27 ސެޕްޓެމްބަރ 2021
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާ ކަމަށާއި އެއީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާ ކަމަށާއި އެއީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، މިއަދު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރެއްވި އެއް ސުވާލަކީ އެސްއޯއެފްގެ ފަރާތްތަކަށް ދައުވާ ކޮށްފައިވޭތޯ އެވެ.
ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން ހުރީ ޗެކުތައް މެދުވެރިކޮށް، ޖަމާކުރި ފައިސާ އެކަނި ކަމަށެވެ. އެހެން ގޮތްގޮތަށް ޖަމާކުރި ފައިސާ ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
ނައުފަލް ވިދާޅުވީ، ފައިސާތައް ހޯދުމަކީ މުހިންމު ކަމަކަށް ވާއިރު، އެ ފައިސާތައް ހޯދެން އޮތީ އެސްއޯއެފްގެ މީހުން ދޭ ހެކިބަހުގެ މައްޗަށް ކަމަށެވެ.
އެސްއޯއެފްގެ ދެ މީހެއްގެ ބަޔާން ނަަގައި ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް އެ މީހުންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށެވެ.
އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް މީހުން ކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދަން މީގެ ކުރިން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު، ފަހުން އެ ރެޑް ނޯޓިސް ވެސް ވަނީ ބާތިލުކޮށްފަ އެވެ. އެ މީހުން އަދިވެސް އުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރީ އެސްއޯއެފްއަށެވެ. އެހެން ފަރާތްތަކަށް އެ ފައިސާ ޖަމާކުރީ އެސްއޯއެފް މެދުވެރިކޮށެވެ. އޭރު އެސްއޯއެފްގެ ފަރާތްތަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ގާތް ގުޅުމެއް އޮތެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާ ހަވާލުކުރަން އެންގުމުން އެގޮތަށް އަމަލުނުކޮށް އިންވެސްްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކޮށް މަންފާ ހޯދި ކަމުގެ މައްސަލައިގަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެ މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން އަދަބަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިފަ އެވެ. އެ ދެ މީހުން ވެސް ހުކުމް ތަންފީޒު ކުރަމުން ދަނީ ގޭބަންދުގައި ތިބެގެންނެވެ.
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި