18 ސެޕްޓެމްބަރ 2021
އިންޑިއާގެ ޔުނިވަސިޓީއަކަށް ވަންނަން ހަދަން ޖެހޭ އެންޓްރެންސް އިމްތިހާނަކަށް ސޯޓެއް ލައިގެން ދިޔަ އަންހެން ދަރިވަރަކު ސޯޓާ އެކު އިމްތިހާނު ހޯލެއް ނުވެއްދުމުން، އުނަގަނޑުގައި ދޮރުފޮތިގަނޑެއް އޮޅާލައިގެން އިމްތިާހނު ހަދަން ޖެހިއްޖެ އެވެ.
އިންޑިއާގެ ޔުނިވަސިޓީއަކަށް ވަންނަން ހަދަން ޖެހޭ އެންޓްރެންސް އިމްތިހާނަކަށް ސޯޓެއް ލައިގެން ދިޔަ އަންހެން ދަރިވަރަކު ސޯޓާ އެކު އިމްތިހާނު ހޯލެއް ނުވެއްދުމުން، އުނަގަނޑުގައި ދޮރުފޮތިގަނޑެއް އޮޅާލައިގެން އިމްތިާހނު ހަދަން ޖެހިއްޖެ އެވެ.
މިކަން ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު ގިރިޖަނަންދާ ޗައުދަރީ އިންސްޓިޓިއުޓް އޮފް ފާމަސޫޓިކަލް ސައިންސެސްގަ އެވެ. އަންހެން ކުއްޖާގެ ބައްޕަ ދި އިންޑިއަން އެކްސްޕްރެސް އަށް ބުނީ ދަރިފުޅު އިމްތިހާނަށް ހަދަން ދިޔައީ އުފަން އަވަށް ކަމަށްވާ އައްސާމްގެ ތެޒްޕޫރް އަވަށާ 43 ކިލޯ މީޓަރު ދުރުގައި ހުރި ތަނަކަށް ކަމަށެވެ.
"އެހާ ދިގު ދަތުރެއްކޮށްފައި ދިއުމުން ވެސް ދަރިފުޅު ސޯޓެއް ލައިގެން ހުރިއްޔޭ ކިޔާފައި ހޯލަށް ވައްދަން ދެކޮޅު ހެދީ. އޮފިޝަލުން އެންގީ ތިރި އެއްކޮށް ނިވާކޮށްގެން ނޫނީ ހޯލަށް ނުވަދެވޭނެ ކަމަށް. ދެން ހަރުވާޅެއް ހޯދަން ޖެހުމުން އެކަމަށް ވަގުތު ވެސް ނަގާތީ އާއި އިމްތިހާނުގެ ވަގުތު ކުޑަތަންވާތީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް އޮފިޝަަލަކު ދިނީ ދޮރުފޮތިގަނޑެއް. އެ އޮޅާލައިގެން ވަދެ އިމްތިހާނު ހަދަން ޖެހުނީ،" ބާބުލް ބުންޏެވެ.
އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ބުނީ މިއީ މިހާތަނަށް އެންމެ ލަދު ގަންނަން ޖެހުނު ކަންތައް ކަމަށެވެ.
އިމްތިހާނު ބޭއްވި ސެންޓަރު.
"ސޯޓް ލުމަކީ ކުށެއް ކަމެއް އެނގިފައެއް. އަންހެން ކުދިންނަކީ ވެސް ސޯޓްލައި އުޅޭ ބައެއް. ސޯޓް ލައިގެން އިމްތިހާނަށް ނުވަދޭ ނަމަ އެކަން އޮންނަން ޖެހޭނެ އަންގާފައި،" އޭނާ ބުންޏެވެ. "އަހަރެން ބައިވެރި އިމްތިހާނަކަށް ނެތް ވަކި ޑްރެސްކޯޑެއް ބޭނުންކުރަން ވެސް އަންގައިފައެއް. ގޭޓުން ސެކިއުރިޓީ ގާޑުގެ ހުއްދަ ވެސް ލިބިގެން އެތެރެއަށް ދިޔަ ތަނުން ހޯލު ބަލައްޓަން އިން އޮފިޝަލަކު އަހަރެން ހުއްޓުވީ. އަދި ބުނި ސޯޓާ އެކު އިމްތިހާނުގައި ބައިވެރިނުވެވޭނެ ކަމަށް."
އޭނާ ބުނި ގޮތުގައި އަޅައިގެން ހުރި ހެދުމަށް ވުރެ ބަލަން ޖެހޭ އެހެން ކަންކަން މިހާރު މާ މުހިއްމެވެ.
"ކީއްވެ ކޮވިޑާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ނުބަލަނީ؟،" އިމްތިހާނަށް ވެއްދި އިރަކު އެއްވެސް ދަރިވަރެއްގެ ޓެމްޕެރޭޗާއެއް ވެސް ނުބަލާ މާސްކް އަޅައިގެން ހުރިތޯ ވެސް ނުބަލާ،" އޭނާ ބުންޏެވެ.
މި ވާހަކަ އާންމުވުމުން އެކަމަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.
އިމްތިހާނު ހަދަން ބޮލުގައި ފޮށިގަނޑެއް އަޅުވައިފި
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
އަންހެން ދަރިވަރުންނަށް ވެސް ފަޓްލޫނާއި ގަމީސް
ރެކޯޑް ހެދި އިސްތަށިގަނޑު ކޮށާލައި މިއުޒިއަމަކަށް ދީފި
މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް
"އަހަރުގެ ކުޑަކުއްޖާ" އަކީ ސައިންސްވެރިއެއް
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު
ޕަބްޖީ ކުޅެން ކާފަގެ ޕެންޝަނުން ދެ ލައްކަ ރުޕީސް
ބައްޕަ ގޮވައިގެން ކުރި ބައިސްކަލު ދަތުރުން ރަނުގެ ފުރުސަތެއް