19 އޮކްޓޯބަރ 2021
ތަފާތު އެކި މަސައްކަތްތަކަށް ވާޗުއަލް މާހައުލެއް ބިނާކުރަން ފޭސްބުކުން ގާއިމުކުރަން ނިންމާފައިވާ "މެޓަވާސް" އަށް ޔޫރަޕްގެ ގައުމުތަކުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 10،000 މީހުން ނަގަން ނިންމައިފި އެވެ.
ތަފާތު އެކި މަސައްކަތްތަކަށް ވާޗުއަލް މާހައުލެއް ބިނާކުރަން ފޭސްބުކުން ގާއިމުކުރަން ނިންމާފައިވާ "މެޓަވާސް" އަށް ޔޫރަޕްގެ ގައުމުތަކުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 10،000 މީހުން ނަގަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން މާކް ޒަކަބާގްގެ ފޭސްބުކުން ހޯމަ ދުވަހު ބުނީ ވާޗުއަލް ދުނިޔެއެއްގައި ތަފާތު އެކި ކަހަލަ މުއާމަލާތްތަކަށް ހާއްސަކުރާ "މެޓަވާސް" އަކީ އުފެއްދުންތެރި އިޖުތިމާއި އަދި އިގުތިސާދީ އެތަކެއް ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއް ކަމަށެވެ. ފޭސްބުކަކީ މިހާރު ވެސް ވާޗުއަލް ރިއަލިޓީ (އޭއާރް) އަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެތަނުގެ އޮކިއުލަންސް އަކީ ވީއާރް އުފެއްދުންތަކަށް ހާއްސަ ތަނެކެވެ.
"މެޓަވާސް އަށް އަހަރެމެން ކުރާ މަސައްކަތް ޔޫރަޕުން ފަށައިގަތުމަކީ ވަރަށް އުންމީދީ ކަމަކަށް ވާނެ،" ފޭސްބުކްގެ ގްލޯބަލް އެފެއާޒްގެ ވައިސް ޕްރެޒިޑެންޓް ނިކް ކްލެގް ވިދާޅުވި އެވެ. "އަދި މިއީ މި މަސައްކަތް ބައްޓަންވެގެންދާނެ ގޮތުގެ ރަނގަޅު ތަސައްވުރެއް ގެނެސްދޭނެ ކަމެއް."
As we begin the journey of bringing the metaverse to life, we want Europeans to help us shape it right from the start. So today we're announcing a plan to create 10,000 new high-skilled jobs within the European Union over the next 5 years. --> https://t.co/MfqS5qRvuF
— Nick Clegg (@nickclegg) October 18, 2021
އެ ކުންފުނިން ބުނި ގޮތުގައި "މެޓަވާސް" އަށް ހާއްސަކޮށްގެން އުފައްދާ ވަޒީފާތަކުގެ ތެރޭގައި މަތީ ފެންވަރުގެ އިންޖިނިއަން ދާއިރާގެ މަގާމުތައް ހިމެނޭނެ އެވެ.
ފޭސްބުކުން ބުނީ މި މަސައްކަތް ޔޫރަޕްގެ ގައުމުތަކުން ފަށައިގަންނަން ނިންމީ އެ ބައްރަކީ ފެންވަރު ރަނގަޅު ގިނަ ޔުނިސިޓީތަކެއް ހުރި ތަނަކަށް ވުމާއި ހުނަރުވެރި ވިސްނުން ތޫނު އެތައް ބަޔަކު ތިބި ތަނަކަށް ވުމުގެ އިތުރުން މާކެޓް ވެސް ވަރަށް ފުޅާ ތަނަކަށް ވުމުން ކަމަށެވެ.
The metaverse isn't a single product one company can build alone. And it won’t be built overnight. This gives us time to ask the difficult questions about how it should be built, and collaborate with policymakers, industry & academia to guide our work. https://t.co/MSyTfASyIe
— Nick Clegg (@nickclegg) September 27, 2021
ފޭސްބުކުން ބުނި ގޮތުގައި "މެޓަވާސް" އެއް ބިނާކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ އަދި ހަރަދުކުޑަ ކަމަކަށް ނުވާނެ އެވެ. އެހެންވެ މި މަސައްކަތް ކުރިއަށް ގެންދާނީ ވަރަށް ރޭވުންތެރިކަމާއި ފަރުވާތެރިކަމާ އެކީގަ އެވެ.
"މިއީ އަހަރެމެންނަށް އެކަނި އޯވަނައިޓަކުން ކުރެވޭނެ ކަމެއް ވެސް ނޫން. އެހެންވީމަ މިކަމުގައި އަހަރެމެން އެ ކުންފުނިތަކާ ވެސް އަތު ގުޅާނަން." ނިކް ވިދާޅުވި އެވެ.
އަމާޒަކީ ކުރިއަށް 10-15 އަހަރުގެ ތެރޭގައި ވާޗުއަލް ދުނިޔެ އެއްކޮށް ހަގީގަތަކަށް ހެދުމެވެ.
މި ދަނޑިވަޅުގައި ފޭސްބުކުން "މެޓަވާސް" ގެ ވާހަކަ ތިލަކުރުމާ އެކު ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ މި ފަހަކަށް އައިސް ފޭސްބުކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ޕްރެޝަރުތަކުގެ މިސްރާބު ބަދަލު ކޮށްލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.
"މެޓަވާސް" އަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓާއި އެޕިކާއި އަދި ރޮބްލޮކްސް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
އެފްބީ އަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ
އާ ނަމަކާ އެކު ފޭސްބުކް ރީބޭންޑްކުރަނީ؟
ވަޓްސްއެޕް މިހާރު އެއްކޮށް އެންކްރިޕްޓެޑް
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި