02 ޖުލައި 2023
ތަފަތު ކުރުން ގެންގުޅޭ ކަމަށާއި އެކަންކަން ސާފު ކުރުމަށް، އެސޯސިއޭޝަނަށް ފޮނުވި ސިޓީ އަށް ވެސް ޖަވާބު ނުދޭތީ، ހިތްހަމަނުޖެހުން ފާޅުކޮށް ބެޑްމިންޓަންގެ ލެޖެންޑަރީ ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބް ގައުމީ މުބާރާތުގައި ވާދަނުކުރަން ނިންމައިފި އެވެ.
ތަފަތު ކުރުން ގެންގުޅޭ ކަމަށާއި އެކަންކަން ސާފު ކުރުމަށް، އެސޯސިއޭޝަނަށް ފޮނުވި ސިޓީ އަށް ވެސް ޖަވާބު ނުދޭތީ، ހިތްހަމަނުޖެހުން ފާޅުކޮށް ބެޑްމިންޓަންގެ ލެޖެންޑަރީ ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބް ގައުމީ މުބާރާތުގައި ވާދަނުކުރަން ނިންމައިފި އެވެ.
ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި ނިލާ ސޯޝަލް މީޑިއާގައި އާންމު ކުރި މެސެޖްގައި ބުނެފައި ވަނީ، އޭނާ އާ މެދު އެއްވެސް އިންސާފެއް ނެތި އެ އެސޯސިއޭޝަނުން އޭނާ އެކަހެރި ކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ގައުމީ މުބާރާތުގައި ވާދަނުކުރަން ނިންމި ބައެއް ސަބަބުތައް ނީލާ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
"...އިންސާފާއި ހަމައިގެ ބޭރުން އަޅުގަނޑާއި ދޭތެރޭ ފިޔަޅު އެޅުމާއި، އެ ފިޔަވަޅުތަށް އެޅި ސަބަބު ހޯދުމަށްޓަކައި ލިޔުނު އެއްވެސް ސިޓީއަކަށް މިއަދާހަމަށް ވެސް ޖަވާބެއް ލިބިފައި ނެތް،" ސޯޝަލް މީޑިއާގައި ނީލާ ލިޔެފައިވެއެވެ.
އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ނީލާ ވާދަކުރަނީ: މިއަދު ފެށި ގައުމީ މުބާރާތުގައި އޭޏާ ނުކުޅޭނެ
އޭނާ ބުނީ ގައުމީ މުބާރާތަށް ތައްޔާރުވާން އަމިއްލަ ގޮތުން ޕްރެކްޓިސް ކުރަން ކޯޓް ހޯދަން އުޅުނު ނަމަވެސް ކޯޓް ނުލިބޭ ކަމަށެވެ.
މިއަދު ފެށި މުބާރާތުގައި އޭނާ އާ އެއްކޮށް މިކްސް ޑަބަލްސް ކުޅެން ހަމަޖެހިފައިވާ ކުޅުންތެރިޔާ އަށް ގައުމީ ޓީމުގެ ކޯޗު ނުފޫޒު ފޯރުވައިގެން އޭނާގެ ޕާޓްނާޝިޕް ހުއްޓުވާލާފައިވާ ކަމަށް ނީލާ ތުހުމަތު ކުރެ އެވެ.
"ގައުމީ ބެޑްމިންޓަން މުބާރާތުގައި އަޅުގަނޑު މިކްސްޑަބަލްސް ހަދަން ހަމަޖެހިފައިވާ ކުޅުންތެރިޔާ ވެސް ގައުމީ ބެޑްމިންޓަން ކޯޗްގެ ނުފޫޒުން އެހެން ކުޅުންތެރިޔަކާ އެކު މިކްސްޑަބަލްސް ކުޅެން ނިންމުން،" ގައުމީ މުބާރާތުގައި ވާދަނުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ނީލާ ލިޔެފައިވެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2015 އަދި 2019 ގައި ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައި ދިން ނީލާ ބުނީ ބެޑްމިންޓަން ކޯޓް ނުލިބޭތީ ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްނުކޮށް ހުންނަން ޖެހުނު ކަމަށެވެ. އަދި އޭނާ އަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ނަފުސާނީ ގޮތުން އުނދަގޫހާލަތަކަށް ދިޔަ ކަމަށް ވެސް ނީލާ ބުންޏެވެ.
ބެޑްމިންޓަންގެ މައްސަލަ ބައިނަލްއަގުވާމީ ކުޅިވަރު ކޯޓަށް
ސަބަބެއް ނެތި ނީލާ ގައުމީ ޓީމުން އެކަހެރިކޮށްފައި
ބެޑްމިންޓަން ސިންގަލްސް ތަށި ސާރިމާއި މައިސާ އަށް
ފިރިހެން ސިންގަަލްސް ފައިނަލުގައި ޒަޔާން އާއި ސާރިމް
ދެ މުބާރާތަކަށް ރިވައިވަލް ފުރައިފި
މިކްސް ޑަބަލްސްއިން ލައިބާގެ ޕެއާއަށް ބްރޯންޒް މެޑަލް
ލައިބާއާއެކު ކިޔާންވެސް ޕޮލިޝް ބެޑްމިންޓަން ޕެސްޓިވަލަށް
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި