Roadha Mihaaru
ބާ ރަންވޭ އަށް އަލްވަދާއު ކީ ޓާކިޝް އެއާލައިން

ބާ ރަންވޭ އަށް އަލްވަދާއު ކީ ޓާކިޝް އެއާލައިންގެ ފްލައިޓެއް

06 އޮކްޓޯބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރޭ 11:07 ގައި ފުރި ޓާކިޝް އެއާލައިނަށް އަލްވަދާއު ކިޔަން، އެ ވަގުތު އެއާޕޯޓުގައި ތިބި މުވައްޒަފުންތަކެއް ނުކުތީ އެއީ ތާރީހީ ފްލައިޓަކަށް ވާތީ އެވެ. އެންމެ ފަހުގެ އަލްވަދާއު ކިޔުން އެއާޕޯޓުގެ 56 އަހަރުގެ ދިގު ތާރީހުގައި ލިޔެލާށެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރޭ 11:07 ގައި ފުރި ޓާކިޝް އެއާލައިނަށް އަލްވަދާއު ކިޔަން، އެ ވަގުތު އެއާޕޯޓުގައި ތިބި މުވައްޒަފުންތަކެއް ނުކުތީ އެއީ ތާރީހީ ފްލައިޓަކަށް ވާތީ އެވެ. އެންމެ ފަހުގެ އަލްވަދާއު ކިޔުން އެއާޕޯޓުގެ 56 އަހަރުގެ ދިގު ތާރީހުގައި ލިޔެލާށެވެ.

ރޭގެ 11:07 އާ ހަމައަށް ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން އެންމެ ފަހުން ފުރި ފްލައިޓަށް އެމްއޭސީއެލްގެ މުވައްޒަފުން އަލްވަދާއު ކިޔަނީ.

ރޭގެ 11:07 އާ ހަމައަށް ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން އެންމެ ފަހުން ފުރި ފްލައިޓަށް އެމްއޭސީއެލްގެ މުވައްޒަފުން އަލްވަދާއު ކިޔަނީ.

ޓާކިޝް އެއާލައިންގެ އެ ބޯޓު (TK731) ތާރީހުގެ ތެރެއަށް ވަނީ އެއީ މިދިޔަ 41 އަހަރު ބޭނުންކުރި ވީއައިއޭގެ ރަންވޭ އިން ފުރި އެންމެ ފަހުގެ ބޯޓު ކަމަށް ވާތީ އެވެ. ފަހަކަށް އައިސް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމުގެ ބޯޓު ފުރުމާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 1981 ގައި ބޭނުންކުރަން ފެށި ރަންވޭ ބަންދުވީ އެވެ. މިއަދުން ފެށިގެން ދެން ބޭނުންކުރަނީ މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2018 ގައި ރަސްމީކޮށް ހުޅުވި ވީއައިއޭގެ އާ ރަންވޭ އެވެ.

މިދިޔަ 41 އަހަރު ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން ފުރި އެންމެ ފަހުގެ ފްލައިޓް ޓާކިޝް އެއާލައިންގެ ފްލައިޓް ކައިރީގައި އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ފޮޓޯއެއް ނަގަނީ.

މިދިޔަ 41 އަހަރު ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން ފުރި އެންމެ ފަހުގެ ފްލައިޓް ޓާކިޝް އެއާލައިންގެ ފްލައިޓް ކައިރީގައި އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ފޮޓޯއެއް ނަގަނީ.

އެހެންވެ، ނޮވެމްބަރު 25، 2012 ގައި ރާއްޖެ އަށް ދަތުރުތައް ފެށި ޓާކިޝް އެއާލައިނަށް ކުރީގެ ރަންވޭ އިން އަލްވަދާއު ކިޔުމަށް، އެއާޕޯޓުގެ ޑިއުޓީގައި އޭރު ތިބި މުވައްޒަފުން ނުކުމެ އެކަން ފާހަގަކުރި އެވެ. ބާ ރަންވޭ އަށް ޓާޓާ ކިޔައި، ޓާކިޝް އެއާލައިންގެ ބޯޓު ފުރުމާއެކު، ރަންވޭގެ މައްޗަށް މުވައްޒަފުން އެރި އެވެ. އެ ފްލައިޓާ އެކު ފޮޓޯ ނެގި އެވެ. ބޯޓު ފުރުމާއެކު، ބާ ރަންވޭ އޮތީ ހުސްކޮށްފަ އެވެ. ޓެކްސީވޭ އަކަށް ބޭނުންކުރުމަށް ޓަކަ އެވެ.

ޓާކިޝް އެއާލައިންގެ މަތިންދާބޯޓު، ރެއާ ހަމައަށް ބޭނުންކުރި ވީއައިއޭގެ ރަންވޭ އިން ފުރަނީ.

ޓާކިޝް އެއާލައިންގެ މަތިންދާބޯޓު، ރެއާ ހަމައަށް ބޭނުންކުރި ވީއައިއޭގެ ރަންވޭ އިން ފުރަނީ.

މިއަދު ރަސްމީކޮށް ހުޅުވި އާ ރަންވޭ އަކީ 3400 މީޓަރުގެ ދިގު، 60 މީޓަރުގެ ފުޅާ ޒަމާނީ ރަންވޭއެކެވެ. އެ ރަންވޭ ބޭނުން ކުރަން ފެށުމުން ކޮންމެ ތިން މިނެޓަކުން ބޯޓެއް ކްލިއާކޮށްލެވޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ވީއައިއޭގެ ފްލައިޓް އޮޕަރޭޝަންސް އަށް ބޮޑު ބަދަލެއް އަންނާނެ އާ ރަންވޭ ރަސްމީކޮށް މިއަދު ބޭނުންކުރަން ފެށުމުގެ ގޮތުން ފުރަތަމަ ޖެއްސީ އެމިރޭޓްސްގެ މަތިންދާބޯޓެކެވެ.