Roadha Mihaaru
އާ ވައްތަރެއްގެ ގަހަކަށް ލިއޮނާޑޯގެ ނަން

އާ ވައްތަރެއްގެ ގަހަކަށް ލިއޮނާޑޯގެ ނަން ދީފި

09 ޖެނުއަރީ 2022

ޖަންގަލިތަކުގެ ހިމާޔަތާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލާއި، ހާއްސަ މަސައްކަތްތަކެއް ކުރާ، ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯގެ ނަމާ ގުޅުވައިގެން އާ ވައްތަރެއްގެ ގަހަކަށް ނަން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަންގަލިތަކުގެ ހިމާޔަތާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލާއި، ހާއްސަ މަސައްކަތްތަކެއް ކުރާ، ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯގެ ނަމާ ގުޅުވައިގެން އާ ވައްތަރެއްގެ ގަހަކަށް ނަން ދީފި އެވެ.

"ޓައިޓޭނިކް" ކުޅެގެން މަޝްހޫރުވި އެކްޓަރުގެ ނަމާ ގުޅުވައިގެން ނަން ދިނީ ކެމެރޫންގެ އެބޯ ފޮރެސްޓުން ފެނުނު އާ ބާވަތެއްގެ ގަހަކަށެވެ. އޭގެ ސައިންޓިފިކް ނަމަކަށް ރޯޔަލް ބޮޓޭނިކް ގާޑެންސް ކިޔާއިރު، ލިއޮނާޑޯގެ ނަމާ ގުޅުވައިގެން މިއަށް އާންމު ނަމެއްގެ ގޮތުގައި ކިޔަނީ "ޔުވެރިއޯޕްސިސް ޑިކެޕްރިއޯ" އެވެ.

މިކަމާ ބެހޭ ގޮތުން، މި ނަންދިން އިނގިރޭސިވިލާތުގެ ތިމާވެށީގެ މިނިސްޓްރީން ހިންގާ ޑިޕާޓްމަންޓެއް ކަމަށްވާ ކިއުގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މާޓިން ޗީކް ވިދާޅުވި ގޮތުގައި ލިއޮނާޑޯ ނަމާ ގުޅުވައިގެން ގަހަކަން ނަން ދިނުމަކީ މި ވަގުތު އޭނާ ތިމާވެށީގެ ހިމާޔަތަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރުން މުހިންމު ކަމެއް ކަމަށެވެ.

"ހާއްސަަކޮށް ޖަންގަލިތަކުން ގަސްތައް ކަނޑާލުން ފަދަ މައްސަލަތަކާ ދެކޮޅަށް ލިއޮނާޑޯ އަކީ މިހާރު ވަރަށް ފުޅާކޮށް ކެމްޕޭންކުރަމުން އަންނަ އަދި ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކާ ދެކޮޅަށް ވަކާލާތުކުރާ މީހެއް،" އޭނާ ވިދާޅުވި އެވެ. "އެގޮތުން ދެހާސް ވިހީގައި އެބޯ ފޮރެސްޓަށް ހާއްސަ ކެމްޕޭނެއް އޭނާ ވަރަށް ފުޅާކޮށް ކުރިއަށް ގެންދިޔަ."

ލިއޮނާޑޯގެ ނަމާ ގުޅުވައިގެން އާ ބާވަތެއްގެ ގަހަކަށް ނަން ދިން އިރު، މިއީ ކިއުގެ ސައިންސްވެރިން މި އަހަރު މިފަދަ ގޮތަަކަށް ނަމެއް ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ އާ އަހަރާ އެކު ލިއޮނާޑޯ އަށް މި ލިބުނީ ވަރަށް ހާއްސަ ޝަރަފެކެވެ. މި ގަހާ ބެހޭ މައުލޫމާތު ޕިއާ ޖޭ ޖާނަލްގައި ހިމަނާފައިވެ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި ކެމެރޫން ފޮރެސްޓުން ފެނުނު "ޔުވެރިއޯޕްސިސް ޑިކެޕްރިއޯ" އަކީ މިހާރު ވެސް ދުނިޔެއިން އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު އޮތް ބާވަތެކެވެ. އެވްރެޖްކޮށް ހަތަރު މީޓަރަށް (13.12 ފޫޓް) އަށް ދިގުވާ މި ގަހަކީ 15 ސެންޓިމީޓަރުގެ ދިގުފަތްތަކެއް އެކުލެވޭ އަދި ގަހުގެ ބުޑުގައި މަޑު ރީނދޫ ކުލައެއްގެ މާތަކެއް ވެސް ނަގާ ގަހެކެވެ.