22 ނޮވެމްބަރ 2021
ރިސޯޓުތަކުން މޫދަށް ކުނި އުކާލެވޭ ގޮތަށް ގަވައިދަކުން ދީފައިވާ ހުއްދަ މިއަދު ބާތިލްކޮށްފި އެވެ.
ރިސޯޓުތަކުން މޫދަށް ކުނި އުކާލެވޭ ގޮތަށް ގަވައިދަކުން ދީފައިވާ ހުއްދަ މިއަދު ބާތިލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" ގެ 5.3.3 މާއްދާގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތުގައި ކަނޑަށް ކުނި އަޅަން ޖެހިއްޖެނަމަ އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ހަލާކުވެގެންދާނެ ތަކެއްޗެވެ.
އެގޮތަށް އުކާލެވޭ އަމިއްލައަށް ނެތިގެންދާ ކުނި އުކާލަންޖެހޭނީ ވެސް އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށް، ޓޫރިޒަމްގެ ގާނޫނުގެ ދަށުން ހަދައި ޖުލައި 20، 2006 ގައި އަމަލުކުރަން ފެށި ގަވައިދުގައިވެ އެވެ.
ރިސޯޓުތަކުން މޫދަށް ކުނި އުކާލާ މައްސަލަ ބޮޑުވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި އިސްލާހުގައި ވަނީ ކުރީގެ ގަވައިދުގެ 5.3.3 ވަނަ މާއްދާ އުނިކޮށްފަ އެވެ. އެހެންވެ، މިއަދުން ފެށިގެން އެ ރިސޯޓުތަކުން މޫދަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާ ކަމެކެވެ.
އެ ގަވައިދުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރަށް 1000-10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އެކަން ތަކުރާރު ކޮށްފިނަމަ 50،000-100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާއިރު، އެއްފަހަރަށް ވުރެ ގިނައިން އެކަމެއް ތަކުރާރު ކޮށްފިނަމަ ޓޫރިސްޓުން ބޭތިއްބުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ ބާތލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ރާއްޖެ ގެންނަނީ
މޫދަށް ކުނި އެޅި އަލިމަތާ ރިސޯޓުގެ ޖޫރިމަނާ ކުޑަކޮށްފި