29 ސެޕްޓެމްބަރ 2021
ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް، އެ ތަނުގައި ކިޔަވައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ވާނީ 2023 ގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް، އެ ތަނުގައި ކިޔަވައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ވާނީ 2023 ގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށި ލަސްވާ ސަބަބާއި އެ ތަނުގައި ކިޔަވައިދޭން ފެށޭނެ އިރެއް ސާފުކުރުމަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ޖޫނިއާ ކޮލެޖުގެ މަސައްކަތް އެއްކޮށް ނިންމައި، 2023 ވަނަ އަހަރު ފެށޭއިރު އެ ތަނުގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމަކީ 2018 ގެ އިންތިިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދެއް ކަމަށް ވާއިރު، އެ ކަމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނާތާ ދެ އަހަރު ވެއްޖެ އެވެ. އެ މަސައްކަތަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ އަދި މި އަހަރު ތިން ލައްކަ ރުފިޔާ ހިމެނި ނަމަވެސް އަމަލީ ގޮތުން ސަރުކާރަށް ކަމެއް ނުކުރެވުނެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަޔާ އެޑިއުކެޝަން މިނިސްޓަރާ ސުވާލު ކުރައްވަނީ--- ފޮޓޯ:މަޖިލިސް
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަޔާ މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޅި ކޮލެޖުގެ މަސައްކަތް އެއްކޮށް ބަޔަކާ ހަވާލުކޮށްގެން އެއްފަހަރާ ނިންމަން ކަމަށާއި އެ ކަމަށް ކަނޑައަޅާ ފައިސާއަކީ އެ މަސައްކަތް އެއްފަހަރާ ނިންމޭ ވަރުގެ އަދަދެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ މިކަން ވީހާ ވެސް ފުރިހަމައަކަށް، ރަނގަޅަށް ކުރަން. އެކިއެކި ފޭސެސް ތަކަށް ބަހާލައިގެން ފަހަރަކު ތަންކޮޅެއްގެ މަސައްކަތް ކުރުމުގެ ބަދަލުގައި މި ޕްރޮޖެކްޓު އެއްކޮށް ކޮމްޕްލީޓުކޮށްފައި ޕްރޮޖެކްޓު އެއްކޮށް ފަށައިގަންނަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، އެ ކޮލެޖު އިމާރާތް ކުރުމަށް އެކަށީގެންވާ އިންވެސްޓަރަކު ލިބިއްޖެ ނަމަ މި އަހަރު ނިމުމުގެ ކުރިން ވެސް އަމަލީ މަސައްކަތް ފެށޭނެ އެވެ.
"ޕީޕީޕީގެ ދަށުން މިހާރު އަޅުގަނޑުމެން ވާނީ އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅަން އިއުލާނުކޮށްފައި. މި މަހުގެ 30 ގެ ނިޔަލަށް މުއްދަތު ހަމަވާނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި އަންނަ އަހަރުގެ ފަހުކޮޅުގައި މި ތަންތަނުގައި [ދިއްދޫ ޖޫނިއާ ކޮލެޖުގައި] ކިޔަވައިދިނުމަށްޓަކައި ކޯސްތަކަށް ކުދިން ނަގަން އިއުލާނުކޮށް، 2023 ވަނަ އަހަރު ފެށޭ އިިރު މި ތަނުގައި ކުދިންނަށް ކިޔަވައިދޭ ތަން އާންމުންނަށް ފެނިގެން އިދުން،"--- ހަޔާ އެޑިއުކޭޝަން މިނިސްޓަރު
ދިއްދޫގެ ޖޫނިއާ ކޮލެޖުގައި ކިޔަވައިދޭނެ ކަރިކިއުލަމާ ބެހޭ ގޮތުން ވެސް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ. އަދި އެ ކޮލެޖުގެ ތަފުސީލީ ކުރެހުމާ ގުޅޭ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ރަށަކަށް ސްޓޫޑެންޓް ލޯނެއް ހާއްސަކުރަން ވިސްނަނީ
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު
ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަށް ގާނޫނީ ބާރު!
ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ފައިދާވާނެ
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!
ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު ދަށްކުރަނީ!
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ގުޅުން އޮންނަ ސަރުކާރުތަކުގެ ޔުނިވަސިޓީތަކަށް ހުއްދަދެނީ