Roadha Mihaaru
އައްޑޫ ހޮސްޕިޓަލްގައި ވިހޭ ކުއްޖަކު މަރުވި މައްސަލައެއް

އައްޑޫ ހޮސްޕިޓަލްގައި ވިހޭ ކުއްޖަކު މަރުވި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

13 ނޮވެމްބަރ 2021

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

ހޮސްޕިޓަލްގެ އިހުމާލުން ހިނގާ މިފަދަ ހާދިސާތައް އިތުރުވެ، އާންމުންގެ ކަންބޮޑުވުންތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް މިއަދު މަރުވި ކުއްޖަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ދެމަފިރިއެއްގެ ދަރިއެކެވެ.

މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަތިހު އެ ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވީ ކޮނޑު ތާށިވެ (ޝޯލްޑަ ޑިސްޓޯޕިއާ) ކުރިމަތިވި ކޮމްޕްލިކޭޝަންތަކާ ހެދި ކަމަށެވެ. ހޮސްޕިޓަލުން ބުނި އެއީ މަދުން ނަމަވެސް ދިމާވާ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ކުއްޖާ އާއި މައިމީހާގެ ފުރާނަ އަށް ވެސް ނުރައްކާވާ ކަމަށެވެ.

"މި ހާދިސާގައި ކުއްޖާ ވިއްސުމަށް ފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓްކުރެވިފައިވޭ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި،" ބަޔާނުގައި ބުންޏެވެ.

ހޮސްޕިޓަލުން ބުނީ މިފަަދަ ކޮންމެ ހާދިސާއަކާ ގުޅިގެން އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމެއްވާ ނަމަ، އެކަން ފާހަގަކޮށް އެކަން ކުރަމުން އަންނަ ކަމަށެވެ.