Roadha Mihaaru
ޑެ ނީރޯގެ އުއްމީދު: ސްކޯސެސީ އާއި ލިއޮނާޑޯގެ ފިލްމެއް

ސްކޯސެސީ އާއި ލިއޮނާޑޯއާ އެކު މަސައްކަތްކޮށްލަން ޑެ ނީރޯ ކެތްމަދުވެފައި

01 ޑިސެމްބަރ 2016

ޑައިރެކްޓަރު މާޓިން ސްކޮސިސް އާއި އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުން ކަމަށް އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ އެކްޓަރު ރޮބަޓް ޑެ ނީރޯ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު މާޓިން ސްކޮސިސް އާއި އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުން ކަމަށް އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ އެކްޓަރު ރޮބަޓް ޑެ ނީރޯ ބުނެފި އެވެ.

އޭނާ ބުނާ ގޮތުގައި އޭނާ މިހާރު ހުރީ އެފަދަ ފުރުސަތަކަށް އިންތިޒާރުކޮށްގެންނެވެ.

ސްކޮސިސްގެ "ގުޑްފެލާސް"، "ޓެކްސީ ޑްރައިވާ" އަދި "ރޭޖިން ބުލް" ފަދަ ފިލްމުތައް ކުޅެފައިވާ 73 އަހަރުގެ އެކްޓަރު ބުނީ ގޭންގްސް އޮފް ނިއު ޔޯކް (2002) އާއި "ޑިޕާޓެޑް" (2006) ގައި ލިއޮނާޑޯ އާއި ސްކޮސިސްއާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށެވެ.

ނަމަވެސް އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމުން އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވީ ކަމަށް ބުންޏެވެ.

"ޑައިރެކްޓަރެއްގެ ގޮތުގައި ސްކޮސިސް ވަރެއް ނެތް. އަހަންނަކީ އޭނާގެ ސިނަމާ އަށް ވަރަށް ލޯބި ކުރާ އަދި އޭނާއާ އެކު އަބަދުވެސް މަސައްކަތް ކުރަން ވަރަށް ޝައުގުވެރިވާ މީހެއް. އަހަންނެކޭ އެއްގޮތަށް ލިއޮނާޑޯ ވެސް ވަނީ ސްކޮސިސްއާ އެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައި. އެއީ ވަރަށް އުފާވާ ކަމެއް،" ޑެ ނީރޯ ބުންޏެވެ.

"އަހަރެން މި ހުންނަނީ އެ ދެ މީހުންނާ އެކުގައި އެއް ފިލްމެއްގައި މަސައްކަތްކޮށްލަން އަލުން ފުރުސަތެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި. އެކަމަށް ކެތްމަދުވެފައި."

ރޮބަޓް ޑެ ނީރޯ (މެދުގައި) ލިއޮނާޑޯ އާއި މާޓިން ސްކޮސިސްއާ އެކު.

ރޮބަޓް ޑެ ނީރޯ (މެދުގައި) ލިއޮނާޑޯ އާއި މާޓިން ސްކޮސިސްއާ އެކު.

"ޓައިޓޭނިކް" އިން ވިދާލި ލިއޮނާޑޯއާ އެކު ޑެ ނީރޯ މީގެ ކުރިން ވަނީ މާވިންސް ރޫމް (1996) އާއި މިދިޔަ އަހަރު ސްކޮސިސް ގެނެސް ދިން ކުރު ފިލްމު "ދި އޮޑިޝަން" ގައި ބައިވެރިވެފަ އެވެ.

އޭގެ ފަހުން އެފަދަ ފުރުސަތެއް ނުލިބުނު ނަމަވެސް ޑެ ނީރޯ މިހާރު އަންނަނީ އަނެއްކާވެސް ސްކޮސިސްގެ ފިލްމަކަށް ތައްޔާރުވަމުންނެވެ.

އެ ފިލްމުގައި އޭނާއާ އެކު އަލް ޕަސީނޯ އާއި ޖޮއޭ ޕެސްކީ ވެސް ތަފާތު ބައިތައް އަދާކުރެ އެވެ.