Roadha Mihaaru
"ފްލައިޓުތަކަށް ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދެވޭނެ"

ރާއްޖެ އިން ފުރާ ފްލައިޓުތަކަށް ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދެވޭނެ: އެމްއޭސީއެލް

02 ސެޕްޓެމްބަރ 2021

ޖެޓް ފިއުލް ސްޓޮކް ގެނައުމުގައި ލައްސަތަކެއް ދިމާވި ނަމަވެސް، ރާއްޖެ އިން ފުރާ މަތިންދާބޯޓުތަކަށް ބޭނުންވާ ވަަރަށް ތެޔޮ ލިބޭނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޖެޓް ފިއުލް ސްޓޮކް ގެނައުމުގައި ލައްސަތަކެއް ދިމާވި ނަމަވެސް، ރާއްޖެ އިން ފުރާ މަތިންދާބޯޓުތަކަށް ބޭނުންވާ ވަަރަށް ތެޔޮ ލިބޭނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ، ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުން، ތެޔޮ ވިއްކާ އަގު ބޮޑުކުރަން އެމްއޭސީއެލުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުންނެވެ.

ނަމަވެސް ތެލުގެ އަގަށް ބަދަލު އައުމާއި ތެލުގެ ޝިޕްމެންޓް ލިބުން ލަސްވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ބުނިގޮތުގައި، ތެލުގެ އެންމެ ފަހުގެ ޝިޕްމެންޓް ރާއްޖެ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި އެވެ. މިފަދަ ހާލަތަކަށް ތައްޔާރުވުމަށް ތެޔޮ ރައްކާ ކޮށްފައި ހުންނަ ކަން ފާހަގަކޮށް، އެމްއޭސީއެލުން ބުނީ ރާއްޖޭން ހިދުމަތް ދޭ ބޯޓުތަކަށް ބޭނުންވާ ވަރަށް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ތެޔޮ ނުލިބި އެއާޕޯޓުގެ އޮޕަރޭޝަނަށް ދަތިވިޔަ ނުދޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެ އެވެ.