Roadha Mihaaru
ސުއަރޭޒްގެ ދެ ލަނޑުން އެތުލެޓިކޯ އެއްވަނަ އަށް

ސުއަރޭޒް ފަހު ވަގުތު ލަނޑުޖަހައި އެތުލެޓިކޯ އެއްވަނަ އަށް

22 ސެޕްޓެމްބަރ 2021

ގެޓާފޭ (ސެޕްޓެމްބަރު 22) - މެޗުގެ ފަހު ވަގުތު ލުއިސް ސުއަރޭޒް ޖެހި ލަނޑުން 2-1 އިން ގެޓާފޭ ބަލިކޮށް ލަ ލީގާގެ ތާވަލުގެ އެއްވަނަ މަގާމަށް އެތުލެޓިކޯ މެޑްރިޑް ޖެހި ލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގެޓާފޭ (ސެޕްޓެމްބަރު 22) - މެޗުގެ ފަހު ވަގުތު ލުއިސް ސުއަރޭޒް ޖެހި ލަނޑުން 2-1 އިން ގެޓާފޭ ބަލިކޮށް ލަ ލީގާގެ ތާވަލުގެ އެއްވަނަ މަގާމަށް އެތުލެޓިކޯ މެޑްރިޑް ޖެހި ލައިފި އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ގެޓާފޭގެ މައްޗަށް އެތުލެޓިކޯ މޮޅުވީ ފަހަތުން އަރައި ސުއަރޭޒް ޖެހި ދެ ލަނޑުންނެވެ. ގެޓާފޭ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ ކާލޭސް އެލޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

އޭގެ ހަތަރު މިނިޓް ފަހުން ސުއަރޭޒް، އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓްގައި ގެޓާފޭއިން ލީޑު ނެގީ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލެކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ގެޓާފޭގެ ސްޓެފަން މިޓްރޯވިޗް ބޮލުން ފޮނުވާލި ބޯޅަ ފުރަތަމަ ޖެހުނީ ގޯލް ދަނޑީގަ އެވެ. ދަނޑިގައި ޖެހިފައި އެނބުރުނު ބޯޅަ ގޯލަށް ވަނީ އޮބްލެކް ގައިގައި ޖެހިފައި ގޮސް އޭނާގެ އަތުންނެވެ.

އެތުލެޓިކޯ މެޗުން މޮޅުކޮށްދިން ލަނޑު ސުއަރޭޒް ޖެހީ އެންމެ ފަހު މިނިޓްގަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ ހަ މެޗުން ޖުމުލަ 14 ޕޮއިންޓް ހޯދައިގެންނެވެ. ވާދަވެރި ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.