Roadha Mihaaru
ބެސްޓްބައި މޮބައިލުން އައިފޯން13 ވިއްކަން ފަށައިފި

ބެސްޓްބައި މޮބައިލުން އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ވިއްކަން ފަށައިފި

29 ސެޕްޓެމްބަރ 2021

އެޕަލް އިން މި މަހުގެ 14 ގައި ބާޒާރަށް ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލުން މިރޭ ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެޕަލް އިން މި މަހުގެ 14 ގައި ބާޒާރަށް ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް ބެސްޓްބައި މޮބައިލުން މިރޭ ވިއްކަން ފަށައިފި އެވެ.

ބެސްބައި މޮބައިލަކީ އައިފޯން13 ޕްރިއޯޑާ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލި ފިހާރައެވެ. އަދި އެންމެ ފުރަތަމަ މި ފޯނުތައް ވިއްކަން ފަށާ ފިހާރަތަކުގެ ތެރޭގައި ވެސް އެ ފިހާރަ ހިމެނެ އެވެ.

އެ ފިހާރައިން މިހާރު އައިފޯން 13 އާއި އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސް ވެސް ލިބޭނެ އެވެ. އަދި މި ފޯނުތަކުގެ ހުރިހާ ކުލައެއް ވެސް ލިބެން ހުންނާނެ ކަމަށް ބެސްޓްބައި މޮބައިލުން ބުންޏެވެ.

ބެސްޓްބައި މޮބައިލުން އައިފޯން 13 ލިބެން ހުންނަ އަގުތައް

- އައިފޯން 13 128ޖީބީ: 20،999ރ.

- އައިފޯން 13 ޕްރޯ 128ޖީބީ: 25،999ރ.

- އައިފޯން 13 ޕްރޯ 256ޖީބީ: 27،999ރ.

- އައިފޯން 13 ޕްރޯ މެކްސް 128ޖީބީ: 28،499ރ.

- އައިފޯން 13 ޕްރޯ މެކްސް 256ޖީބީ: 31،999ރ.

އެ ފިހާރައިން މި ފޯނުތައް ގަންނަން ބޭނުންވާ މީހުންނަށް އެމްއެފްއެލްސީ އާއި ބީއެމްއެލް އިސްލާމިކް އާއި ބީއެމްއެލް އިޒީ ޕޭ އާއި އިސްލާމިކް ބޭންކު އަދި ޕޮލްކޯ މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ.

ބެސްޓްބައި މޮބައިލްގެ އޮފިޝަލަކު ބުނީ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފިހާރައިން ވިޔަފާރި ކުރެވޭނެ ކަމަށެވެ. އެ ފިހާރައިން ވިޔަފާރި ކުރުމުން ކާގޯ ކޮށްދިނުމާއި ބޯޓުތަކަށް ޑެލިވާކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް އޭނާ ބުންޏެވެ.

އައިފޯނުގެ އިތުރުން އެ ފިހާރައިން ވަނީ އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު ފީފާ 22 ގޭމްތައް ވެސް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ. މިއީ ޕީއެސް4 އާއި ޕީއެސް5 އަށް ހާއްސަ ގޭމެކެވެ.

ބެސްޓްބައި މޮބައިލްގެ ފިހާރަތައް ހުންނާނީ މާވެޔޮ މަގާއި މަޖީދީމަގު ކުރީގެ ސްޓާ ސިނަމާ ކައިރީގަ އެވެ.