Roadha Mihaaru
ޕަބްޖީ ކުޅެން ކާފަގެ ޕެންޝަނުން ދެ ލައްކަ ރުޕީސް

ޕަބްޖީ ކުޅެން ކާފަގެ ޕެންޝަން ސްކީމުން ދެ ލައްކަ ރުޕީސް ސިއްރުން ހޭދަކޮށްފި

07 ޖުލައި 2020

ކާފަގެ ޕެންޝަން ސްކީމްގައި ހުރި ފައިސާ އިން އިންޑިއާގެ ފުރާވަރުގެ ކުއްޖަކު ޕަބްޖީ ކުޅެން ދެ ލައްކަ ރުޕީސް ހޭދަކުރިކަން ފަޅާއަރައި އާއިލާގެ ތެރޭގައި މައްސަލަ ގޯސްވެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާފަގެ ޕެންޝަން ސްކީމްގައި ހުރި ފައިސާ އިން އިންޑިއާގެ ފުރާވަރުގެ ކުއްޖަކު ޕަބްޖީ ކުޅެން ދެ ލައްކަ ރުޕީސް ހޭދަކުރިކަން ފަޅާއަރައި އާއިލާގެ ތެރޭގައި މައްސަލަ ގޯސްވެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަންޖާބް ސްޓޭޓްގެ މޮހާލީގައި ދިރިއުޅޭ 15 އަހަރުގެ ފިރިހެން ކުއްޖާ އޭނަގެ ކާފަގެ ޕެންޝަން ފައިސާ ޖަމާކުރާ އެކައުންޓުން ޕަބްޖީގެ މޮބައިލް ގޭމް ކުޅެން 2 ލައްކަ ރުޕީސް (12,978 ޑޮލަރު) ހޭދަކުރީ އާއިލާގެ އެއްވެސް މީހަކަށް ނާންގައި ސިއްރުން ހިންގި މުއާމަލާތެއްގެ ތެރެއިންނެވެ.

މިކަން ފަޅާއެރީ އާންމުކޮށް އެކައުންޓުގެ ރޫޓިން ޗެކެއް ހެދުމުގެ ތެރޭގަ އެެވެ. އަދި ފައިސާ މަދުވެ މައްސަލަ ބޮޑުވެ، އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް އިނގިލި ދިއްލި ދިއްކުރަމުން ގޮސް ކުއްޖާއާ ސުވާލުކުރުމުން އޭނާ ވަނީ ގޭމް ކުޅެން ފައިސާ ހޭދަކުރި ކަމަށް އެއްބަސްވެފަ އެވެ.

އަދި ޕަބްޖީ ކުޅެން ފައިސާގެ މުއާމަލާތް ޕޭޓީއެމް މެދުވެރިކޮށް ހިންގަން ދަސްކޮށްދިނީ ސްކޫލުގެ ސީނިއާ އޮފިޝަލެއް ކަމަށް ބުނެފައިވެ އެވެ. މިކަމަށް އޭނާ އެހީތެރިވެދިނީ ފައިސާ ވެސް ދޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ. އެ ކުއްޖާ ބުނި ގޮތުގައި ސްކޫލްގެ އޮފިޝަލު ވަނީ ކާފަގެ ޑޮކިއުމަންޓްތައް މެދުވެރިކޮށް، މުއާމަލާތް ހިންގާނެ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ.

މިކަމާ ގުޅިގެން އާއިލާ އިން މިހާރު ވަނީ ސްކޫލް މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެެ. މޮހާލީގެ ސީނިއާ ސުޕްރިންޑެންޓް އޮފް ޕޮލިސް (އެސްއެސްޕީ) ކުލްދީޕް ޗާހަލް ސިންގްް ވިދާޅުވީ އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

އާއިލާގެ މީހަކާ ހަވާލާދީ ޓްރިބިއުން އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރާވަރުގެ ކުއްޖާ ޕަބްޖީ ކުޅެން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ގޭމަށް އޭނާ ދެވިހިފައި، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޕަބްޖީ ކުޅެން ކާފަގެ އެކައުންޓުން 30 ފަހަރެއްގެ މަތިން ފައިސާގެ މުއާމަލާތް ހިންގާފައިވެ އެވެ. އަދި އެކަމަށް އޭނާ ސިމް ކާޑެއް ވެސް ގަނެގެން ގެންގުޅެފައިވެ އެވެ.

ދާދި ފަހުން ވެސް މިފަދަ އެހެން މައްސަލައެއް ޕަންޖާބުން ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެ ފަހަރު 17 އަހަރުގެ ކުއްޖަކު ވަނީ އޭނާގެ މައިންބައިންނަށް ސިއްރުން އެކައުންޓުން 16 ލައްކަ ރުޕީސް (103,828 ޑޮލަރު) ޕަބްޖީ ކުޅެން ހޭދަކޮށްފަ އެވެ. އާއިލާ އިން ބުނެފައިވާ ގޮތުގައި އެ ފައިސާ އަކީ ދިމާވެދާނެ ކުއްލި ހާލަތެއްގައި ބޭސް ފަރުވާ އަށް ރައްކާކޮށްގެން އުޅުނު ފައިސާކޮޅެކެވެ.