01 ނޮވެމްބަރ 2021
ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިޓަލީ ވިލާތުގެ ރޯމްގައި އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިޓަލީ ވިލާތުގެ ރޯމްގައި އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ދެ ބޭފުޅުން ރޯމަށް ވަޑައިގެން އުޅުއްވަނީ، އިއްޔެ އާއި އޭގެ ކުރީ ދުވަހު ރޯމްގައި އޮތް، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، އެމެރިކާގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ހޯދުމަށް ތުރުކީ ވިލާތުން ހުށަހަޅާފައިވާ ހުށަހެޅުމާއި، އިންސާނީ ހައްގުތަކުގެ މައްސަލަ އެވެ.
ބައިޑެން ވިދާޅުވީ ތުރުކީ ވިލާތުން، އެފް-16ގެ މަތިންދާބޯޓު ގަތުމަށް ހުށަހަޅާފައިވާ ހުށަހެޅުން، އެމެރިކާގައި އެފަދަ ވިޔަފާރީގެ މުއާމަލާތްތަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ދާދި ފަހުން އުފެދުނު ނުތަނަވަސްކަން ފިލުވައިލުމަށް ބޭނުންފުޅުވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ދެ ގައުމުގެ އެންމެ އިސް ވެރިން މި ބައްދަލުކުރެއްވީ، އަސްކަރީ ދިފާއީ ކަންކަމުގެ ދާއިރާއާ ބެހޭ ގޮތުންނާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން، ދެ ގައުމުގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައި ވަނިކޮށެވެ.
އެމެރިކާ އިން ތުރުކީ ވިލާތާ މެދު ހިތްހަމަ ނުޖެހުނީ، ތުރުކީ ވިލާތަކީ ނޭޓޯގެ ގައުމަކަށް ވެފައި، ނޭޓޯގެ ވާދަވެރި ގައުމެއް ކަމަށްވާ ރަޝިޔާ އިން އުފައްދާފައިވާ، އެސް-400 މަރުކާގެ، މިސައިލުން ދިފާއުވާ ނިޒާމުތަކެއް ތުރުކީ ވިލާތަށް ގަތުމާ ގުޅިގެންނެވެ. އޭގެ އިތުރުން، ތުރުކީގައި އިސްލާހަށް މަސައްކަތް ކުރި މީހެއް ކަމަށް ބެލެވޭ މަޝްހޫރު ވިޔަފާރިވެރިއަކު، ޖަލުގައި ހައްޔަރުކޮށްފައި ހުރުމުން، ތުރުކީ ވިލާތުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވިލާތުގެ ގައުމުތަކުން ތުހުމަތު ކުރެ އެވެ.
ތުރުކީ ވިލާތުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އުރުދުގާން އާއި ބައިޑެންގެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ވަރަށް އީޖާބީ މާހައުލެއްގައި ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި. އަދި އެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ގައުމުގެ ގުޅިފައިވާ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ދެބޭފުޅުން އެއްބަސްވި."
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް ދެ ރައީސުން މަޝްވަރާ ކުރެއްވި އެވެ. އަދި ނޭޓޯގެ މެންބަރެއްގެ ހައިސިއްޔަތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
"ދިފާއީ ރޮނގުން ދެ ގައުމުގެ ބައިވެރިވުން އެ ގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަން ރައީސް ބައިޑެން ފާހަގަކުރެއްވި، އަދި ނޭޓޯގެ މެމްބަރެއްގެ ގޮތުން، ތުރުކީ ވިލާތުގެ މުހިންމުކަން ވެސް ފާހަކުރެއްވި. އެހެން ނަމަވެސް، ތުރުކީ ވިލާތުން ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލް ނިޒާމު ހޯދާ މައްސަލައިގައި، އެމެރިކާގައި ހުރި ކަންބޮޑުވުންތައް ވެސް ރައީސް ބައިޑެން ފާހަގަ ކުރެއްވި،" ދެ ބޭފުޅުންގެ ބައްދަލުވުމާ ބެހޭ ގޮތުން ވައިޓް ހައުސް އިން ނެރުނު ބަޔާނުގައިވެ އެވެ.
އެމެރިކާ ނުރުހުނަސް، ތުރުކީން ރަޝިޔާގެ މިސައިލް ހޯދަނީ
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ތުރުކީއަށް އެފް-16 ވިއްކުމަށް އެމެރިކާ ހުށަހަޅައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ފިންލޭންޑަށް ރުހުން ދިނަސް ސްވިޑްންއަކަށް ނުދެވޭނެ
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ގޮވާމުގެ އެކްސްޕޯޓަށް ރަޝިޔާ އާއި ޔޫކްރޭން އެއްބަސް