12 ނޮވެމްބަރ 2024
ޕޮލެންޑްގައި ކުރިއަށް ދިޔަ ޔޮނެކްސް ޕޮލިޝް އިންޓަބޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގެ 13 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ގެ ޕެއާ އަށް ބްރޯންޒް މެޑަލް ލިބިއްޖެ އެވެ.
ޕޮލެންޑްގައި ކުރިއަށް ދިޔަ ޔޮނެކްސް ޕޮލިޝް އިންޓަބޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގެ 13 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ގެ ޕެއާ އަށް ބްރޯންޒް މެޑަލް ލިބިއްޖެ އެވެ.
އެލީ އާއެކު މިކްސްޑް ޑަބަލްސްގައި ވާދަކޮށްފައި ވަނީ ލިތުއޭނިއާގެ ޖޫލިއަސް ސާގެލާ އެވެ. މި ޕެއާ ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ސެމީ އިން ބަލިވީ ޕޮލެންޑްގެ ޓާސްކީ އާއި ކްލައުޑިއާގެ ޕެއާ އަތުން 11-21، 7-21 އިންނެވެ.
މި އުމުރުފުރާގެ އަންހެން ސިންގަލްސްގެ ގަދަ 16 އަށް ލައިބާ ދަތުރު ކުރީ، ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ކިޔާން އާދިލް މުހައްމަދު ވަނީ 15 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަ ކޮށްފަ އެވެ. ކިޔާން ވަނީ މިކްސްޑް ޑަބަލްސްގައި ޔޫކްރެއިންގެ މެކްސިމް އާބަންސްކީއާ އެކު ގްރޫޕް ސްޓޭޖުގައި ޕޮލެންޑްގެ ސްޒީމަން ވަވްރޭނިއަކް އާއި އަޑްރިއާނާ ކަބަކްގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅު ވެފަ އެވެ. ކިޔާން އާއި މެކްސިމްގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 21-12 އިންނެވެ.
ލައިބާ ވަނީ މިއަހަރުގެ ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގެ 13 އަހަރުން ދަށުގެ ކެޓެގަރީގައި ވާދަކޮށް ދެ ރިހި މެޑަލް އާއި ހަތް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ދެ މުބާރާތަކަށް ރިވައިވަލް ފުރައިފި
ލައިބާއާއެކު ކިޔާންވެސް ޕޮލިޝް ބެޑްމިންޓަން ޕެސްޓިވަލަށް
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އިސްތިއުފާ ދީފި
ބީއޭއެމްގެ މައްސަލަ ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް
ކޮރަޕްޝަންގެ ތުހުމަތަށް މޫސަގެ ފިހާރަ ވެސް ރެއިޑްކޮށްފި
އޭސީސީން ބަލަނީ ބީއޭއެމްގެ އިންތިހާބާ ގުޅޭ ކޮރަޕްޝަން
އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ