Roadha Mihaaru
ކޮވިޑްގައި އައްޑޫން ފަސް ވަނަ މަރު

ކޮވިޑްގައި އައްޑޫން ފަސް ވަނަ މަރު

13 އޮކްޓޯބަރ 2021

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ރޭ މެންމަދު 1:30 ހާއިރު މަރުވީ އުމުރުން 87 އަހަރުގެ ދިވެހި ފިރިނެއް ކަމަށެވެ. މިއީ އައްޑޫން ކޮވިޑް ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ.

މި މަހުގެ 8 ގައި ވެސް އައްޑޫގައި ކޮވިޑް ބަލީގައި މީހަކު މަރުވި އެވެ.

ކޮވިޑް ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 235 އަށް އަރައިފަ އެވެ.

މުޅި ރާއްޖޭން މިހާތަނަށް 85،732 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު 84،292 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،192 އެވެ.