Roadha Mihaaru
މެސީ، ނޭމާ އަދި އެމްބާޕޭ އެކުގައި މިރޭ ފެނިދާނެ

މެސީ، ނޭމާ އަދި އެމްބާޕޭ ފުރަތަމަ ފަހަރަށް އެކުގައި މިރޭ ފެނިދާނެ

15 ސެޕްޓެމްބަރ 2021

ޕެރިސް (ސެޕްޓެމްބަރު 15) - ޗެމްޕިންސް ލީގުގައި ބެލްޖިއަމްގެ ކްލަބު ބްރޫގާއާ ދެކޮޅަށް ޕީއެސްޖީ މިރޭ ކުޅޭ މެޗުގައި ދުނިޔޭގެ އެންމެ މަޝްހޫރު ތިން ފޯވާޑުންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްޕާބޭ އެކުގައި ފެނިދާނެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (ސެޕްޓެމްބަރު 15) - ޗެމްޕިންސް ލީގުގައި ބެލްޖިއަމްގެ ކްލަބު ބްރޫގާއާ ދެކޮޅަށް ޕީއެސްޖީ މިރޭ ކުޅޭ މެޗުގައި ދުނިޔޭގެ އެންމެ މަޝްހޫރު ތިން ފޯވާޑުންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްޕާބޭ އެކުގައި ފެނިދާނެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނާ ބުނެފި އެވެ.

"މެސީ، ނޭމާ އަދި އެމްބާޕޭ، އެކުގައި؟ އެ ތިން ކުޅުންތެރިން އެކުގައި އުޅޭ ތަން ދެކެން ސަޕޯޓަރުންނެކޭ އެއްގޮތަށް އަހަރެން ވެސް ބޭނުން، އެކަމަށް މިހުރީ ކެތް މަދުވެފައި،" މިރޭގެ މެޗުގައި ތިން ކުޅުންތެރިން އެކުގައި ފެނިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޕޮޗެޓީނޯ ބުންޏެވެ. "ތިން ކުޅުންތެރިން އެކުގައި ފެނުން އެކަށީގެންވޭ."

ބާސެލޯނާ އަށް 17 އަހަރު ކުޅުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި، ގަތަރުގެ މަހުޖަނުން ހިންގާ ކްލަބަށް މި ސީޒަނުގައި މެސީ ބަދަލުގައި ހިލޭ ޓްރާންސްފާއެއްގަ އެވެ. އޭގެ ފަހުން ޕީއެސްޖީގައި މެސީ ކުޅުނީ ލީގުގެ އެއް މެޗުގަ އެވެ. ރެއިމްސް އަތުން 2-0 އިން ޕީއެސްޖީ މޮޅުވި އެ މެޗުގައި މެސީ ކުޅެން އެރީ 66 ވަނަ މިނިޓުގައި ނޭމާގެ ބަދަލުގަ އެވެ. އެހެންވެ އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވި ފަހުން މިވީ މަސް ދުވަސްތެރޭ ސަޕޯޓަރުންނަށް ކްލަބުގެ ޖޯޒީގައި ދަނޑުމަތިން ފެނިފައި ވަނީ 24 މިނިޓަށެވެ.

މެސީ (ކ) އެމްބާޕޭ އަދި ނޭމާ ޕްރެކްޓިހުގައި. --ފޮޓޯ:އޭއެފްޕީ

މެސީ (ކ) އެމްބާޕޭ އަދި ނޭމާ ޕްރެކްޓިހުގައި. --ފޮޓޯ:އޭއެފްޕީ

މިދިޔަ ހަފުތާ ބަންދުގައި ފުރަތަމަ 11 ގައި ހިމެނިގެން މެސީގެ ފުރަތަމަ މެޗު ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އެންމެ ފަހު ވަގުތު ޕޮޗެޓީނާ ނިންމީ ކްލަމޮންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެސީ އަރާމު ކުރުމަށެވެ. ސަބަބަކީ ގައުމީ ޓީމަށް ކުޅުނު މެޗުތަކަށް ފަހު ޔޫރަޕުގެ ކްލަބު މުބާރާތާ ކުރިމަތިލާއިރު މާބޮޑަށް ވަރުބަލިވެދާނެތީ އެވެ.

ބެލްޖިއަމް ލީގުގެ އެއްވަނައިގައި އޮތް ޓީމާ ދެކޮޅަށް ފްރާންސްގެ ގަދަ ބާރު މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 12 ޖަހާއިރު އެވެ.