21 އޮކްޓޯބަރ 2019
އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ޔުނިވަސިޓީއެއްގެ އިމްތިހާންގައި ދަރިވަރުން މަކަރުހަދައިފާނެ ކަމަށް ބަލައި، އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށިގަނޑު އަޅުވައިގެން އިމްތިހާނު ހެދުވި މައްސަލައެއް ހޫނުވުމުން މާފަށް އެދެފި އެވެ.
އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ޔުނިވަސިޓީއެއްގެ އިމްތިހާންގައި ދަރިވަރުން މަކަރުހަދައިފާނެ ކަމަށް ބަލައި، އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށިގަނޑު އަޅުވައިގެން އިމްތިހާނު ހެދުވި މައްސަލައެއް ހޫނުވުމުން މާފަށް އެދެފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު މިކަން ހިނގާފައި ވަނީ ކަރުނާޓަކާގެ ހަވޭރީ ޑިސްޓްރިކްޓްގައި ހިންގާ ބަގަތު ޕްރީ-ޔުނިވަސިޓީގަ އެވެ.
ކެމިސްޓްރީ މާއްދާގެ އިންތިހާނު އޮތް ދުވަހު ދެ ޖިންސްގެ ދަރިވަރުންގެ ބޮލުގައި ފޮށިގަނޑު އަޅުވައިގެން އިމްތިހާނު ކުރިއަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ފޮށިގަނޑު އަޅައިން ތިބީ ހަމައެކަނި މޫނު ފެންނަ ވަރުގެ ގޮޅިއެއް ކަނޑާލައިގެންނެވެ. ގިނަ ދަރިވަރުން އިންތިހާނު ހޯލުގައި ބޮލުގައި ކާޑްބޯޑް ފޮށިގަނޑު އަޅައިގެން ތިބި ކަމަށް ވިޔަސް، މަދު ދަރިވަރުންތަކެއް ފޮށިގަނޑު ނާޅައި ތިބިކަން ވެސް ފާހަގަކުރެވުނެވެ.
Karnataka: Students were made to wear cardboard boxes during an exam at Bhagat Pre-University College in Haveri, reportedly to stop them from cheating. (16.10.2019) pic.twitter.com/lPR5z0dsUs
— ANI (@ANI) October 18, 2019
ބޮލުގައި ފޮށިގަނޑު އެޅުވި މައްސަލާގައި ކަރުނާޓަކާގެ އެޑިއުކޭޝަން މިނިސްޓަރު އެސް ސުރޭޝް ކުމާރު ކުުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުނިވަސިޓީގެ އެ އަމަލަކީ ލާއިންސާނީ އަމަލެއް ކަމަށެވެ.
This is totally unacceptable. Nobody has any right to treat anybody more so students like animals. This pervertion will be dealt with aptly. https://t.co/y69J0XcTA6
— S.Suresh Kumar, Minister - Govt of Karnataka (@nimmasuresh) October 18, 2019
"އެއްވެސް މީހަކަށް ހައްގެއް ލިބިގެން ނުވޭ ޖަނަވާރުން ގޮތަށް ދަރިވަރުންނާ ދޭތެރޭ އަމަލުކުރާކަށް. މި މައްސަލަ ސީރިއަސްކޮށް ބަލަނާނަން،" އޭނާ ވިދާޅުވި އެވެ.
ހަވޭރީ ޑިސްޓްރިކްޓްގެ ޑެޕިއުޓީ ޑިރެކްޓަ އޮފް ޕަބްލިކް އިންސްޓްރަކްޝަން (ޑީޑީޕީއައި) ގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި ގޮތުގައި ދަރިވަރުންގެ ބޮލުގައި ފޮށިގަނޑު އެޅުވި މައްސަލަ ހިނގި ގޮތް ސާފުކޮށްދޭން ޔުނިވަސިޓީ އަށް މިހާރު ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ. އަދި އެފަދަ ކަމެއްކޮށްފައި ވަނީ ޑީޑީޕީއައިގެ އެއްވެސް އިރުޝާދެއް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ވަރަށް ބޮޑަށް ހޫނުވުމުން ބަގަތު ޕްރީ-ޔުނިވަސިޓީގެ ހެޑް އެމްބީ ސަތިޝް ވިދާޅުވީ ދަރިވަރުންގެ ބޮލުގައި ފޮށިގަނޑު އަޅުވައިގެން އިމްތިހާނު ހެދުވީ ހަމައެކަނި އެ ޔުނިވަސިޓީން ނޫން ކަމަށެވެ. އަދި މިގޮތަށް ބިހާރުގެ ބައެެއް ޔުނިވަސިޓީތަކުން ވެސް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަދި މިކަން އަހަރެމެން ކުރީ ދަރިވަރުންނަށް މަޖުބޫރުކޮށްގެނެއް ނޫން ވެސް ނޫން. ދަރިވަރުން އަމިއްލަ އަށް ފޮށިގަނޑު ގެނައީ ވެސް. އަދި މިއީ އިންތިހާނުތަކުގައި ކޮޕީކުރާތީ ތަޖުރިބާކޮށްލުމުގެ ގޮތުން ކުރި ކަމެއް،" ސަތިޝް ވިދާޅުވި އެވެ. "އެކަމަކު މިކަމާ މާފަށް އެދެން. ދަރިވަރުންގެ ބޮލުގައި ފޮށިގަނޑު އެޅުވީ މަޖުބޫރު ކަމަކަށް ހަދައިގެން ނޫންކަން އާންމުވި ފޮޓޯތަކާއި ވީޑިއޯތަކުން ވެސް އެނގޭނެ. އެ އެއްޗެހިން ފެންނަން ހުންނާނެ ފޮށިގަނޑު ނާޅައި ތިބި ދަރިވަރުން ވެސް."
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު
އިންޑިއާގެ ޕްރިންސިޕަލެއް އެދުނީ ފާސްވާން ރިޝްވަތު ދޭން
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
އިމްތިހާނު ހަދަންޖެހުނީ ދޮރުފޮތިގަނޑެއް އަނދެގެން
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ
ވިވެކް މަތީ ތައުލީމަށް ސްކޮލަޝިޕް ދެނީ
މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް