Roadha Mihaaru

އެމްޑީޕީ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް ވާދަކުރަން ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 އޯގަސްޓް 2025

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 30ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންނަށް ކަމަށާއި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާންމުކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ޝަރުތުތައް:

1. އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން

2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން

3. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން

އެކަމަށް ޝައުގުވެރިވާ އެ ޕާޓީގެ މެމްބަރުން ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށާއި އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރާ ފޯމް އެއިދާރާއިން ސާފުކޮށް ފުރިހަމަ ކުރުމަށްފަހު ފޯމާ އެކު ހުށަހެޅުމަށް އެމްޑީޕީން އެދިފައިވެ އެވެ.