28 ނޮވެމްބަރ 2016
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެމްޑީޕީގެ ދަފްތަރުން މިއަދު އުނިކޮށްފި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެމްޑީޕީގެ ދަފްތަރުން މިއަދު އުނިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި މޫސަ އާއި އަލްހާން އެމްޑީޕީގެ ދަފްތަރުން އުނިކުރަން އެ ޕާޓީން ހުށަހެޅުމުން އެކަން ދިގުލައިގެން ދިޔައީ ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ބަލަން ޖެހޭ ކަންކަން ބަލާފައި، މޫސަ އާއި އަލްހާން ވަކިކޮށް އެމްޑީޕީއަށް ސިޓީއަކުން ވަނީ އަންގާފައި،" އަކްރަމް ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މޫސަ އާއި އަލްހާން އެ ޕާޓީން ވަކިކުރިކަން އަންގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ އަދި ލިބިފައިނުވާ ކަމަށެވެ.
"އޮފީސް ބަންދު ކުރުމުގެ ކުރިން ކޮމިޝަންގެ ސިޓީއެއް ލިބިފައެއް ނެތް،" ނިޔާޒް ވިދާޅުވި އެވެ.
އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކުރައްވައި މައްސަލަ ހުށަހެޅުމުންނެވެ.
މޫސަ އެމްޑީޕީން ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.
ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ދެ ބޭފުޅުން މައާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ވަކި މުއްދަތެއް ވަންދެން ދެ ބޭފުޅުންނަށް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމެޓީން އެންގި ގޮތަށް އެއްވެސް ބޭފުޅަކު އަމަލެއް ނުކުރައްވަ އެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ މާފަށް އެދިވަޑައިގަންނަވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
ޕާޓީން ވަކި ކުރުމުން އަލްހާން އީސީއާ ދެކޮޅަށް ކޯޓަށް
އަލްހާން އެމްޑީޕީން ވަކިކުރަން އިލެކްޝަނަށް ހުށަހަޅައިފި
އެމްޑީޕީގެ ދަފްތަރުން ރީކޯ މޫސަ އުނިކުރަން އެދެފި
މޫސަ ފިންގަޕްރިންޓު ހުށައެއް ނާޅަ، އެކަމަކު ޕާޓީގައި
އަސާސީ ގަވާއިދަށް އެމްޑީޕީން އަމަލުކުރުމަށް އަންގައިފި
އެއީ މެމްބަރުންނެއް ނޫން، ބޭނުމަކީ ޕާޓީ ހަލާކުކުރުން
އެމްޑީޕީ އޮތީ ހައިޖެކްކޮށްފައި، އިސްލާހުކުރާނަން: މޫސަ
ޕްރައިމަރީއާ ހެދި އުޅެން އަދި މާ އަވަސް: މޫސަ
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!