20 އޮކްޓޯބަރ 2021
މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައަކީ، އެންމެ ފަސް ގައުމަށް ވުރެ މާ ބޮޑު މުޖްތަމައެއް ކަމަށާއި، އދ. މަޖިލިސް އުފެދިގެން އައި ދުވަސްވަރު ދުނިޔެ އޮތް ގޮތް މިހާރު ވަނީ މުޅިން ބަދަލުވެފައި ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައަކީ، އެންމެ ފަސް ގައުމަށް ވުރެ މާ ބޮޑު މުޖްތަމައެއް ކަމަށާއި، އދ. މަޖިލިސް އުފެދިގެން އައި ދުވަސްވަރު ދުނިޔެ އޮތް ގޮތް މިހާރު ވަނީ މުޅިން ބަދަލުވެފައި ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގައި ކާމިޔާބު ލިބުނު މަދު ގައުމުތަކެއްގެ "ހެޔޮފުޅުކަމާއި އޯގާތެރިކަމުން" އެހެން ގައުމުތަކަށް ކަންތައް ކޮށްދިނުމަށް ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށެވެ.
އެންގޯލާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ކާމިޔާބު ލިބުނު މަދު އަދަދެއްގެ ގައުމުތަކުގެ އޯގާތެރިކަމުގެ ދަށަށް، މުޅި އިންސާނިއްޔަތު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާ ތަން ދެކެން، އެހެން ގައުމުތައް ތިބެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި ދުނިޔެ ވެސް ދަނީ ބަދަލުވަމުން. ޑިޕްލޮމެސީ އާއި ވިޔަފާރި އާއި ބައިނަލްއަގުވާމީ ގުޅުންތައް ވެސް ދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. މި ބަދަލުތައް އަންނަމުން ދާއިރު، ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ އޮނިގަނޑު އޮންނަންޖެހޭނީ، މީގެ އަހަރުތަކެއް ކުރިން އޮތް ގޮތަށް ކަމަށް ގަބޫލެއް ނުކުރެވޭ،" އުރުދުގާން ވިދާޅުވި އެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް
އޭނާ މި އިޝާރާތް ކުރެއްވީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިގެންވާ ބާރާއި ނުފޫޒަށެވެ. ސަލާމަތީ މަޖިލީހުގައި ޖުމްލަ 15 މެމްބަރު ގައުމު ހިމެނޭ އިރު، ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮވެ އެވެ. މުޅި ސަލާމަތީ މަޖިލީހުގައި ކަމެއް ފާސްކުރިޔަސް، ދާއިމީ މެމްބަރު ގައުމުން ކުރެ ގައުމަކުން އެކަމެއް ވީޓޯ ކޮށްލައިފި ނަމަ، އެކަމެއް ފާހެއް ނުވެ އެވެ.
މީގެ ކުރިން ވެސް އުރުދުގާން ވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ފަސް ގައުމުން ކަންތައް ކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، "ހުޅަނގުގެ ގައުމުތަކުން ބައިނަލްއަގުވާމީ ސިޔާސަތުގެ މައްޗަށް ގޮށްމުށުގެ ބާރު ހިންގައި ހަން ފެތުރި ޒަމާން މިހާރު ފާއިތުވެއްޖެ" ކަމަށެވެ.
"ފިނި ހަނގުރާމަ އަށް ފަހު ދުނިޔެ ދެކެމުން އައީ، އެމެރިކާ ނާރެހެއް ކަމުގައިވި މުޅިން އާ ބައިނަލްއަގުވާމީ ސިޔާސަތެއް. ނަމަވެސް ހަމައެކަނި އެ ސިޔާސަތުން ބައިނަލްއަގުވާމީ ނިޒާމު ކޮންޓްރޯލް ނުކުރެވޭނެކަން މިހާރު މިއޮތީ ސާފުކޮށް ފެންނަން. އެކަމުގައި އެމެރިކާ އެވަނީ ފެއިލްވެފައި، ޚާއްސަކޮށް އިރާގުން އެމެރިކާ ސިފައިން ފޭބި، އަދި އަފްގާނިސްތާނުން ވެސް ފައިބަން މަޖުބޫރުވި. ނަމަވެސް އެ ދެ ގައުމުގައި ވެސް ޑިމޮކްރެސީ ގާއިމުކޮށްދިނުމުގައި އެމެރިކާ ވަނީ ނުކުޅެދިފައި،" އުރުދުގާން ވިދާޅުވި އެވެ.
އުރުދުގާންގެ އެ ވާހަކަތަކަށް ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވެސް ވަނީ ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރަޝިޔާގެ ސޯޗީގައި ބޭއްވި ވަލްޑާއީ އިންޓަނޭޝަނަލް ޑިސްކަޝަން ކްލަބުގެ 18 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ލަވްރޯވް ވެސް ވިދާޅުވީ މުޅި ދުނިޔޭގެ ކަންކަން ބައްޓަން ކުރުމުގެ ބާރު އެންމެ ފަސް ގައުމުގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އދ. މަޖިލިސް އުފެދުނު އިރު ދުނިޔޭގެ ގައުމުތައް ހުރި އަދަދަށް ވުރެ މިހާރު ހުރި ގައުމުތަކުގެ އަދަދު މާ ގިނަ ކަމަށެވެ. މި ހަގީގަތް އދ. މަޖިލީހުން ވެސް އަދި އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ގަބޫލުކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. މަޖިލިސް އުފެދުނު އިރު ދުނިޔޭގައި އޮތީ މިނިވަން އެންމެ 50 ގައުމު ކަމަށާއި، ސަލާމަތީ މަޖިލީހުގެ ޖުމްލަ މެމްބަރު ގައުމުތަކުގެ އަދަދު 12 އިން 15 އަށް އިތުރު ކުރި އިރު ދުނިޔޭގައި އޮތީ، މިނިވަން 70 ގައުމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު ދުނިޔޭގައި 193 ގައުމު އޮތް އިރު، ސަލާމަތީ މަޖިލީހުގައި އަދިވެސް އޮތީ އެންމެ 15 މެމްބަރު ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި، ސަލާމަތީ މަޖިލީހުގައި ހިމެނެން ބޭނުންވާ ކިތަންމެ ގައުމެއް މިހާރު ވެސް އެބަ އޮތެވެ. އޭޝިޔާ އާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ތަރައްގީވެފައިވާ ގައުމުތަކަށް، ސަލާމަތީ މަޖިލީހުން ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަލާމަތީ މަޖިލީހުގައި މިހާރު ހިމެނޭ 15 ގައުމުގެ ތެރެއިން ހަ ގައުމަކީ ހުޅަނގުގެ ގައުމުތައް ކަން ވެސް ލަވްރޯވް ފާހަގަކުރެއްވި އެވެ.
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ގޮވާމުގެ އެކްސްޕޯޓަށް ރަޝިޔާ އާއި ޔޫކްރޭން އެއްބަސް
އދ.ގެ ވެރިޔާ ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގަންނަވަނީ
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި
ތުރުކީއަށް އެފް-16 ވިއްކުމަށް އެމެރިކާ ހުށަހަޅައިފި
އެމެރިކާ ނުރުހުނަސް، ތުރުކީން ރަޝިޔާގެ މިސައިލް ހޯދަނީ
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު އެމެރިކާއިން ވީޓޯކޮށްފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް