10 އޮކްޓޯބަރ 2021
ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތާއެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ފިޔަވަޅު އެޅުމުގެ އުސޫލަށް ބަދަލު ގެނެސްފި އެވެ. ހަތަރު މަހަށް ފަހު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަން އިއްޔެ އުވައިލީ މި ބަދަލަށް މިހާރު އަމަލުކުރާތީ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތާއެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ފިޔަވަޅު އެޅުމުގެ އުސޫލަށް ބަދަލު ގެނެސްފި އެވެ. ހަތަރު މަހަށް ފަހު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަން އިއްޔެ އުވައިލީ މި ބަދަލަށް މިހާރު އަމަލުކުރާތީ އެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ފުޓްބޯޅަށް މުހިއްމު ދުވަސްވަރެއްގައި ކުޅިވަރާ ބެހޭ ވަޒީރު މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ހުންނެވުމުން ނުވަތަ މި ދުވަސްކޮޅު ވަޒީރަކު ނެތުމުގެ ކަންބޮޑުވުމުން އޮތެވެ. އެކަމަކު ރެއިން ފެށިގެން މަހްލޫފުއާ އަލުން މަސްއޫލިއްޔަތުތައް ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް އޮފީހުން ކުރިން އަމަލުކުރަމުން އަންނަ އުސޫލަކީ ތުހުމަތެއްގައި ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް، ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއެކު އެ މީހަކާ މެދު ފިޔަވަޅު އެޅުމެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، އެކި ތުހުމަތުގައި ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ދެން ފިޔަވަޅު އަޅާނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ. އެގޮތަށް ބަދަލުކުރަން ޖެހުނީ ޕީޖީ އޮފީހަށް ފޮނުވާފައިވާ ބައެއް މައްސަލަތައް ނުނިމި ވަރަށް ގިނަ ދުވަސްތައް ހޭދަވާތީ ކަމަށް ވިދާޅުވި އެވެ.
"މިހެން ދެންނެވިޔަސް މައްސަލައެއްގެ ބާވަތަށާއި ހާލަތަށް ބަލައި އަމަލު ކުރަމުންދާ ގޮތް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ރައީސް އޮފީހުން ކުރިން އަމަލުކުރި އުސޫލުގެ ދަށުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަސްޕެންޑްކުރި އެވެ. އޭގެ ތެރޭގައި، ކުރިން ވެސް ޔޫތު މިނިސްޓަރު މަހްލޫފު ހިމެނިވަޑައިގެންނެވިއިރު ކަމާބެހޭ އިދާރާތަކުން ބެލި މައްސަލަތަކާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ހިމެނެ އެވެ.
މީގެ އިތުރުން، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނު ހެލްތު މިނިސްޓްރީގެ 11 ބޭފުޅަކު ވެސް ސަސްޕެންޑްކުރި އެވެ. މި މައްސަލައަށް ވެސް އަހަރަކަށް ވުރެ ގިނަ ދުވެސްވައިވާ އިރު ކަމާބެހޭ އިދާރާތަކުގައި ވަނީ ތާށިވެފަ އެވެ.
އުސޫލަށް ބަދަލު ގެންނަން ޖެހުނު ސަބަބަކީ ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަސްޕެންޑްކޮށް، ގޮތެއް ނުނިމި ދިގުލައިގެން ދިއުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނަމްބަރު ޕްލޭޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި ގޮތުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން މިދިޔަ ހަފުތާގައި ވަނީ އެ މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޝިމާޒް އަލީ އާއި ހަމަދު އަބްދުލް ޣަނީ ހިމެނޭ ގޮތުން ހަ މީހަކަށް ދައުވާކޮށްދޭން އެދިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: އެކި ތުހުމަތުވާ ވެރިންނަށް ފިޔަވަޅު އަޅާ އުސޫލަށް ވަނީ ބަދަލު ގެނެސްފައި.---ފޮޓޮ: ރައީސް އޮފީސް
ތުހުމަތުވާ ވެރިން ސަސްޕެންޑްކުރާ އުސޫލަށް ރައީސް އޮފީހުން ބަދަލު ގެންނަން ޖެހުނީ މި މައްސަލައާ ގުޅިގެންނެވެ.
ޕީޖީ އޮފީހުގައި މައްސަލަތައް ލަސްވުމުން ދަތިތަކެއް ކުރިމަތިވެ އުސޫލު ބަދަލުކުރިއިރު، އެ އޮފީހުން މަހްލޫފުގެ މައްސަލައިގައި ބުނަމުން އަންނަނީ ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް އިދާރާތަކުން އަދިވެސް ނުލިބޭ ކަމަށެވެ. އެ މައުލޫމާތު ނުލިބެނީސް ގޮތެއް ނިންމުމަކީ ޕީޖީ އޮފީހުން ކުރާނެ ކަމެއް ނޫން ކަަމަށާއި ވަކި މީހަކާ މެދު ތަފާތުކުރުމެއް ވެސް އެ އޮފީހުން ނުގެންގުޅޭނެ ކަމަށް ބުނެ އެވެ.
މަހްލޫފުގެ މައްސަލަ ޕީޖީ އޮފީހުގައި ލަސްވެފައި އޮވެގެން އޭނާ ކަންބޮޑުވުން ފާޅުކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ވާހަކަ އަށް ތާއީދު ކުރައްވައިފަ އެވެ.
ޚިޔާނާތު މައްސަލާގައި މަހުލޫފަށް ދައުވާކުރަން ފޮނުވައިފި
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!
މަހްލޫފްގެ ތަހުގީގުގައި ގޯހެއް އޮތްތޯ ބަލަންް އެދިއްޖެ
މަހްލޫފް މައްސަލައިގެ އިތުރު ހެެއްކެއް ނުހޯދަން: ޕޮލިސް
އިސްތިއުފާ ދެއްވުމާ މެދު މަހްލޫފު އަލުން ވިސްނަނީ