03 އޮކްޓޯބަރ 2021
އއ. ވެލިގަނޑު ރިސޯޓް ބޮޑުކުރުމަށްޓަކައި "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ފެށުމުން، އެ އަތޮޅު ރަސްދޫ މީހުންނާއި ވެލިގަނޑުގެ މެނޭޖްމެންޓާ ދެމެދު ޖެހުނު މައްސަަލަ، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މެދުވެރިކޮށް ހައްލުކޮށްފި އެވެ.
އއ. ވެލިގަނޑު ރިސޯޓް ބޮޑުކުރުމަށްޓަކައި "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ފެށުމުން، އެ އަތޮޅު ރަސްދޫ މީހުންނާއި ވެލިގަނޑުގެ މެނޭޖްމެންޓާ ދެމެދު ޖެހުނު މައްސަަލަ، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މެދުވެރިކޮށް ހައްލުކޮށްފި އެވެ.
ވެލިފިނޮޅު ހިއްކަން ވެލި ނަގާތީ މަޑިވަރު ފަޅަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތައް ވާން ފެށުމުން، ރަސްދޫގެ ގިނަ ބަޔަކު އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، އެ މަސައްކަތް ހުއްޓުވަން މީގެ ކުރިން މަސައްކަތް ކުރި އެވެ. މިދިޔަ ޖުލައި މަހު ފެށި އެ މަސައްކަތް މަޑުޖައްސައިލަން އީޕީއޭ އިން އެންގީ ރަސްދޫ މީހުންގެ އެ ޝަކުވާތަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނީ، ހިމާޔަތް ކޮށްފައިވާ ސަރަހައްދަށް ގެއްލުން ނުވާ ގޮތަށް ވެލި ނެގޭނެ ތަންތަން ފާހަގަކުރަން ވެލިގަނޑު ރިސޯޓަށް ފުރުސަތު ދީފައިވާ ކަމަށާއި އެހެންވެ އެ ފަދަ ސަރަހައްދުތައް ކަނޑައަޅަން، އެ ރިސޯޓުގެ އީއައިއޭ ކޮންސަލްޓެންޓް މަސައްކަތް ފަށާފައިވާ ކަަމަށެވެ.
އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން "މިހާރު" އަށް ވިދާޅުވީ ވެލިފިނޮޅު ހިއްކުމުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދޭނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދަށް ގެއްލުން ނުވާ ގޮތަށް ވެލި ނެގޭނެ ތަންތަން ރިސޯޓުން ފާހަގަ ކުރުމުން، އީޕީއޭ އިން ވެސް ބެލުމަށް ފަހު ކަަމަށެވެ.
"ރަސްދޫ ކައުންސިލް ވެސް ބައިވެރިކޮށްގެން އަޅުގަނޑުމެން މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ. އެހެންވީމާ މިހާރު މައްސަަލަ [ރަސްދޫ ރައްްޔިތުން ފާޅުކުރި ކަންބޮޑުވުންތަކުގެ މައްސަލަ] އަށް އޮތީ ހައްލެއް ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ވެލިގަނޑު ރިސޯޓުން، "ވެލިފިނޮޅު"ގެ ނަމުގައި އާ ރަށެއް ހިއްކަން ކުރާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓުވައި ދޭން ގޮވާލައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ކުރިން ހުށަހެޅި އެވެ.
ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ރަސްދޫ، މަޑިވަރު ސަރަހައްދަކީ އީޕީއޭ އިން 2018 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އެކަން އެހެން އޮއްވައި "ވެލިފިނޮޅު"ގެ ނަމުގައި އެ ސަރަހައްދުގައި ރަށެއް ހިއްކުމުގެ މަސައްކަތް ކްރައުން ކޮމްޕެނީން ފަށާފައިވާ ކަމަށާއި އެކަމަށް ވެލި ނަގަމުން ދަނީ ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ.
ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވީ ވެލިގަނޑު ރިސޯޓުން ކުރަމުންދާ މަސައްކަތަށް ވެލިބެޑް ޖަހާފައި ވަނީ ވެލިގަނޑު ރިސޯޓްގެ އިހުތިސާސް ހިނގާ ސަަރަހައްދަށް ވުރެ ބޭރުގައި ކަަމަށް ތޮއްޑޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
އެ މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފަހު، އެ ދުވަހު ކުރި ބަހުސްގައި ޝިޔާމް ވިދާޅުވިގޮތުގައި، މަޑިވަރު ފަޅުގެ އެ ސަަރަހައްދަކީ ހިޔާމަތްކޮށްފައިވާ ތަނަކަށް ވާއިރު، ކްރައުން ކޮމްޕެނީން ކުރިއަށް ގެންދާ އެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ފަނާވެ ނެތިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
އޭނާ ވިދާޅުވީ، އެއީ ރާއްޖޭގައި "ހެމަހެޑް ޝާކް" (ކާލިގަނޑު މިޔަރު) އަރާ ހަމަ އެކަނި ސަަރަހައްދު ކަމަށާއި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ފީނަން ފައިބަނީ ވެސް އެ ތަނަށް ކަމަށެވެ.
ރިސޯޓުތަކުން މޫދަށް ކުނިއެޅުމުގެ ހުއްދަ ބާތިލްކޮށްފި
ޝަރުތާ ހިލާފަށް ވެސް ވެލިފިނޮޅު ހިއްކި!
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް
އޮޑެގައްލާގެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރަނީ
ފައިނު އެއާޕޯޓު އީއައިއޭ ބަލައިނުގަންނަން ނިންމައިފި
ފައިނު އެއާޕޯޓް މަޝްރޫއަށް މިހާރު ޝަކުވާ ހުށަހެޅޭނެ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ