ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ހަކަތަ ސަމަކާރަ (އެނަޖީ އެފިޝިއެންޓް) މިންވަރު ދެނެގަތުމަށް "ހަކަތަރި" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ލޯންޗުކޮށްފި އެވެ.
16 ސެޕްޓެމްބަރ 2021
ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ހަކަތަ ސަމަކާރަ (އެނަޖީ އެފިޝިއެންޓް) މިންވަރު ދެނެގަތުމަށް "ހަކަތަރި" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ލޯންޗުކޮށްފި އެވެ.
ދުނިޔޭގެ އޯޒޯން ދުވަހާ ދިމާކޮށް ހޮޓެލް ޖެންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމް ލޯންޗުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ.
ހަކަތަރި ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ހާއްސަ މިންގަނޑަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އެތަކެތީގައި އެފިޝަންސީ ލޭބަލެއް ޖެހުމެވެ.
އެ ލޭބަަލް ފުރަތަމަ ޖަހާނީ ތިން ބާވަތެއްގެ ކަރަންޓު ސާމާނުންނެވެ. އެއީ އޭސީ، އައިސް އަލަމާރި އަދި ދޮންނަ މެޝިނުގަ އެވެ.
ހަކަތަރި ޕްރޮގުރާމު ކާމިޔާބުކަމާ އެކީ ހިނގައްޖެ ނަމަ 2023 ވަނަ އަހަރާ ހަމައަށް ހަކަތައިގެ މިންވަރު 16 ޕަސެންޓް މަދުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގައި އެނަޖީ އެފިޝަންޓް ވަސީލަތްތަކާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އެނަޖީ އެފިޝަންޓު ވަސީލަތްތައް ބޭނުންކުރެވޭ ނަމަ އިންޖީނުގެތަކަށް ބޭނުންކުރާ ތެލުގެ މިންވަރު އެތައް މިލިއަން ލިޓަރު މަދުކޮށް، އޭގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް ބޮޑުތަނުން މަދުކުރެވޭނެ ކަމަށް މިނިސްޓްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަކަތަރި ޕްރޮގުރާމު ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖެއިން ގާތްގަނޑަކަށް ތިން މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށެވެ.
ހަކަތަ ސަމަކާރަ ނުވަތަ އެނަޖީ އެފިޝަންޓް އާލާތްތައް ގަތުމަށް ބާރުއެޅުމަށް ބޭންކުތަކާ ގުޅިގެން ވެސް މިނިސްޓްރީން ބުންޏެވެ. އަދި ހަކަތަރި ޕްރޮގުރާމްގައި ބައިވެރިވުމަށް ކަރަންޓު ސާމާނު އެތެރެކުރާ ފަރާތްތަކަށް ވެސް މިނިސްޓަރު ޝައުނާ އިލްތިމާސްކުރެއްވި އެވެ.
Hakathari Program Launching event is underway #LCEI #Samakaara #Energy #ClimateChange #HakathaSamakaara #Hakathari pic.twitter.com/8S26OY4CYx
— Min. of Environment, Climate Change and Technology (@MoEnvmv) September 16, 2021
ގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ބޭނުންކުރާ މިންވަރު އިތުރުވާ ނަމަ ހެދޭނެ ގޮތަކީ އެނަޖީ އެފިޝަންޓް ވަސީލަތްތައް ބޭނުންކުރުމެވެ. އެނަޖީ އެފިޝަންޓް ތަކެތި ދެނެގަތުމަކީ ކުރިން އުނދަގޫ ކަމަކަށް ވިިޔަސް، ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ ސާމާނު ދެނެގަތުމަށް މިހާރު ލޭބަލް ބޭނުންކުރެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ތައާރަފު ކުރި "ހަކަތަރި" ލޭބްލްގެ ބޭނުމަކީ ވެސް އެއީ އެވެ. ހަކަތަރި އަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގައި ތަތްކޮށްލެވޭ ކުޑަ ސްޓިކާއެކެވެ.
ހަކަތަރި ސްޓިކާ އެންމެ ފުރަތަމަ ބޭނުންކުރަންފަށާނީ ރާއްޖެއަށް އެތެރެކުރާ އޭސީ އާއި އައިސް އަލަމާރީގެ އިތުރުން ދޮންނަ މެޝިނުގަ އެވެ.
އެ ސްޓިކާގެ ބޭނުމަކީ ކަރަންޓު ސާމާނު ބޭނުންކުރާ ހަކަތައިގެ މިންވަރު ބަޔާންކޮށް، އެންމެ އެނާޖީ އެފިޝަންޓް ތަކެތި ދެނެގަތުމެވެ. އެއް ތަރިން ފެށިގެން ގޮސް ފަސް ތަރިއަށް ލޭބަލްގެ މަތީގައި ފެންނަން އިންނަ ހަކަތައިގެ މީޓަރުން އެ އެއްޗެއްގެ އެފިޝަންޓް މިންވަރު ދޭހަކޮށްދޭނެ އެވެ.
ތަރި ގިނަވާ ވަރަކަށް އެ އެއްޗެއްގެ އެފިޝިއަންޓް މިންވަރު ވެސް މަތިވާނެ އެވެ. އެންމެ އެނަޖީ އެފިޝަންޓް ކަރަންޓު ސާމާނަށް ލިބޭނީ ފަސް ތަރި އެވެ. އެފިޝިއަންސީ ލެވެލް މަތިވާ ވަރަކަށް އެ އެއްޗަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުވާނެ އެވެ.
ކޮންމެ އަހަރަކު ބޭނުންކުރާނެ ކަރަންޓުގެ މިންވަރު ވެސް ކަރަންޓު ސާމާނުގައި ހިއްޕާފައި ހުންނަ ހަކަތަރި ލޭބަލުން ފެންނަން ހުންނާނެ އެވެ.
ހަކަތަރި ލޭބަލް އެއްވެސް މުދަލެއްގައި ޖަހައިދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ތެލުގެ ހޭދައިން 225 މިލިއަން ކުޑަކުރެވޭނެ: ޝައުނާ
ތިމާވެށީގެ ހިމާޔަތުގައި ހުސް ވާހަކަ! އަމަލު މަދު!
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް
75 މިލިއަން ޑޮލަރުގެ ސޯލާ މަޝްރޫއެއްގައި ސޮއިކޮށްފި
ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި