Roadha Mihaaru
ނިތޭޝްގެ ފިލްމުން ރަންބީރާއި ރިތިކަށް 75 ކްރޯޑް

ނިތޭޝްގެ ފިލްމުން ރަންބީރާއި ރިތިކަށް 75 ކްރޯޑް ރުޕީސް

11 އޮކްޓޯބަރ 2021

ޓްރިލޮލީއެއްގެ ގޮތުގައި ޑައިރެކްޓަރު ނިނޭޝް ތިވާރީ ހަދަން ނިންމާފައިވާ ހުރާފީ ފިލްމު "ރާމާޔަން" ކުޅެދޭން ރަންބީރް ކަަޕޫރާއި ރިތިކް ރޯޝަނަށް ހުށަހެޅި ކޮންމެ ތަރިއަކަށް ވެސް 75 ކްރޯޑް ރުޕީސް (9.98 މިލިއަން ޑޮލަރު) ގެ ފީއެއް ދޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓްރިލޮލީއެއްގެ ގޮތުގައި ޑައިރެކްޓަރު ނިނޭޝް ތިވާރީ ހަދަން ނިންމާފައިވާ ހުރާފީ ފިލްމު "ރާމާޔަން" ކުޅެދޭން ރަންބީރް ކަަޕޫރާއި ރިތިކް ރޯޝަނަށް ހުށަހެޅި ކޮންމެ ތަރިއަކަށް ވެސް 75 ކްރޯޑް ރުޕީސް (9.98 މިލިއަން ޑޮލަރު) ގެ ފީއެއް ދޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ ފިލްމުގެ ބަޖެޓަކީ 750 ކްރޯޑް ރުޕީސް (99.83 މިލިއަން ޑޮލަރު) އެވެ. އަދި "ރާމާޔަން" ގައި ރާވަން އާއި ރާމަގެ ރޯލު ކުޅެން ރިތިކާއި ރަންބީރަށް 75 ކްރޯޑް ރުޕީސް ހުށަހެޅި ނަމަވެސް ދެ ތަރިން އަދި ފިލްމަށް ރަސްމީކޮށް ސޮއިކޮށްފައެއް ނުވެ އެވެ.

މީޑިއާތަކުން ބުނީ ނިތޭޝް އާއި އޭނާގެ ޓީމުން ރިތިކާއި ރަންބީރާ އެކީ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އާމިރުގެ ޚާންގެ 2016 ގެ "ޑަންގަލް" ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ "ޗިޗޯރޭ" އެވެ.

އޭނާގެ އާ ފިލްމު ރަންބީރާއި ރިތިކަށް ހުށަހެޅި އިރު ދެ ތަރިންގެ އަތުގައި ވެސް އިތުރު ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. ރިތިކްގެ އަތުގައި އޮތް ދެ ފިލްމަކީ ޝޫޓިން އަށް ތައްޔާރުވާ "ވިކްރަމް ވޭދާ" އާއި "ފައިޓާ" އެވެ.

ރަންބީރުގެ ފިލްމުތަކުގެ ތެރޭގައި މަސައްކަތް ނިމިފައި އޮތް "ޝަމްޝޭރާ" އާއި ގާތްގަނޑަށް ޝޫޓިން ނިމިފައި އޮތް ނަން އިއުލާންނުކުރާ ލަވް ރަންޖަންގެ ފިލްމެއްގެ އިތުރުން ޝޫޓިން ފަށަން ތައްޔާރުވާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ހިމެނެ އެވެ.