Roadha Mihaaru
ދީނީ ޗެނަލް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދީނީ ޗެނަލް އުފައްދަން ޕީއެސްއެމާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި

30 ނޮވެމްބަރ 2016

ދީނީ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް "ދީނީ ޗެނަލް" ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދީނީ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް "ދީނީ ޗެނަލް" ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީ އާއި ޕީއެސްއެމްގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީވީ ޗެނަލެއް އުފައްދަން ނިންމީ ދީނާ ބެހޭ މައުލޫމާތު ފޯރުކޮށް، ފަސޭހައިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. މި މަސައްކަތުގެ ދަށުން ރޭޑިއޯ ޗެނަލަކާއި ޓީވީ ޗެނަލެއް އުފެދިގެން ދާނެ އެވެ.

މީގެ އިތުރުން ރޭޑިއޯ ޗެނަލް ފަށާއިރު، މާލެ ކައިރި ސަރަހައްދަށް ސިގްނަލް ދޫކުރަން ޖެހެ އެވެ. އަދި މަރުހަލާތަކަށް ބަހާލައިގެން ރާއްޖެއަށް ސިގްނަލް ދޫކުރުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. ޗެނަލުން ބައެއް މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކާއި ދީނީ ދަރުސްތައް ލައިވްކޮށް ދުރަށް ފޮނުވަން ޖެހެ އެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މި ޗެނަލް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ދީނާ ގުޅުން ހުރި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. މި ޗެނަލް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގެ ސާފު ފިކުރު ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޒިޔާދެވެ. ޕީއެސްއެމުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.