03 އޮކްޓޯބަރ 2021
ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ދެކުނު ކޮރެއާ އުނިކޮށް، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުގައި ރާއްޖެ އިން އެ ގައުމަށް ކުރި ތާއީދު ބަލައިގަންނަ ކަމަށާއި ދެން އޮތީ އޭގެ ބަދަލުދިނުން ކަމަށް ދެކުނު ކޮރެއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް އެމްބެސެޑަރު ޖިއޮން ވޫންޖިން ވިދާޅުވެއްޖެ އެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ދެކުނު ކޮރެއާ އުނިކޮށް، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމުގައި ރާއްޖެ އިން އެ ގައުމަށް ކުރި ތާއީދު ބަލައިގަންނަ ކަމަށާއި ދެން އޮތީ އޭގެ ބަދަލުދިނުން ކަމަށް ދެކުނު ކޮރެއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް އެމްބެސެޑަރު ޖިއޮން ވޫންޖިން ވިދާޅުވެއްޖެ އެވެ.
ކޮރެއާގެ ނެޝަނަލް ފައުންޑޭޝަން ޑޭ ފާހަގަކުރުމުގައި ރާއްޖެ ބައިވެރިކުރުމުގެ ގޮތުން ފޮނުއްވި ހިތާބެއްގައި ސަފީރު ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން ކޮރެއާ މިހާރު ހޯދާފައިވާ މަގާމަކީ ރާއްޖެ ވެސް ހިމެނޭ ގޮތުން ބައިނަލް އަގްވާމީ މުޖުތަމައުގެ ތާއީދު ނުލިބުނު ނަމަ ހާސިލުވާނެ މަގާމެއް ނޫން ކަމަށެވެ. ރާާއްޖެ އާއި ކޮރެއާއަކީ މުހިއްމު ދާއިރާތަކެއްގައި ބައިވެރިންނަށް ވެފައިވާ ކަމަށާއި އެއް ގައުުމުން އަނެއް ގައުމަށް ކުރާ އިތުބާރު ކުރިއަށް ވުރެ ބޮޑުވަމުން އަަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެ ހިމެނޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުން މާޒީގައި ދިން އެެއްބާރުލުމާއި ކުރި ތާއީދަށް ކޮރެއާ ޝުކުރުވެރިވަން. ބަދަލުދިނުމުގެ ގޮތުން، ތަރައްގީ ވަމުން އަންނަ ގައުމަތަކަށް އެހީދިނުމުގެ މަސައްކަތުގައި ކޮރެއާ ބައިވެރިވުމުގެ ވަގުތު މި އޮތީ ޖެހިފައި،" ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އާއި ކޮރެއާއާ ދެމެދު ގުޅުން ބަދަހި ކުރާނެ ތަފާތު ގިނަ ދާއިރާތަކެއް އެބަހުރި ކަމަށާއި އިގުތިސާދީ ދާއިރާ އާއި ސިއްހީ ދާއިރާ ހިމެނޭ ކަމަށެވެ. ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ރަނގަޅު މަގުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) ގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްްޓުން އުނިކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ކޮރެއާ ހިމެނީ މިދިޔަ ޖުލައި މަހު އެވެ. މިއީ 1964 ވަނަ އަަހަރު އެ އެޖެންސީ އުފެއްދި ފަހުން، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް މިހާތަނަށް ގައުމެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ސަފީރު ވިދާޅުވީ ކޮރެއާ އަކީ ކުރިން ބައިނަލްއަގްވާމީ އެހީ ހޯދަމުން އައި ގައުމެއް ކަމަށާއި މިއީ އެކަމަކު އެއީ އެހީދޭ ގައުމެއް ކަމަށެވެ.
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ