27 މާޗް 2024
މީގެ 26 އަހަރު ކުރިން ނެރުނު ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޓައިޓޭނިކް"ގައި ރޯޒް ސަލާމަތްކޮށްދިން ލަކުޑި ދޮރު 700،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.
މީގެ 26 އަހަރު ކުރިން ނެރުނު ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޓައިޓޭނިކް"ގައި ރޯޒް ސަލާމަތްކޮށްދިން ލަކުޑި ދޮރު 700،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.
ހޮލީވުޑް ރިޕޯޓާގައި ބުނި ގޮތުގައި، އެ ދޮރު ނީލަމުގައި ވިއްކާލީ އެމެރިކާގެ އޮކްޝަން ހައުސްއެއް ކަމަށްވާ ހެރިޓޭޖް އޮކްޝަންސް އިން މި ހަފުތާގައި ބޭއްވި އިވެންޓެއްގަ އެވެ. އެ ދޮރު ވިއްކާލީ 718,750 ޑޮލަރު (11.1 މިލިއަން ރުފިޔާ) އަށެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފައިވާ ގޮތުގައި، އެއީ ޓައިޓޭނިކްގެ ފަސްޓް ކުލާސް ލައުންޖަށް ވަންނަ ދޮރު އަސްލަކަށް ބަލައިގެން ހަދާފައިވާ ދޮރެކެވެ.
"ޓައިޓޭނިކް"ގައި ރޯޒް ސަލާމަތްކޮށްދިން ލަކުޑި ދޮރުގެ މަންޒަރު ނެގިއިރު ކޭޓް އަދި ލިއޮނާޑޯއާ އެކު އެ ފިލްމުގެ ޑައިރެކްޓަރު ކެމެރަން.
ލަކުޑި ދޮރުގެ އިތުރުން އެ މަންޒަރުގައި ރޯޒް ލައިގެން ހުރި ޝިފޯން ފޮތީގެ ހެދުން ވެސް ވަނީ 125،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) އަށް ވިއްކާލައިފަ އެވެ.
އެ ލަކުޑި ދޮރަކީ ޓައިޓޭނިކް ބިންދައިގެން ގޮސް އެ ބޯޓު ކަނޑަށް ފެތުނުއިރު ރޯޒްގެ ރޯލު ކުޅުނު ހޮލީވުޑްގެ ތަރި ކޭޓް ވިންސްލެޓް ސަލާމަތްވުމަށް އަރާ އޮތް ދޮރެވެ. ރޯޒް އެ ދޮރު މައްޗަށް އަރުވައި އޭނާގެ ލޯބިވެރިޔާ ޖެކް ނުވަތަ އެ ރޯލު ކުޅުނު ލިއޮނާޑޯ ޑިކެޕްރިއޯ އޮތީ އޭގައި ދެއަތް އަޅުވާލައިގެން ކަނޑުމަތީގަ އެވެ. އެހެން ފިނީގައި އޮވެ ޖެކް މަރުވަނީ އެވެ.
މި ދޮރާ ގުޅިގެން ފޭނުންގެ މެދުގައި ވެސް ވަރަށް ބޮޑު ބަހުސެއް ހިނގި އެވެ. ބަހުސަކަށް ވީ ދެމީހުންނަށް އެރެވޭނެ ޖާގަ އެ ދޮރުގައި އޮތަސް ޖެކް އޭގެ މައްޗަށް ނޭރީ ކީއްވެތޯ އެވެ. އެހެން ނޫން ނަމަ އޭނާ މަރުނުވެ ސަލާމަތްވީހެވެ.
އެ ބަހުސް ބޮޑުވެ ކެމެރަން ވަނީ އެކަން އެގޮތަށް ނުވާނެކަން ސާބިތުކޮށްދިނުމަށް ސައިންސްވެރިންނާއި ސްޓަންޓްމޭންގެ ޓީމަކާ އެކު މިދިޔަ އަހަރު ޓެސްޓެއް ވެސް ހަދައިފަ އެވެ.
"ޓައިޓޭނިކް" އަކީ އަދިވެސް ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ. ކެމެރަން 1997 ވަނަ އަހަރު ނެރުނު މި ފިލްމަށް 11 އޮސްކާ އެވޯޑް ލިބުނެވެ. އަދި އެ ފިލްމަކީ ދުނިޔޭގެ ބޮކްސް އޮފީހުގައި އާމްދަނީ ބިލިއަނަކަށް އެރި ފުރަތަމަ ފިލްމެވެ.
ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ
"ދަ ސިކްސް" އަކީ ޓައިޓޭނިކްގެ ސޮފުހާތަކެއް
ޓައިޓެނިކް ދޫކޮށްލެވުނީތީ ދެރައެއް ނުވޭ: ކްލެއާ ޑޭންސް
"ޓައިޓޭނިކް" ކުޅެން ލިއޮނާޑޯ އަށް ހިތްވަރު ދިނިން: ޕޯލް
އުޖޫރައިގެ ފަރަގު ލޯރެންސަށް މައްސަލައެއް ނޫން
ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު
ޑައިރެކްޓަރު ޓެރަންޓީނޯ ދެ ފޮތެއް ނެރެނީ
ޑައިރެކްޝަނަށް ޝައުގު އެބަހުރި: ކޭޓް ވިންސްލެޓް