30 ޑިސެމްބަރ 2021
ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ސީރީޒް "ސްކައިޑް ގޭމް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭނެ ކަން އިއުލާން ކޮށްފައި ވަނިކޮށް، އެ ހިސާބުން ވެސް އެ ހުއްޓާ ނުލާނެ ކަމަށް ބުނެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ސީރީޒް "ސްކައިޑް ގޭމް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭނެ ކަން އިއުލާން ކޮށްފައި ވަނިކޮށް، އެ ހިސާބުން ވެސް އެ ހުއްޓާ ނުލާނެ ކަމަށް ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ޑައިރެކްޓަރު ހުވަންގް ޑޮންގް-ހީކް ކޮރެއާގެ ކޭބީއެސް ވޯލްޑަށް ދިން އިންޓަވިއުއެއްގައި ބުނީ ނެޓްފްލިކްސްއާ އެކު މިހާރު މަޝްވަރާތައް ކުރެވެމުން އަންނަނީ ހަމައެކަނި ދެވަނަ ސީޒަން ހަދަން ނޫން ކަމަށެވެ.
"ދޭކާއި ތިން ވަނަ ސީޒަނަށް ވެސް އަންނަނީ ވާހަކަތައް ދެކެވެމުން. އެހެންވީމަ މިކަމާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމުމަކަށް އައިމަ ރަސްމީކޮށް އެކަން އިއުލާން ކުރާނަން." އޭނާ ބުންޏެވެ.
"ސްކްއިޑް ގޭމް" ގެ ދެވަނަ ސީޒަނެއް ހަދާނެ ވާހަކަ ޑައިރެކްޓަރު ފުރަތަމަ މީޑިއާތަކަށް ހާމަކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު ހުވަންގް ބުނީ ދެވަނަ ސީޒަންގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެ ސީޒަން ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ނެޓްފްލިކްސްގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ސީރީޒް ކަމަށްވާ "ސްކައިޑް ގޭމް" އަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްޓްރީމްކުރި 9 އެޕިސޯޑްގެ އެއްޗެކެވެ. މީގައި ކިޔައިދެނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން ދިރިއުޅުން "ބިރުވެރި" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.
މި އަހަރު ނެޓްފްލިކްސް އަށް ކޮރެއާގެ 25 އުފެއްދުމެއް
"ސްކްއިޑް ގޭމް" އިން ނެޓްފްލިކްސް އަށް ހުސް ފައިދާ
"ސްކްއިޑް ގޭމް" ކުރިން ހަދަން އުޅުނީ ފީޗާ ފިލްމަކަށް
ކޮރެއާގައި ނެޓްފްލިކްސްގެ ޕްރޮޑަކްޝަން ފުޅާކުރަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
ސްކުއިޑް ގޭމްގެ ދެވަނަ ސީޒަން ނެރޭނީ 2024ގައި
ނެޓްފްލިކްސްއަށް އެންމެން ފައިސާ ދައްކަންޖެހޭގޮތް ހަދަނީ
އަނެއްކާ ވެސް ނެޓްފްލިކްސްގެ އަގުތައް ބޮޑުކުރަނީ
"ބްރިޖަޓަން 2" މާޗް 25 ގައި
ނެޓްފްލިކްސްގައި އެންމެ ގިނައިން ބެލީ "ރެޑް ނޯޓިސް"