Roadha Mihaaru
ފިރިހެން ސިންގަަލްސް ފައިނަލުގައި ޒަޔާން އާއި ސާރިމް

ފިރިހެން ސިންގަަލްސް ފައިނަލުގައި ޒަޔާން އާއި ސާރިމް

01 ޑިސެމްބަރ 2016

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި މުހައްމަދު ސާރިމް ވާދަކުރަން ޖެހިއްޖެ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި މުހައްމަދު ސާރިމް ވާދަކުރަން ޖެހިއްޖެ އެވެ.

ޒަޔާން އާއި ސާރިމް އަކީ ކުރިން ރާއްޖޭގެ ގިނަ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އެކުގައި ޑަބަލްސް ކުޅުނު ކުޅުންތެރިންނެވެ. އަދި ރާއްޖޭގެ އެކި މުބާރާތްތަކުގައި މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ބެޑްމިންޓަން ގައުމީ މުބާރާތާއި ބެޑްމިންޓަން އަތޮޅު ލީގުގެ އަށް ފައިނަލް ކުޅޭނެ އެވެ. ބެޑްމިންޓަން އަތޮޅު ލީގުގެ މިކްސް ޑަބަލްސް ފައިނަލުގައި އަހުމަދު ޝިފާއު އާއި ޝިފްނާ ހުސެއިންގެ ޕެއާ ބައްދަލުކުރާނީ އިސްމާއިލް ޒުހުރީ އާއި ޝިޔާނާ އަހުމަދު ޒުހައިރުގެ ޕެއާއާ އެވެ.

ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ޒަޔާން ޒަކީ އާއި މައިސާ ފަތުހުﷲގެ ޕެއާ ނުކުންނާނީ ސާރިމް އާއި ނީލާ އަހުމަދު ނަޖީބުގެ ޕެއާއާ ދެކޮޅަށެވެ.

އަތޮޅު ލީގުގެ ފިރިހެން ޑަބަލްސް ފައިނަލުގައި އަހުމަދު ނަޝީދު އާއި ޝިފާއުގެ ޕެއާ ވާދަކުރާނީ އާސިފް އާދަމް މަނިކް އާއި އިބްރާހިމް މުހައްމަދުގެ ޕެއާއާ އެވެ. އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ނ. ހޮޅުދޫގެ މުހައްމަދު އާކިފް ނުކުންނާނީ ސ. ހިތަދޫގެ ނަޝީދުއާ ދެކޮޅަށެވެ.

ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލުގައި ހުސެއިން މުހައްމަދު ވާދަކުރާނީ ނިބާލް އަހުމަދުއާ އެވެ. ދެ ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ޝިފްނާ އާއި އިބްރާހިމްގެ ޕެއާ ވާދަކުރާނީ އާސިފް އަދި އައިޝަތު ނިހާމާގެ ޕެއާ އެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ފައިނަލުގައި ނަޝީދު އާއި ޝިފާއުގެ ޕެއާ ވާދަކުރާނީ އައްފާން ހާލިދު އާއި މުހައްމަދުގެ ޕެއާއާ އެވެ.