Roadha Mihaaru
އާ ނަމަކާ އެކު ފޭސްބުކް ރީބޭންޑްކުރަނީ؟

އާ ނަމަކާ އެކު ފޭސްބުކް ރީބޭންޑްކުރަނީ؟

20 އޮކްޓޯބަރ 2021

ކޮމްޕިއުޓަރުން ޖެނެރޭޓްވާ މާހައުލެއްގައި، ވާޗުއަލް ދުނިޔެއެއްގައި އުޅެވޭ ކަމުގެ އިހްސާސްވާ ގޮތަށް ފޭސްބުކް ބަދަލުކުރަން ނިންމާފައިވާތީ ކުންފުނީގެ ނަން ބަދަލުކޮށް ރިބްރޭންޑްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮމްޕިއުޓަރުން ޖެނެރޭޓްވާ މާހައުލެއްގައި، ވާޗުއަލް ދުނިޔެއެއްގައި އުޅެވޭ ކަމުގެ އިހްސާސްވާ ގޮތަށް ފޭސްބުކް ބަދަލުކުރަން ނިންމާފައިވާތީ ކުންފުނީގެ ނަން ބަދަލުކޮށް ރިބްރޭންޑްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި މި މަހުގެ 28 ގައި ބާއްވާ ފޭސްބުކްގެ އަހަރީ ކަނެކްޓް ކޮންފަރެންސްގައި މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވާހަކަ ދައްކަވައި، އެކަމާ ބެހޭ ތަފުސީލުތައް ހާމަކުރައްވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް އެ ކުންފުނިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރީބްރޭންޑްކުރާނީ ފޭސްބުކް އުފެދުނީއްސުރެ ރަސްމީ ކުލައެއްގެ ގޮތުގައި ބޭނުންކުރާ ނުލާއި ހުދު ކުލަ ދޫކޮށްނުލަ އެވެ. ރީބްރޭންޑްކުރާ އިރު، އޭގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމާއި ވީއާރް ކުންފުނި އޮކިއުލަސް ފަދަ ޕްލެޓްފޯމްތައް ފޭސްބުކާ ގުޅުން އޮތްކަން މިހާރަށް ވުރެ ބޮޑުކޮށް އެނގޭނެ ގޮތަށް ބަދަލު ގެންނާނެ ކަމަށްވެ އެވެ.

އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި މަޝްހޫރު ފޭސްބުކް ވުޖޫދަށް އައީ 2004 ގަ އެވެ.

ފޭސްބުކުން "މެޓަވާސް" އަށް ކުރާ މަސައްކަތަށްޓަކައި ޔޫރަޕްގެ ގައުމުތަކުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 10،000 މުވައްޒަފުން ނަގަން ނިންމިކަން ވެސް މިދިޔަ ހޯމަ ދުވަހު އިއުލާންކޮށްފައިވެ އެވެ. ފޭސްބުކްގައި މިހާރު ވެސް 60،000 އަށް ވުރެ މީހުން މަސައްކަތްކުރެ އެވެ.