26 އޯގަސްޓް 2020
މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޭއިރު ކޮންމެ ރަށަކުން ދަރިވަރަކަށް ވެސް އެ ފުރުސަތު ލިބޭ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޭއިރު ކޮންމެ ރަށަކުން ދަރިވަރަކަށް ވެސް އެ ފުރުސަތު ލިބޭ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމުގެ ލޯނަށް ބަދަލުތަކެއް ގެނެސް، ލާމަރުކަޒީގޮތުން ބަހާލާފައިވާ ނުވަތަ އިންތިހާބީ 87 ދާއިރާއަށް ފުރުސަތުތަކެއް ކަނޑައެޅި ނަމަވެސް އެ ކެޓަގަރީއަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށެވެ. އެހެންވެ އެކަމާ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ލޯނުގެ ތެރެއިން، 87 ފުރުސަތު ހާއްސަކުރީ ލާމަރުކަޒީ ގޮތުން ބަހާލާފައިވާ ދާއިރާތަކަށެވެ. އެ ކެޓަގަރީއަށް 46 ދަރިވަރުން ކުރިމަތިލިއިސް އޭގެ ތެރެއިން ޝަރުތު ހަމަވެގެން ލޯނު ލިބިފައިވަނީ 10 ދަރިވަރަކަށެވެ.
އިންތިހާބީ ދާއިރާތައް ހާއްސަކުރުމާ ގުޅޭގޮތުން އޭނާ މީގެ ކުރިން ވިދާޅުވީ، މި ފަސް އަހަރު ނިމިގެންދާއިރު ވެސް މަތީ ތައުލީމް ހާސިލްކުރުމަށް ވަކި ރަށެއްގެ ކުއްޖަކަށް ފުރުސަތު ނުލިިބިދާނެ ކަމަށެވެ. މިކަން ފެށީ ރަނގަޅު ނިޔަތެއްގައި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންތިހާބީ ދާއިރާތަކަށް ހާއްސަކޮށްފައި އޮތުމުން، ބޭނުންވާ ވަރަކަށް އަދި ވެސް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިނުކުރެވޭ ކަމަށެވެ. އެހެންވެ އެ ދާއިރާތަކަށް ހާއްސަކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް ލޯނު ދިނުމަށް ވުރެ ރާއްޖޭގެ ކޮންމެ ރަށަކަށް ސްލޮޓެއް ކަނޑައެޅުމުން ފަހަރެއްގައި ރަނގަޅުވެދާނެ ކަމަށް ވިދާޅުވި އެވެ.
"ތި ބޭފުޅުން ދާއިރާގައި ހުރެދާނެ ދެ ރަށް، ތިން ރަށް ހުންނަ ދާއިރާ. އެހެން ވިއްޔާ ހަތަރު ރަށް ހުންނަ ދާއިރާއަށް އެއް ސްލޮޓް ރިޒާވްކުރުމަށް ވުރެ ދާއިރާއަށް ފައިދާ ބޮޑުވާނެ ދާއިރާގައި ހިމެނޭ ކޮންމެ ރަށަކަށް އަޅުގަނޑުމެން ސްލޮޓެއް ރިޒާވްކުރިއްޔާ. އެއީ ވެސް އަޅުގަނޑުމެން ވިސްނުން ގެންގުޅޭ ގޮތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން ހުޅުވާލާ ލޯނު ސްކީމެއްގައި މިހާރަށް ވުރެ ވެސް ބޮޑަށް ރަށްރަށުގައި ތިބި މީހުންނަށް ފުރުސަތު ފަހިވާގޮތަށް ސްކީމް ބަދަލުކުރުން ވިސްނުން އެބަހުރި ކަމަށެވެ.
"މިހާރު އޮންނަގޮތުން ޝަރުތުހަމަވަންޏާ މި [ޖާގަ] ކަށަވަރުވަނީ 87 ކުދިންނަށް. އޭގެ ބަދަލުގައި މީހުން އުޅޭ ކޮންމެ ރަށެއްގެ ކުއްޖަކަށް އަޅުގަނޑުމެންނަށް އެ ބަދަލުކުރެވިއްޖެއްޔާ ވެސް 192 ކުދިންނަށް އަޅުގަނޑުމެންނަށް ފުރުސަތު ކަށަވަރުކުރެވިގެންދާނެ،" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
އާބާދީ ބޮޑެތި ރަށްރަށުން ދަރިވަރުން ލޯނަށް ކުރިމަތިލާތީ އެ ދާއިރާތަކުން ކިޔަވަން ލިބޭ ދަރިވަރުންގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
މިއަހަރު ފުރަތަމަ ހުޅުވާލި ލޯނު ސްކީމަށް 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ލޯނު ލިބިފައިވަނީ 514 ދަރިވަރުންނަށެވެ. އެ ދަރިވަރުންގެ ކިޔެވުމަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
ދިއްދޫ ޖޫނިއާ ކޮލެޖު ނިމޭނީ 2023 އަށް: ސަރުކާރު
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު
ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަށް ގާނޫނީ ބާރު!
ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ފައިދާވާނެ
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!
ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝަރުތު ދަށްކުރަނީ!
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ގުޅުން އޮންނަ ސަރުކާރުތަކުގެ ޔުނިވަސިޓީތަކަށް ހުއްދަދެނީ