23 މެއި 2020
އިންޑިއާގައ އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ ތެރޭގައި، އަމިއްލަ ވަޒަން ބިހާރަށް ދެވޭނެ ގޮތެއް ނެތި ގުރްގާއޯންގައި ތާށިވި ރިކްޝޯ ޑްރައިވަރަކު ބައިސްކަލަށް އަރުވައިގެން ދިގު ދަތުރެއް ކުރި އޭނާގެ 15 އަހަރުގެ ދަރިއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓި އިންޑިއާގެ ނެޝަނަލް ސައިކްލިން އެކެޑެމީގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އިންޑިއާގައ އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ ތެރޭގައި، އަމިއްލަ ވަޒަން ބިހާރަށް ދެވޭނެ ގޮތެއް ނެތި ގުރްގާއޯންގައި ތާށިވި ރިކްޝޯ ޑްރައިވަރަކު ބައިސްކަލަށް އަރުވައިގެން ދިގު ދަތުރެއް ކުރި އޭނާގެ 15 އަހަރުގެ ދަރިއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓި އިންޑިއާގެ ނެޝަނަލް ސައިކްލިން އެކެޑެމީގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޖިއޯތީ ކުމާރީ ނަމަކަށް ކިޔާ އަންހެން ކުއްޖާ ބައިސްކަލުގެ ފަހަތަށް ބައްޕަ އަރުވައިގެން ދަތުރު ފެށީ މި މަހުގެ 10 ގަ އެވެ. އަދި ބިހާރަށް ދެވުނީ މި މަހުގެ 16 ގަ އެވެ. އެއީ 1،200 ކިލޯމީޓަރުގެ ރާސްތާއަކަށް ފަހުގަ އެވެ.
ދަތުރަށް ނުކުތް ބައިސްކަލަކީ ލޮކްޑައުންގެ ކުރިން ފިރިހެން މީހާ ރިކްޝާ ދުއްވައިގެން ލިބުނު އާމްދަނީން ރައްކާކޮށްފައި އޮތް ފައިސާކޮޅުން ގަތް އެއްޗެކެވެ. އިންޑިއާގެ ދަތުރުފަތުރު ހުއްޓިފައިވުމާ އެކު، ބިހާރަށް ދެވޭނެ ގޮތެއް ނެތި އޭނާ ގޮތް ހުސްވެފައި ހުއްޓައި ދަރިފުޅު ބައިސްކަލެއް ލިބުމުން ނަމަ ދަތުރަށް ނުކުންނަން ނިންމީ އެވެ.
लॉकडाउन था, सो अपने पिता को साइकिल पर बैठाकर गुरुग्राम से दरभंगा ले गई बेटी...
— BBC News Hindi (@BBCHindi) May 19, 2020
वीडियो: मोहन भारद्वाज और सीटू तिवारी pic.twitter.com/Mc7hkmyB4O
ގްރޭޑް ހައެއްގައި ކިޔަވާ ޖިއޯތީ ބައިސްކަލުގައި ކުރި ދިގު ދަތުރުގެ ވާހަކަ ފޮޓޯ އާއި ވީޑިއޯ އިން ބައެެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު އޭނާއާ ބެހޭ މައުލޫމާތު ހޯދައި، އިންޑިއާގެ ސައިކްލިން ފެރެޑޭޝަނުން ފުރުސަތު ދޭން ނިންމީ އެވެ.
އެގޮތުން ޖިއޯތީ އަށް ހުރިހާ ހަރަދެއް ދީ، އަންނަ މަހު ނިއު ދިއްލީ އަށް ގެންގޮސް ނެޝަނަލް ސައިކްލިން އެކެޑެމީގައި ރަސްމީކޮށް ޓްރޭނިން ހެދުމުގެ މަސައްކަތް ފަށާނެ އެވެ.
އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީގެ ދަށުން ހިންގާ ސައިކްލިން ފެޑެރޭޝަންގެ ޗެއާމަން އޯންކާރް ސިންގް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވީ ޖިއޯތީ އާދަޔާހިލާފު ހުނަރުވެރި ކުއްޖެއް ކަމަށެވެ.
ޖިއޯތީ އާއި އޭނާގެ ބައްޕަ.
"އޭނާގެ ހުނަރު ތަރައްގީކުރަން ފުރުސަތު ފަހިކޮށްދީ ނަމަ ބައިސްކަލް ރޭހުގެ ކުޅިވަރުން އިންޑިއާ ކާމިޔާބީތަކެއް ހޯދައިދޭނެ. އެހެންވީމަ އެ ފުރުސަތު ދޭން މިހާރު ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ. "ބައިސްކަލެއްގައި ބާރަސަތޭކަ ކިލޯމީޓަރުގެ ރާސްތާއެއް ކަނޑައްތުކުރުމަކީ އާދައިގެ ކަމެއް ނޫން. އެއީ އަހަރެމެން ޖިއޯތީއާ މެދު އުންމީދު ބޮޑުވާ ކަމަކީ."
އޯންކާރް ވިދާޅުވި ގޮތުގައި ސައިކްލިން އެކެޑެމީގައި މިހާރު ވެސް 14-15 އަހަރާ ދެމެދުގެ 10 ކުއްޖަކު އަންނަނީ ތަމްރީނު ހަދަމުންނެވެ.
ޖިއޯތީ އާއި އޭނާގެ ބައްޕަ.
"އެ ކުދިންނާ ޖިއޯތީ ގުޅުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. ޖިއޯތީ ކުރިއަރުވައިދޭން އަހަރެމެން ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްދޭނަން،." އޭނާ ވިދާޅުވި އެވެ. "އޭނާ ދިއްލީގައި ޓްރޭނިން ހަދާ އިރު އާއިލާގެ އިތުރު މީހަކު ގާތުގައި ބަހައްޓަން ބޭނުން ނަމަ އެ ފުރުސަތު ވެސް ދޭނަން."
ޖިއޯގެ ބައްޕަ މޯހަން ޕަސްވަން ބުނިގޮތުގައި އޭނާ ގުރްގާއޯ އިން ބިހާރަށް ދާން އެހާ ބޮޑަށް ބޭނުންވި ސަބަބަކީ ކުރަމުން ދިޔަ މަަސައްކަތް ހުއްޓި، އާމްދަނީ ލިބޭނެ ގޮތެއް ވެސް ނެތުމާ އެކީގަ އެވެ. އަދި ދަރިފުޅު ދެއްކި ހިތްވަރުން ބަސް ހުއްޓިފައިވާ ކަމަށް ބުންޏެވެ.
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
އިންޑިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ
އަންހެން ދަރިވަރުންނަށް ވެސް ފަޓްލޫނާއި ގަމީސް
ސުމިރްތީ: އެކްޓިންއިން ސިޔާސީވެ، މިހާރު ލިޔުންތެރިއެއް
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް
ދެބެއިންގެ ބޯކޮށުން ބޮޑު އާޓަކަށް
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް