08 ސެޕްޓެމްބަރ 2021
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑަށް ނެގި، ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ސްކޮޑުން ބާކީ ކޮށްފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑަށް ނެގި، ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ސްކޮޑުން ބާކީ ކޮށްފި އެވެ.
އޭގެ އިތުރުން ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު އަޖްފާން އާއި މުހައްމަދު ސާއިފް ވެސް ވަނީ ސްކޮޑުން އުނި ކޮށްފަ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ޑިފެންޑަރަކަށް ނެގީ، ދަ ގްރާންޑޭގެ ގާސިމް ސަމާމް (ސައްމެ) އެވެ. އުފަން ރަށް އދ. މަހިބަދޫގައި ހުރި ސައްމެ ވަނީ މާލެ އަށް އައިސް ގައުމީ ޓީމުގެ ޕްރެކްޓިހުގައި އިއްޔެ ބައިވެރިވެފަ އެވެ.
ސައްމެ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ ކުރީގެ ކޯޗް ރިކީ ހާބަޓްގެ ކޯޗު ކަމުގައި 2016 ގަ އެވެ. އެ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕުގައި ސައްމެ ކުޅުނެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް އޭނާ ކުޅުނެވެ.
އޭއެފްސީ ކަޕުގައި އީގަލްސް އާއި މާޒިޔާ އަށް ކުޅުނު މިޑްފީލްޑަރު ބަކާ އާއި އިރޭގެ އިތުރުން އީގަލްސްގެ އަނެއް މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ވެސް ގަތަރަށްދާ ސްކޮޑްގައި ހިމަނައިފައެއް ނުވެ އެވެ.
އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ފަސް ޓީމެވެ. މުބާރާތް ކުރިއަށް ދާނީ، ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތަށް ތައްޔާރުވުމަށް އިންޑިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިން ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.
ބަންގްލަދޭޝް އިން ވަނީ ކިރިގިސްތާންގައި ކުރިއަށްދާ ތިން ގައުމު ބައިވެރިވާ މުބާރާތެއްގައި ވާދަކުރަމުންނެވެ. ފަލަސްތީނާއި ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ނޭޕާލުން ވަނީ އިންޑިއާ އެކު ސީރީޒް ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ދެ ވަނަ މެޗު އިންޑިއާ ކާމިޔާބު ކުރި އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ އިން ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 12 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.
ގައުމީ ކޯޗު އަލީ ސުޒޭން ބުނެފައި ވަނީ މުބާރާތުގެ ޝެޑިއުލް އޮތް ގޮތުން ޓީމަކަށް އޭގެ ފައިދާ ކުރާނަމަ އެންމެ ބޮޑަށް އޭގެ ފައިދާ ކުރާނީ ރާއްޖެ އަށް ކަމަށެވެ. މި މުބާރާތުގައި އެންމެ ވާދަވެރި ތިން ޓީމަކަށް ވާނީ ރާއްޖެ، ބަންގްލަދޭޝް އަދި އިންޑިއާ ކަމަށް ސުޒޭން ބުނެފައިވެ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅެން އޮތުމަކީ ވެސް ރާއްޖެ އަށް ރަނގަޅެއް ކަމަށް ސުޒޭން ފާހަގަކުރި އެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް