30 މާޗް 2021
ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އަޑިޔަށް ދިޔަ ޓައިޓޭނިކްގެ ވާހަކަ އަކީ އަސަރުން ފުރިގެންވާ ވާހަކައެކެވެ. އެތައް ބައެއްގެ ފުރާނަ ވެސް، 1912 ގައި ގެއްލުނު މި ހާދިސާ ފަހުގެ ޖީލަށް އެންމެ ރީތިކޮށް ސިފަކޮށްދީފައި ވަނީ ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮން 1997 ގައި ގެނެސްދިން ފިލްމު "ޓައިޓޭނިކް" އިންނެވެ.
ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އަޑިޔަށް ދިޔަ ޓައިޓޭނިކްގެ ވާހަކަ އަކީ އަސަރުން ފުރިގެންވާ ވާހަކައެކެވެ. އެތައް ބައެއްގެ ފުރާނަ ވެސް، 1912 ގައި ގެއްލުނު މި ހާދިސާ ފަހުގެ ޖީލަށް އެންމެ ރީތިކޮށް ސިފަކޮށްދީފައި ވަނީ ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮން 1997 ގައި ގެނެސްދިން ފިލްމު "ޓައިޓޭނިކް" އިންނެވެ.
ޓައިޓޭނިކް ހާދިސާގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ފައްތާލައިގެން އޭނާ ގެނެސްދިން އެ ފިލްމަކީ ދުނިޔޭގައި މިހާތަނަށް ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް ވެސް އޮތް ފިލްމެވެ. ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓް ލީޑް ރޯލު ކުޅުނު "ޓައިޓޭނިކް" ފީޗާ ފިލްމާ ހަމައިން ކެމެރޮންގެ މަސައްކަތް ނުހުއްޓެ އެވެ. އޭނާ މިހާރު ތައްޔާރުވަނީ އަނެއްކާ ވެސް އެހެން އެންގެލަކުން ޓައިޓޭނިކް ވާހަކަ ކިޔައިދޭށެވެ.
މި ފަހަރު ގެނެސްދެނީ "ދަ ސިކްސް: ދި އަންޓޯލްޑް ސްޓޯރީ އޮފް އާރްއެމްސް ޓައިޓޭނިކްސް ޗައިނީޒް ޕެސެންޖާޒް" ކިޔާ 97 މިނިޓްގެ ޑޮކިއުމަންޓަރީއެކެވެ.
'How come no one has mentioned about these six Chinese survivors from the Titanic?' Thanks @H_onfilm for this thought provoking first review of #TheSix documentary https://t.co/HjWVs4BN8u
— The Six 六人 (@thesixfilm) March 28, 2021
ކެމަރޮން އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ ޓައިޓޭނިކުން ސަލާމަތްވި ޗައިނާގެ ދަތުރުވެރިންތަކެއްގެ ނަޒަރިއްޔާތުން ގެނެސްދޭ އެއްޗެކެވެ. ޓޮމް ފޮންގް އާއި ސްޓީވެން ޝްވަންކާޓް މުހިއްމު ރޯލްތަކުން ފެންނާނެ "ދަ ސިކްސް" އަކީ ކުރީގެ "ޓައިޓޭނިކް" ގޮތަށް އަސަރުން ފުރިގެންވާ ވާހަކައެއް ފެނިގެންދާ ފިލްމެކެވެ. މީގެ މައިގަނޑަކީ ޓައިނޭކުން ސަލަމާތްވި ޗައިނާގެ ހަ މީހަކަށް ކުރިމަތިވި ނަސްލީ ތަފާތުކުރުންތަކާއި އެހެން ގައުމަކަށް ހިޖުރަކޮށްފައިވާ ބަޔަކަށް ދިމާވި ހިތްދަތިކަމުގެ ވާހަކަ އެވެ.
އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ގެންނަ "ދަ ސިކްސް" ލިޔެ، ޑައިރެކްޓްރީ އާތާ ޖޯންސެވެ. އޭނާ އަކީ ކުރިން ވެސް މަގުބޫލު ޑޮކިއުމަންޓަރީތަކެއް ގެނެސްދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 2013 ގެ "ދަ ޕޮޒީޑަން ޕްރޮޖެކްޓް" އާއި 2006 ގެ "އަ ފެއާވެލް ސޯންގް" ހިމެނެ އެވެ.
What a lovely gentleman @JoeWongComedy is! Two days in the recording studio working on a new series for tv, and he was sweet enough to record a very supportive message for the cinema release of our new doc @thesixfilm. Thanks Joe! pic.twitter.com/PLr27Oq2pT
— Arthur Jones (@arthurjones) March 21, 2021
އަންނަ މަހުގެ 16 ގައި "ދަ ސިކްސް" ނެރެން ނިންމީ އެ މަހުގެ 14 އަކީ ޓައިޓޭނިކްގެ ހިތާމަވެރި ހާދިސާ ހިނގިތާ 109 އަހަރު ފުރޭ ދުވަހަށްވާތީ އެކަމާ ވެސް ގުޅުވައިގެންނެވެ. ބޯޓް މެދުން ދެބުރިވެ އެޓްލާންޓިކް ކަނޑަށް ޓައިޓޭނިކް ފެތުނީ އިނގިރޭސިވިލާތުގެ ސަދަންޓަމުން ފުރައިގެން އެމެރިކާގެ ނިއު ޔޯކަށް އެޕްރީލް 14، 1912 ގައި ކުރި އަލަތު ދަތުރުގަ އެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ހަ އަހަރު ކުރި އެވެ.
ޑައިރެކްޓަރު ބުނީ ޓައިޓޭނިކުން ސަލާމަތްވި ޗައިނާގެ ބައެއްގެ ވާހަކަ ކިޔައިދޭން ނިންމީ އެ މީހުންގެ ވާހަކަ އެ ހާދިސާގެ ތާރީހުގެ ސޮފުހާތަކުން ގެއްލުވާލާފައިވާތީ ކަމަށެވެ. އެކަމަކު އެ މީހުންގެ ވާހަކައާ ނުލައި ޓައިޓޭނިކްގެ އަސްލު ވާހަކަ ފުރިހަމަ ނުވާނެ ބުންޏެވެ.
"މި ފިލްމު ގެނެސްދިނުމުގައި ސިޔާސީ އެއްވެސް އެޖެންޑާއެއް ނެތް. އަހަރެމެންގެ މަގުސަދަކީ ތާރީހުގެ ސޮފުހާތަކެއް ތިލަކޮށް ދިނުން." ޖޯންސް ބުންޏެވެ.
Check out the new theatrical trailer for #TheSix, the incredible untold story of Titanic's Chinese passengers. Coming to cinemas nationwide in Mainland China on April 16th. pic.twitter.com/DQb5lx9FEx
— The Six 六人 (@thesixfilm) March 23, 2021
އޭނާ ބުނި ގޮތުގައި "ދަ ސިކްސް" ސިނަމާތަކަށް މި ގެނެވެނީ އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގަ އެވެ. އެހެންވެ ހާއްސަކޮށް ފިލްމަށް ފަންޑްކޮށްދިން މީހުންނާއި ޑިސްޓްރިބިއުޝަނުގައި ހިއްސާވާ ފަރާތްތަކަށް ޝުކުރު އަދާކުރި އެވެ.
"އަހަންނަށް ވަރަށް ޔަގީންކުރެވޭ މިއީ ކެމެރޮންގެ ޓައިޓޭނިކުން ގެނެސްދިން ކަހަލަ އިހުސާސްތަކެއް ގެނެސްދޭނެ އެއްޗެއް ކަމަށް. އަސްލު މި ވާހަކައާ އެކު ޓައިޓޭނިކްގެ ވާހަކަ އަށް ފުރިހަމަކަން އަންނާނީ." ޖޯންސް ބުންޏެވެ.
ފިލްމުގެ ޓީމުން ބުނި ގޮތުގައި އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ "ދަ ސިކްސް" އަށް ކެމެރޮންގެ އެހީ އާއި ހިއްސާލިބުމެވެ.
"އޭނަ ވަރަށް ބިޒީކޮށް އެވެޓާގެ ސީކްއެލްތަކުގެ މަސައްކަތުގައި އުޅެމުން ވެސް އަހަރެމެންގެ ފިލްމާ ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް." ސްޓީވެން ބުންޏެވެ.
"ދަ ސިކްސް" އާ ބެހޭ ގޮތުން ކެމެރޮން ބުނީ ޓައިޓޭނިކާ ގުޅުވައިގެން ކުރިން ނުދެކެވޭ ބައެއްގެ ވާހަކަ ސްކްރީނާ ހަމައަށް އައުމަކީ އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެނެސްދެނީ އޭގެ މަސައްކަތް ފެށިތާ ފަސް ވަރަކަށް އަހަރު ފަހުންނެވެ. "ދަ ސިކްސް" މިހާތަނަށް އެކިއެކި ފެސްޓިވަލްތަކުގައި ޕްރިމިއާކޮށްގެން ކްރިޓިކުންގެ ލޯބި ވެސް ހޯދާފައިވެ އެވެ.
ޓައިޓެނިކް ދޫކޮށްލެވުނީތީ ދެރައެއް ނުވޭ: ކްލެއާ ޑޭންސް
"ޓައިޓޭނިކް" ކުޅެން ލިއޮނާޑޯ އަށް ހިތްވަރު ދިނިން: ޕޯލް
ރޯޒް ސަލާމަތްކޮށްދިން ދޮރު 700،000 ޑޮލަރަށް
ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
ކޭޓްގެ އަންހެން ދަރިފުޅު ވެސް ފިލްމު ކުޅެނީ
އާމްދަނީ ރޭހުގެ ކުރި އަލުން "އެވެޓާ" އަށް
ނޭވާ ނުލައި ހަތް މިނެޓް އޮވެ ވިންސްލެޓަށް ރެކޯޑެއް
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން