Roadha Mihaaru

އުރީދޫގެ އޮންލައިން ވެބްސައިޓް މެދުވެރިކޮށް އައިފޯނު 13 އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.

އުރީދޫގެ"މޫލީ" އިން އައިފޯނު13 އަށް އޯޑަރު ކުރެވޭނެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

08 އޮކްޓޯބަރ 2021

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ އޮންލައިން ވެބްސައިޓް "މޫލީ" މެދުވެރިކޮށް އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އާއި އައިފޯން 13 މިނީ އަށް މިހާރު ޕްރީ އޯޑަރު ކުރެވޭނެ އެވެ.

ރީތި އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯނު 13 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި ޕްރޯ މޯޝަން ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭ ހިމެނެ އެވެ. މި ފޯނުގެ ބެޓަރި ލައިފް ވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފަ އެވެ.

އައިފޯނު 13 ސީރީޒްގެ ފޯނުތަކުގައި ހިމެނޭ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕެވެ.

އިއްޔެ އިން ފެށިގެން މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯނު 13 ގެ މޮޑެލްތައް ޕްރީއޯޑަރު ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރު ވެސް ވަނީ އޯޑަރު ކޮށްފަ އެވެ. އަދި އިތުރު ފަރާތްތަކަށް ވެސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.