01 ސެޕްޓެމްބަރ 2021
ދުނިޔެއަށް ފަހުގެ ތާރީހެއްގައި ކުރިމަތިިވި އެންމެ ބޮޑު ބަލިމަޑުކަން މިދިޔަ އަހަރު ކުރިމަތިވުމާ އެކު، އެތައް ކަމެއް ބަދަލު ވެގެންދިޔަ އެވެ. ކޮވިޑް-19 ގެ ސަބަބުން ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ބޮޑަސް، އޭގެ ސަބަބުން އައި ހެޔޮ ބަދަލުތައް މަދެއް ނޫނެވެ. ހުރިހާ މުވައްޒަފުން ގޮސްގެން އޮފީސްތައް ނުހުޅުވިޔަސް، ދައުލަތުގެ ހިދުމަތް ދެވޭނެ ކަން ގަބޫލު ކުރެވި އަދި އެތައް ހަރަދެއް ސަލާމަތް ކުރެވުނެވެ. ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ހިފައިގެން މުއައްސަސާތައް ދެމެދު އާންމު ރައްޔިތުން ކޮންމެ ދުވަހަކު ދުވަން ޖެހުނު ދުވަސް މާޒީވެ، އޮންލައިންކޮށް އެކަން ނިންމާލެވޭނެ ނިޒާމެއް ލިބުނެވެ. އެތައް ހިދުމަތެއް އޮންލައިންކޮށް ލިބެން ފެށި، އެތައް ބައެއް ޝަކުވާތަކަށް ނިމުން އައެވެ.
ދުނިޔެއަށް ފަހުގެ ތާރީހެއްގައި ކުރިމަތިިވި އެންމެ ބޮޑު ބަލިމަޑުކަން މިދިޔަ އަހަރު ކުރިމަތިވުމާ އެކު، އެތައް ކަމެއް ބަދަލު ވެގެންދިޔަ އެވެ. ކޮވިޑް-19 ގެ ސަބަބުން ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ބޮޑަސް، އޭގެ ސަބަބުން އައި ހެޔޮ ބަދަލުތައް މަދެއް ނޫނެވެ. ހުރިހާ މުވައްޒަފުން ގޮސްގެން އޮފީސްތައް ނުހުޅުވިޔަސް، ދައުލަތުގެ ހިދުމަތް ދެވޭނެ ކަން ގަބޫލު ކުރެވި އަދި އެތައް ހަރަދެއް ސަލާމަތް ކުރެވުނެވެ. ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ހިފައިގެން މުއައްސަސާތައް ދެމެދު އާންމު ރައްޔިތުން ކޮންމެ ދުވަހަކު ދުވަން ޖެހުނު ދުވަސް މާޒީވެ، އޮންލައިންކޮށް އެކަން ނިންމާލެވޭނެ ނިޒާމެއް ލިބުނެވެ. އެތައް ހިދުމަތެއް އޮންލައިންކޮށް ލިބެން ފެށި، އެތައް ބައެއް ޝަކުވާތަކަށް ނިމުން އައެވެ.
މިގޮތުން އެންމެ ބޮޑު އެއް ބަދަލު އައީ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމަށެވެ. ޒަމާންވީ ހަރުކަށި އެތައް އުސޫލުތަކެއް ދޫކޮށްލި އެވެ. ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން ފަށައި އަދި ބޮޑެތި ބައެއް ޝަރީއަތްތައް ލައިވްކޮށް ދައްކަން ފެށި އެވެ. ކޯޓުތަކަށް މީހުން ގެންދިއުމާއި އިދާރީ އިންތިޒާމްތަކަށް އެތައް ބަދަލުތަކެއް ގެނަ އެވެ. އޭރު އެ ފިޔަވަޅުތައް އެޅީ މަޖުބޫރުވެގެން ކަމަށް ވިޔަސް، އެ ބަދަލުތަކުން ލިބުނު ފަސޭހަތަކާއި ހޯދުނު ކުރިއެރުންތައް ވަރަށް ބޮޑެވެ. ސަބަބުތައް ބައިވަރެވެ.
ޝަރީއަތްތަކަށް ހާޒިރުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކަށް ވުރެ ކޯޓުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމަކީ އާންމު ކަމެކެވެ. ތާވަލް ކޮށްފައިވާ ގަޑިއަށް ޝަރީއަތް ނުފެށުމާއި އެކިއެކި އިދާރީ ސަބަބުތަކާ ހެދި ޝަރީއަތް ލަސްވުމުގެ މައްސަލަ ބޮޑުވުމުން ވަކީލުންނާއި މައްސަލަތަކުގައި ހިމެނޭ މީހުން ކޯޓުތަކުގައި ހޭދަ ކުރަންޖެހޭ ވަގުތު އިތުރުވެ، އިތުރު ދަތިތައް ކުރިމަތިވެ އެވެ. ކޯޓަށް އަންނައިރު، މުހިންމު ލިޔުމެއް ނުގެނެވިއްޖެ ނަމަ، އެކަމަށް އިތުރު ވަގުތުތަކެއް ހޭދަވެ، އެތައް ވަގުތުތަކެއް ބޭކާރު ވެގެންދެ އެވެ.
މަދަނީ މައްސަލަތަކާ ހިލާފަށް ޖިނާއީ މައްސަލަަތަކަކީ ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ މައްސަލަތަކެކެވެ. އެހެންވެ، ދައުވާލިބޭ މީހާ އަބަދުވެސް ހާޒިރު ކުރަން ލާޒިމެވެ. އެހެން ނަމަވެސް ދައުވާލިބޭ ބައެއް މީހުން ދިރިއުޅޭ ރަށާއި ވަޒީފާ އަދާކުރާ ތަނާއި ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތުން ކޯޓަށް ހާޒިރުކުރަން ދަތިވާ ފަހަރު މަދެއް ނޫނެވެ. އަދި ބަންދުގައި ތިބޭ މީހުން އެއްވެސް ސަބަބަކާ ހެދި ޖަލުން ކޯޓަށް ނުގެނެވިއްޖެ ނަމަ، ޝަރީއަތް އެ ދުވަހަކު ނުބޭއްވުނީ އެވެ.
ރަށްރަށުގެ ކޯޓުތަކުގައި ހާލަތު މާ ގޯހެވެ. މެޖިސްޓްރޭޓް ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ދައުވާލިބޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފިނަމަ، ގާނޫނު އޮތްގޮތުން އެ މީހުން ބައިތިއްބަން ޖެހެނީ މާފުށީ ޖަލު ނުވަތަ މާލޭ ޖަލުގަ އެވެ. އެހެން ނަމަވެސް ކޮންމެ އަޑުއެހުމަކަށް އެ ރަށެއްގެ ކޯޓަކަށް އެ މީހާ ގެންދަން ޖެހޭއިރު، ކުރިމަތިވަނީ ބަޖެޓްގެ ދަތިކަމެވެ. އެފަދަ އެތައް ބަޔަކު ރަށްރަށުގެ ކޯޓުތަކުގެ އަޑުއެހުންތަކަށް ނުގެންދެވިގެން އެ ކޯޓުތަކުން މައްސަލަ ބޭރުކޮށްލާފައި ވެސް އެބަހުއްޓެވެ.
އެހެން ނަމަވެސް އޮންލައިން ޝަރީއަތްތަކުގެ ސަބަބުން މި ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދިިޔަ އެވެ. ވަކީލުންނާއި ދައުވާލިބޭ މީހުން ކޮންމެ ތަނެއްގައި ތިބެގެން ވެސް ޝަރީއަތުގައި ބައިވެރިވެވޭނެ ފުރުސަތު ލިބުނެވެ. މައްސަލާގައި ހިމެނޭ މީހުން މާލޭ އަންނާކަށް ނުޖެހެ އެވެ. ބަންދުގައި ތިބޭ މީހުން ކޯޓަށް ގެންދިއުމުގެ ބަދަލުގައި އެ މީހުން ތިބި ޖަލަކާ އޮންލައިންކޮށް ގުޅާލައިގެން ޝަރީއަތް ކުރިއަށް ގެންދެވެ އެވެ. މީގެ ސަބަބުން އެތައް ވަގުތަކާއި ދައުލަތުން ކުރަންޖެހޭ ބޮޑެތި ހަރަދުތައް ސަލާމަތްވެގެން ދިޔަ އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތެއް އޮންލައިންކޮށް ކުރިއަށް ދަނީ
ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް ފިޔަވައި އެ ނޫން ބާވަތުގެ މައްސަލަތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އެވެ. ކުށަށް އިއުތިރާފްވާ މީހުން ކޯޓަށް ހާޒިރުވާ ގޮތަށް ހަމަޖައްސާފައި އޮންނަނީ އެ މީހާ ކުށަށް އިއުތިރާފް ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތިކަން ފަނޑިޔާރުން ކަށަވަރު ކުރުމަށެވެ. ކުށަށް އިއުތިރާފް ނުވާ ނަމަ، ކިތަންމެ ބޮޑު މައްސަލައެއްގެ ޝަރީއަތް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ހުރަހެއް ނެތެވެ.
މާލޭގެ ގިނަ ކޯޓުތަކުގައި އަދިވެސް ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކާއި އެ ކޮންމެހެން މީހުން ހާޒިރުކުރަން ޖެހިގެން ބާއްވާ އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މައްސަލަތަކުގައި ހިމެނޭ މީހުންނާއި ވަކީލުންގެ އިތުރުން އަޑުއެހުމަށް ހާޒިރުވާ މީހުންނަށް ވެސް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަ އެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ބޭނުންވާ މީހުން ގިނަ އެވެ.
އެކަމަކު މީގެ އަނެއްކޮޅުން ބަލާއިރު، ކޮންމެ ކޮންމެ މައްސަލައެއްގައި އޮންލައިން ކުރިއަށް ގެންދިއުމުން އިތުރު މައްސަލަތަކެއް ނިކުމެ އެވެ. މިސާލަކަށް، ކުށަށް އިއުތިރާފްވާ މީހުން އިއުތިރާފް ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތިކަން ކަށަވަރު ކުރަން ފަނޑިޔާރުންނަށް ލާޒިމް ވާއިރު، އޮންލައިން ޝަރީއަތްތަކުގައި އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި އޮންލައިން ޝަރީއަތެއް ނަމަ، ހެކިވެރިންނަށް ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ އެވެ. މިއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި ކޯޓުތަކުގެ އެހެން އިދާރީ ކަންކަމުގައި ވެސް ވަރަށް ވަކީލުންނާއި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަ އެވެ. އޭގެ ސަބަބުން ކުރީގެ އުސޫލުތައް ކޯޓުތަކުން ދޫކޮށްލުމަށް ފަހު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ޝަރީއަތާ ގުޅުންހުރި ކަންކަން ފަސޭހަކޮށް ކުރަން ފެށިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ކުރީގައި ކޯޓަށް ހާޒިރުވުމުގެ އަމުރެއް ހަވާލު ކުރަން ޖެހުނަސް، ވަކީލުން ތިބި ތަނަކަށް ގޮސްގެން އެ މީހުން ލައްވައި އޭގައި ސޮއި ކުރުވާފައި ހަވާލު ކުރެވެނީ. އެކަމަކު މިހާރު ވައިބާ ނުވަތަ ސޯޝަލް މީޑިއާ ވަސީލަތަކުން ފޮނުވާލީމަ އެކަން އެބަ ހަމަޖެހޭ. މިކަމަށް އެކަނި ބެލިޔަސް، ވަރަށް ބޮޑު ފަސޭހައެއް މިއީ. ކޮވިޑް-19 ގެ ހާލަތު ނައި ނަމަ، އެކަން އެގޮތަށް ކުރާކަށް ކޯޓުތަކުން އެއްބަހެއް ނުވީސް." ގިނަ މައްސަލަތަކެއް ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.
ހުރިހާ ޝަރީއަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން ގާނޫނީ ގޮތުން ދަތިތަކެއް ހުރެދާނެ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެގޮތުން ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށް ބުނެ ޝަރީއަތަށް ކުރިއަށް ގެންދަން ހުރަސް އެޅުމާއި ސިއްރުން ކުރިއަށް ގެންދާ ޝަރީއަތްތަކުގައި ހިނގާ ކަންކަމުގެ މައުލޫމާތު އެހެން ބަޔަކަށް އެނގުމުގެ ބިރު އޮވެދާނެ ކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ހާލަތަށް ބަލައި، އެފަދަ ކަންކަމަށް ވަކިން ފިޔަވަޅު އެޅިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އިންޓަނެޓް މައްސަލައެއް ދިމާވިއްޔޭ ކިޔާފައި އެއް ދުވަހު ޝަރީއަތަށް ހާޒިރު ނުވިޔަސް ކޯޓުން އެކަން ގަބޫލުކޮށްފާނެ. އެކަމަކު ދެތިން ފަހަރު އެކަން ތަކުރާރު ކޮށްފިއްޔާ ކޯޓުން އެކަން ގަބޫލެއް ނުކުރާނެ. އެހެންވީމަ މިފަދަ މައްސަލައެއް ދިމާވަންޏާ ނުވަތަ ސިއްރުން ކުރިއަށް ގެންދާ މައްސަލައެއް ވިއްޔާ ފިޒިކަލީ ހާޒިރު ކޮށްގެން ކުރިއަށް ގެންދަންވީ. އެހެން ނޫން ނަމަ އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަންވީ." އޭނާ ވިދާޅުވި އެވެ.
އެހެން ވަކީލަކު ވެސް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ނިމުނަސް، އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް އޮތުން މުހިންމު ކަމަށެވެ. އޭގެ ސަބަބުން ވަކީލުންނާއި ކޯޓުތަކުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަވެ، ޝަރީއަތްތައް އަވަސް ވުމުގެ އިތުރުން އިދާރީ ގޮތުން ގިނަ ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އޮންލައިންކޮށް ޝަރީއަތްތަކުގެ ސަބަބުން އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމަށް ކުރިން ބެލެވުނަސް، އެފަދަ މައްސަލަތައް ހީކުރި ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ރަނގަޅު ގޮތަކީ މި ހާލަތު ނިމުނަސް، އޮންލައިންކޮށް އަދި ފިޒިކަލީ ވެސް ކުރިއަށް ގެންދެވޭ ގޮތަށް ބޭއްވުން. ކުރިން ނަމަ، އަތޮޅު ތެރޭގައި އުޅޭ މީހަކަށް ކިތަންމެ ކުޑަ ކަމެއް ދިމާވެގެން މާލެ ނާދެވުނަސް، ޝަރީއަތް ކުރިއަކަށް ނުދޭ. އެކަމަކު އޮންލައިންކޮށް ވިއްޔާ އެބަ ކުރިއަށް ގެންދެވޭ.
"އެންމެ ރަނގަޅު ގޮތަކީ މި ހާލަތު ނިމުނަސް، އޮންލައިންކޮށް އަދި ފިޒިކަލީ ވެސް ކުރިއަށް ގެންދެވޭ ގޮތަށް ބޭއްވުން. ކުރިން ނަމަ، އަތޮޅު ތެރޭގައި އުޅޭ މީހަކަށް ކިތަންމެ ކުޑަ ކަމެއް ދިމާވެގެން މާލެ ނާދެވުނަސް، ޝަރީއަތް ކުރިއަކަށް ނުދޭ. އެކަމަކު އޮންލައިންކޮށް ވިއްޔާ އެބަ ކުރިއަށް ގެންދެވޭ. އަދި ކޯޓު ރޫމުތައް މަދުވެގެން ޝަރީއަތް ކުރިއަށް ނުގެންދެވިފައި ތިބޭކަށް މިހާރު ނުޖެހޭ. ފަނޑިޔާރުންގެ ކޮޓަރިކޮޅުތަކުގައި ތިބެގެން އެއްފަހަރާ ގިނަ ޝަރީއަތްތަކެއް މިހާރު އެބަ ހިންގޭ." އެ ވަކީލް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުުންގެ މައްސަލަތައް އޮންލައިންކޮށް ކުރިއަށް ގެންދާ ނަމަ، ވަކީލުންނާއި ދައުވާލިބޭ މީހުންނަށް ފަސޭހައިން މަޝްވަރާ ކުރެވެން ޖެހޭނެ އެވެ. އަދި އިންޓަނެޓް ޚިދުމަތް ނެތް މީހުންނާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ރަނގަޅަށް ބޭނުން ކުރަން ނޭނގޭ މީހުން ކޯޓަށް ހާޒިރުވެގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި އިބްތިދާއީ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން ރަނގަޅެވެ. އޭގެ ސަބަބުން ދައުލަތުގެ ވަކީލުންނާއި ކޯޓުތަކުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވޭ ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށުމުން ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ކޯޓަށް ހާޒިރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިބްތިދާއީ އަޑުއެހުންތައް ރަނގަޅު އޮންލައިންކޮށް ބާއްވަން. އެއީ އިދާރީ އަޑުއެހުމެއް. އެކަމަކު ބޮޑެތި ޝަރީއަތްތައް ހާޒިރުކޮށްގެން ބޭއްވުން ރަނގަޅު ވާނީ." އޭނާ ވިދާޅުވި އެވެ.
ފަސޭހައިން އަދުލު އިންސާފަށް ވާސިލްވެވޭނެ މަގު އަބަދުވެސް ތަނަވަސްވެފައި އޮންނަން އެބަޖެހެ އެވެ. އެކަން އެންމެ ފަސޭހައިން ހާސިލްވެވޭނީ ދުނިޔެއަށް އައިސްފައިވާ ކުރިއެރުންތަކާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެންނެވެ. ކޮވިޑް-19 އަށް އާ ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރުގެ ތަޖްރިބާއަށް ބަލާއިރު އޮންލައިން ޝަރީއަތްތަކުން އެތައް ޝަކުވާއަކަށް ނިމުން ގެނެސް އަދި އިންސާފު ހޯދަން ލިބުނު ފަސޭހަތަކާއި ހޯދުނު ކުރިއެރުންތައް މާ ބޮޑެވެ.
ބަންދު ދުވަސްތަކުގައި އީމެއިލްއިން ކޯޓުގެ ޚިދުމަތް ދެނީ
ސިއްރު ހެކިން:ދެކޮޅަށް ވެސް ވިސްނަން ޖެހޭ މައްސަލައެއް
ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލެއަށް
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
ކްރިމިނަލް ކޯޓު ހުއްޓުމުން ޕީޖީގެ ކަންބޮޑުވުން
ކްރިމިނަލް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި
ޖިނާއީ ނޫން މައްސަލަތައް ނިންމި ވަރު މަދުވެއްޖެ
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ނިޒާމުތަކުގެ ހާލަތު ފެންނަނީ ސިޔާސީ ބޭފުޅަކާ ޖެހުމުން!