06 ނޮވެމްބަރ 2016
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އަލްހާން އެމްޑީޕީން ވަކިކުރަން ހުށަހެޅިތާ ހަފުތާއެއް ވެފައި ވާއިރު އޭނާގެ ނަން އަދިވެސް ޕާޓީގެ ދަފުތަރުގައި އެބަ އޮތެވެ.
އަލީ ނިޔާޒް މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ އުސޫލުގައިވާ ގޮތަށް އަލްހާން ވަކި ކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުން ތަންފީޒުކޮށް ދިނުމަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ނަމަވެސް އަލްހާން ވިދާޅުވީ އޭނާ އަކީ އަދިވެސް އެމްޑީޕީ މެމްބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އެނގެން އޮންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކި ކުރި މައްސަލަ އިސްތިއުނާފް ކުރިތާ ފަސް ދުވަސް ވީއިރު ވެސް އެ މައްސަލައެއް ނުބަލަ އެވެ.
"އަޅުގަނޑަކީ އަދިވެސް އެމްޑީޕީ މެމްބަރެއް، އެއީ އަޅުގަނޑު ވަކި ކުރީ އުސޫލުތަކާ އެއްގޮތަށް ކަމަކަށް ގަބޫލެއް ނުކުރަން،" އަލްހާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުލިބެ އެވެ.
އެމްޑީޕީން އަލްހާން ވަކިކުރި މައްސަލަ ބާތިލްކުރަން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދާ ކަމަށް އަލްހާން ކުރައްވާ ތުހުމަތު އެމްޑީޕީން ދޮގު ކުރެ އެވެ.
ނިޔާޒް ވިދާޅުވީ އަލްހާން ވަކި ކުރި މައްސަލަ އިސްތިއުނާފް ކުރުމުން ކޮމެޓީ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެކަމަކު އިތުރު ބައްދަލުވުމެއް ބާއްވައި އަލްހާން ކޮމެޓީއަށް ހާޒިރު ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އަލްހާން އެމްޑީޕީން ވަކި ކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކުރައްވައި މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް ޕާޓީއަށް ގެއްލުންވާ ގޮތަކަށް އަމަލު ކުރި ކަން އަލްހާން ދޮގުކުރައްވަ އެވެ.
އަލްހާން ޕާޓީން ވަކިކުރުމުގެ އިތުރުން އޭނާ އަލުން އެ ޕާޓީއާ ގުޅޭ ނަމަ އިތުރު 50 މެމްބަރުން އެ ޕާޓީއަށް ގެންނަން ޖެހޭނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް އާންމު މެމްބަރުންގެ ކިބައިން އަލްހާން މާފަށް އެދެންޖެހޭނެ ކަމަށާއި ޕާޓީއާ އަލަށް ގުޅޭ ތާރީޚުން ފެށިގެން ތިން އަހަރު ވަންދެން ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް އަލްހާނަށް ކުރިމަތި ނުލެއްވޭ ގޮތަށް ވެސް އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ 2014 ގައި ނާކާމިޔާބުވުމުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރި މައްސަލާގައި ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކުގައި ވާދަކުރުން އަލްހާނަށް ވަނީ ދޮޅު އަހަރަށް މަނާކޮށްފަ އެވެ.
ޕީޕީއެމް ކޯލިޝަންގެ ވިޕަކާ ހިލާފުވެގެން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެ ޕާޓީން ވަކި ކުރަން ސުލޫކީ ކޮމެޓީން ނިންމި އެވެ. އަދި އެ ކޮމެޓީން އެ ގޮތަށް ނިންމިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ ފާރިސްގެ ނަން ޕީޕީއެމްގެ ދަފުތަރުން އުނިކޮށްފަ އެވެ.
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
އީސީގެ އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް: ޝުޖާއު