12 ޑިސެމްބަރ 2023
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން 75.5 މިލިއަން ޑޮލަރުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި އެވެ.
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން 75.5 މިލިއަން ޑޮލަރުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ޕަވާ ޕާޗޭސިން އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރެވޭނެ ކަމަށާއި އެ ނިޒާމުތަކަށް ގާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި މިރަށްރަށުގު ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ހިމެނޭ ކަމަށެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އެއް ރަށުގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދުމުގެ ޕައިލެޓް ޕްރޮޖެކްޓް ވެސް ކުރިއަށް ދާނެ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން މަގޭ ސޯލާ ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގެ ތިން މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެކަރަންޓުގެ އެހީގައި ހިންގާ ގޮތަށް އެއް ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގަރާމެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުން-- ފޮޓޯ: އެންވަޔަރަނަމަންޓް މިނިސްޓްރީ
މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮޖެކްޓްގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ އެވެ. އަދި އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުވުން މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަނަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ދުބާއީގައި މިފަހުން ބޭއްވި މޫސުމާ ބެހޭ ސަމިޓު، ކޮޕް28 ގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓް އިތުރުކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެ އެއްބަސްވުމުގެ ދަށުން އެކަން ހާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.
މިހާރު މުޅި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ ހަތަރު ޕަސެންޓުގަ އެވެ. އެ އަދަދު އިތުރުކުރެވޭނީ ބޭރުގެ އެހީއާ އެކު ކަމަށް ވެސް ރައީސް ކޮޕް28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެނަޖީ އެފިޝަންޓް މިންވަރު އަންގައިދޭން ސްޓިކާއެއް
ތިލަފުށިން ދުން އަރާ މައްސަލައަށް ހައްލެއް
ގިނަ ރަށްތަކެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި