Roadha Mihaaru
"ސްކްއިޑް ގޭމް" އިން ނެޓްފްލިކްސް އަށް ހުސް ފައިދާ

"ސްކްއިޑް ގޭމް" އިން ނެޓްފްލިކްސް އަށް މުޅިން ވެސް ފައިދާ

21 އޮކްޓޯބަރ 2021

ބޮޑު ތަރުހީބެއް ލިބިފައިވާ ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގެ މަގުބޫލު ކަމާ ހެދި، އިނގިރޭސި ބަސް ނޫން ބަހުރުވަ ތަކުން ވާހަކަ ދައްކާ މާކެޓްތަކުން ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑު ތަރުހީބެއް ލިބިފައިވާ ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގެ މަގުބޫލު ކަމާ ހެދި، އިނގިރޭސި ބަސް ނޫން ބަހުރުވަ ތަކުން ވާހަކަ ދައްކާ މާކެޓްތަކުން ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ބުނި ގޮތުގައި މިދިޔަ މަހުގެ 30 ހަމައަށް އަލަށް ސަބްސްކްރައިބްކުރި މީހުންގެ އަދަދު 4.4 މިލިއަނަށް އަރާފައިވެ އެވެ. ނެޓްފްލިކްސް އިން "ސްކްއިޑް ގޭމް" ސްޓްރީމްކުރަން ފެށީ މިދިޔަ މަހުގެ 17 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު، ނުވަ އެޕިސޯޑްގެ އެ ސިރީޒްވެފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ސީރީއަށެވެ. އެގޮތުން ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި ސީރީޒް އެ ބެލި މީހުންގެ އަދަދު 142 މިލިއަނަށް އަރަ އެވެ. އެހެންވެ އަންދާޒާ ކޮށްފައި އޮތީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު އާމްދަނީއެއް ވެސް ވައްދާނެ އެއްޗަކީ "ސްކްއިޑް ގޭމް" އަށް ވާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި އަަހަރުގެ ތިން ވަނަ ކުއާޓަރުގައި 4.4 މިލިއަން ސަބްސްކްރައިބަރުން ލިބުނު އިރު އެއީ މިދިޔަ އަހަރުގެ އެ ކްއާޓަރާ އަޅާބަލާ އިރު ދެ ގުނަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އަދި ތިން ވަނަ ކުއާޓަރުގެ އާމްދަނީ އަކީ 1.4 ބިލިއަން ޑޮލަރެވެ. "ސްކްއިޑް ގޭމް" އާ އެކު ނެޓްފްލިކްސް އަށް ބާރު ބޮޑުވެފައިވާ އިރު އަންދާޒާ ކޮށްފައި ވަނީ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ސަބްސްކްރައިބަރުންގެ އަދަދު 8.5 މިލިއަނަށް އަރާނެ ކަމަށެވެ.

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ ތެރެއިން 214 މިލިއަން މީހުންނަކީ ފީ ދައްކައިގެން ހިދުމަތް ހޯދާ މީހުންނެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދިި ކޮންޓެންޓް އޮތް ސްޓްރީމުން ޕްލެޓްފޯމެވެ.

މި ފަހުން ނެޓްފްލިކްސްގެ އެއްވެސް އުފެއްދުމަކަށް ނުލިބޭ ވަރުގެ ތަރުހީބެއް ސަވައިވަލް ޑްރާމާ "ސްކްއިޑް ގޭމް" އަށް ލިބެމުން އަންނަ އިރު، އެއަށް ހޭދަކޮށްފައ ވަނީ 21.4 މިލިއަން ޑޮލަރެވެ. އަދި އެއިން ނެޓްފްލިކްސް އަށް މަދުވެގެން 900 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

އަަހަރު ނިމުމުގެ ކުރިން ނެޓްފްލިކްސް އަށް އަންނަން ހުރި އަދި ގިނަ ބަޔަކު އިންތިޒާކުރާ އުފެއްދުންތަކުގެ ތެރޭގައި "ޓައިގާ ކިންގް" ގެ އާ ސީޒަނާއި "ކޯބްރާ ކާއީ" އާ ސީޒަން ހިމެނެ އެވެ.

ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް ބުނެފައިވާ ގޮތުގައި "ސްކްއިޑް ގޭމް" ގެ ދެވަނަ ސީޒަނެއް ވެސް ހަދާނެ އެވެ. އެކަމަކު އެ ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.