25 ޖުލައި 2018
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް އޮގަސްޓް 30 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގެ މަސައްކަތް އޮގަސްޓް 30 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ހަދާ ރަންވޭގެ ނުނިމި އޮތީ ހަމައެކަނި މެދު ބައި އެކަންޏެވެ. މެދު ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެ ތަނުގައި ހުރި ޓީއެމްއޭގެ ސީޕްލޭން ހެނގަރު އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވިގެންނެވެ. ރަންވޭ މެދުގައި ހުރި ހެނގަރު ބަދަލުކުރަން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކައިރީގައި ހަދާ ހެނގަރުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އަންނަ ހަފުތާ ތެރޭގައި އާ ހެނގަރަށް ބަދަލު ކުރެވޭނެ ކަމަށް ލަފާ ކުރެ އެވެ.
ރަންވޭގެ މެދުގައި ނުނިމި އޮތް ބައިގައި އަޅާ ސިމެންތި އާއި ހިލަވެލީގެ ފަށަލައިގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ރަންވޭގެ ނުނިމި އޮތް ބައިގެ މަސައްކަތް ކުރިޔަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"މިހާރު ވެސް ރަންވޭގެ މަސައްކަތް ހުއްޓުމެއް ނެތި 24 ގަޑިއިރު ކުރަމުން ދަނީ. މެދު ބައި ނިމޭ އިރު އާ ރަންވޭ އާއި މިހާރު ބޭނުންކުރާ ރަންވޭ ގުޅާލައި ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް އޮގަސްޓް 30ގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓް ޖައްސަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައިވަރު ޓެސްޓް ފްލައިޓްތައް ޖެއްސުމަށް ފަހު ރަންވޭ ހުޅުވާލާނީ. ރަންވޭ ހުޅުވާނެ ދުވަހެއް އަދި ކަނޑައެއް ނާޅާ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ، އެ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅާ މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.
އެއާބަސް އޭ 380ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ރަންވޭ ހެދި ނަމަވެސް މިހާތަނަށް އެއްވެސް އެއާލައިނަކުން އެ ބޯޓު ޖައްސަން އެ ކުންފުންޏަށް އަންގާފައި ނެތް ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
"މި އަހަރުގެ ސީޒަންގައި އޭ 380 ޖައްސަން އަދި އެއާލައިނަކުން އަންގާފައެއް ނެތް. ނަމަވެސް ސިވިލް އޭވިއޭޝަނަށް އެނގިފައި އޮވެދާނެ. މި ކުންފުންޏަށް އަދި އެއްވެސް އެއާލައިނަކުން ނާންގާ އޭ 380 ޖައްސަން ބޭނުންވެގެން،" އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!
ބާ ރަންވޭ އަށް އަލްވަދާއު ކީ ޓާކިޝް އެއާލައިން
އާ ރަންވޭއާ އެކު މުޅި މަންޒަރު ބަދަލުވާނެ!
ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާ ރަންވޭ އޮކްޓޫބަރުގައި ބޭނުން ކުރަން ފަށަނީ
އާ ރަންވޭ ނުހުޅުވާ މައްސަލަ މަޖިލީހުން ބަލަނީ
އާ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީ