމް" އިން ނެޓްފްލިކްސް އަށް ހުސް ފައިދާ
"ސްކްއިޑް ގޭމް" ކުރިން ހަދަން އުޅުނީ ފީޗާ ފިލްމަކަށް
"ސްކްއިޑް ގޭމް" ގެ ތެރޭގައި ހަ ދަތް ގެއްލުނު
"ސްކްއިޑް ގޭމް" އާ ހެދި އިންޓަނެޓަށް ބާރުބޮޑުވެއްޖެ
ކޮރެއާގައި ނެޓްފްލިކްސްގެ ޕްރޮޑަކްޝަން ފުޅާކުރަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އެންމެ ހިޓު ކޮރެއާ ޑްރާމާއަކީ "ލަވް ނެކްސްޓް ޑޯ"