Roadha Mihaaru
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި

މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި 4،700 މައްސަލަ!

04 ޖެނުއަރީ 2024

މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުރި ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުރި ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 4،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، 2022 ވަނަ އަހަރުގެ 4،800 މައްސަލައެއް އެ ކޯޓުގައި އޮތެވެ. އަދި އަހަރު ނިމުނުއިރު 4،700 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓުގައި ނުނިމި އެބައޮތެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން ނިންމީ 4،100 މައްސަލަ އެކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން 186 މިލިއަން ރުފިޔާ އާއި 56 މިލިއަން ޑޮލަރާއި ދެ މިލިއަނަށް ވުރެ ގިނަ ޔުއާންގެ ދަރަނި ސާބިތުކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ކޯޓަށް ލިބިފައިވަނީ 73 މިލިއަން ރުފިޔާ އާއި ދެ މިލިއަން ޑޮލަރެވެ.

ސިވިލް ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓުގެ ގިނަ ފަނޑިޔާރުންނާއި މުވައްޒަފުން ވަކިވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި މިއަހަރު އެ ކޯޓުގެ އަމާޒަކީ ރައްޔިތުންނާ ގާތުން އަދި އަވަހަށް މައްސަލަތައް ކުރިއަށް ގެންދިއުން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.