Roadha Mihaaru
އެމްއޭސީއެލްގެ ރޯދަ ހަދިޔާއަށް އެޕްލިކޭޝަނެއް

އެމްއޭސީއެލްގެ ރޯދަ ހަދިޔާ އަށް އެޕްލިކޭޝަނެއް

16 މެއި 2018

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި ރޯދަ މަހާ ގުޅުވައިގެން ދީނީ ގިނަ މައުލޫމާތުތައް ލިބޭ އެޕްލިކޭޝަނެއް އިއްޔެ ލޯންޗްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި ރޯދަ މަހާ ގުޅުވައިގެން ދީނީ ގިނަ މައުލޫމާތުތައް ލިބޭ އެޕްލިކޭޝަނެއް އިއްޔެ ލޯންޗްކޮށްފި އެވެ.

"އެމްއޭސީއެލް ރޯދަ ހަދިޔާ" ނަމުގައި ހަދާފައިވާ އެ އެޕްލިކޭޝަން ލޯންޗު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އެމްއޭސީއެލްގެ އައިޓީ ޑިޕާޓްމަންޓުން ހަދާފައިވާ އެ އެޕްލިކޭޝަން މެދުވެރިކޮށް، ދިވެހި ޝެއިހުން ދެއްވާފައިވާ ދަރުސްތަކާއި ދިވެހި މަދަހަތައް އަޑު އަހާލެވެ އެވެ. އޭގެ އިތުރުން ކީރިތި ރަސޫލާގެ ސިއަރަތާއި އެކިއެކި ދުއާތަކުގެ އިތުރުން ދުނިޔޭގެ ފާހަގަކޮށްލެވޭ ގާރީން ކިޔަވާ ވިދާޅުވެފައިވާ ކީރިތި ގުރުއާން އަޑު އަހާލެވެ އެވެ. އަދި ނަމާދު ވަގުތުތަކާއި މާލޭގައި ބާއްވާ ދަރުސްތަކުގެ ވަގުތާއި ދަރުސް ދެއްވާ ބޭފުޅުންގެ މައުލޫމާތުވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެ އެވެ.

އެމްއޭސީއެލްއިން އެޕްލިކޭޝަން ލޯންޗްކުރުން--

އެމްއޭސީއެލްއިން ބުނީ އެ އެޕްލިކޭޝަންގައި ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބާއްވާ ދީނީ ސުވާލު މުބާރާތަކުން އެއްވަނަ އަށް ދާ މުވައްޒަފަކަށް ވެސް އުމްރާ ދަތުރެއް ދިނުމަށް އެކުންފުނިން ވަނީ ނިންމައިފަ އެވެ.