19 ޖޫން 2021
ޗައިނާއާ ގުޅުން އޮންނާތީ މިދިޔަ އަހަރު އިންޑިއާ އިން މަނާކުރި މަޝްހޫރު ވީޑިއޯ ގޭމް ޕަބްޖީ، ބައެއް ބަދަލުތަކާ އެކު އިންޑިއާގައި އަލުން ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.
ޗައިނާއާ ގުޅުން އޮންނާތީ މިދިޔަ އަހަރު އިންޑިއާ އިން މަނާކުރި މަޝްހޫރު ވީޑިއޯ ގޭމް ޕަބްޖީ، ބައެއް ބަދަލުތަކާ އެކު އިންޑިއާގައި އަލުން ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ކުރިން ޗައިނާގެ ޓެންސެންޓް ކުންފުނީގެ ބައިވެރިވުން އޮންނާތީ މަނާކުރި ގޭމް އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ގޮތަށް އިންޑިއާގައި އަލުން މި ހަފުތާގައި ލޯންޗްކުރަނީ "ބެޓްލްގްރައުންޑް މޮބައިލް އިންޑިއާ" ކިޔާ އާ ގޭމަކާ އެކީގަ އެވެ. މި ގޭމް ކުޅެވޭނީ ހަމައެކަނި އިންޑިއާ މީހުންގެ މެދުގަ އެވެ.
ބައެއް މީޑިއާތަކުން ބުނީ ހަމައެކަނި އިންޑިއާގެ ކުޅުންތެރިންގެ މެދުގައި ގޭމް ކުޅެވޭ ގޮތަށް އޮތުމުން، ޕަބްޖީ އަށް ކުރިން މަރުދިން އިންޑިއާގެ ޒުވާނުންގެ ޝައުގުވެރިކަން ކުޑަވާނެ ކަމަށެވެ.
އިންޑިއާގައި ބޮޑު ތަރުހީބެއް އޮތް ޕަބްޖީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެ ގައުމުގެ ސަރުކާރުން މަނާކުރީ ޗައިނާ އާއި އިންޑިއާ ދެމެދު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާ އަށް ދަތިކުރަން އެ ގައުމުގެ އެޕްތައް މަނާކުރަން ފެށި މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ޗައިނާގެ 250 އަށް ވުރެ ގިނަ އެޕް އިންޑިއާ އިން މަނާކޮށްފައިވެ އެވެ.
އޭރު އެކަމާ ޕަބްޖީ އިން ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގައި އަލުން ގޭމް ކުޅެވޭނެ ގޮތް ހަދަން ޓެންސެންޓާ އެކު އޮތް ގުޅުން ވެސް ކަނޑައިލި އެވެ. އަދި ގޭމް އަލުން ލޯންޗްކުރީ އެކަން ކުރާނެ ކަމަށް މިދިޔަ އަހަރު ވެސް ބުނެފައި ވަނިކޮށެވެ.
އިންޑިއާ އިން ސެޕްޓެމްބަރު 2، 2020 ގައި ޕަބްޖީ މަނާކުރުމުން އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ އެންކޯ އިން އުފެއްދި ވަތަނީ ގޭމް "ފައު-ޖީ" ނެރުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 26 ބގަ އެވެ. އެ ގޭމް ނެރޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ގަ އެވެ.
އިންޑިއާގައި ޕަބްޖީ މަނާކޮށްފި
ޕަބްޖީން ޗައިނާގެ ޓެންސެންޓް ދޫކޮށްލައިފި
ޕަބްޖީގެ ބަދަލުގައި އިންޑިއާ އަށް ފައު-ޖީ
އޭޝިއާގައި ވީޑިއޯ ގޭމް ކުޅޭ އަންހެނުން އިތުރުވަނީ
އޭޝިޔާ އަށް ގަދަ ހޫނާއި ރެކޯޑު އަދަދަކަށް ވާރޭ
އިންޑިއާގެ ވީޑިއޯ ގޭމް "ފައު-ޖީ" ނެރެފި
އިންޑިއާގެ "ފައު-ޖީ" ނެރުން 26 ގައި
އިންޑިއާގެ "ފައު-ޖީ" ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ޕަބްޖީ ކުޅެން ކާފަގެ ޕެންޝަނުން ދެ ލައްކަ ރުޕީސް
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް