28 ސެޕްޓެމްބަރ 2016
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް އެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް އެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް މިގޮތަށް އިލެކްޝަންސް އިން އެންގީ، އެ ޕާޓީން އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެމްޑީޕީގައި މިހާރު ސައްހަ ލީޑަޝިޕެއް ނެތް ކަަމަށް ވިދާޅުވެ އަލްހާން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަތީ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވަން އިންތިހާބު ބާއްވަން އެ ޕާޓީ އަށް އަމުރުކޮށްދިނުމަށެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގައި މަޝްވަރާކޮށް، އެ ކޮމިޝަނުން އެމްޑީޕީ އަށް އެންގީ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރުމަށެވެ.
ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމާ ބެހުމަކީ އިލެކްޝަންސް ކޮމިޝަނުން އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު ހުރިހާ ޕާޓީތަކުން ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ ކޮމިޝަނުން އަބަދުވެސް ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން އަސާސީ ގަވާއިދާ ހިިލާފުވާ ކަމަށް ބުނެ މެމްބަރުންތަކެއް ހުށަހެޅި ޝަކުވާ ބެލުމަށް ފަހު ވެސް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އެ ޕާޓީ އަށް މީގެ މަހެއްހާ ދުވަސްކުރިން އިލެކްޝަންސް އިން ވަނީ އަންގައިފަ އެވެ.
އެމްޑީޕީއާ ގުޅޭ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު އެ ޕާޓީ ޑިމޮކްރަސީ އާއި ޕާޓީ އުފެއްދި މަގްސަދާ ހިލާފަށް ހިންގަމުންދާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެކު އަލްހާން ވަނީ ފައްޓަވައިފަ އެވެ. މޫސަ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބު ބާއްވަން އިލެކްޝަންގައި އެދިވަޑައިގަތުމަށް ފަހު، އެކަން ނުވެއްޖެ ނަމަ ކޯޓަށް ވެސް މައްސަލަ ވައްދައިގެން ޕާޓީ އަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަޝީދު ޕާޓީ ހިސޯރުކޮށްގެން އުޅުއްވާ ކަމަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވެފައި ވަނީ އެކަން ނިމުމަކަށް ގެންނަވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަލްހާނާއި މޫސަ އަށް ރައްދު ދީ އެމްޑީޕީން ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އެޖެންޑާއަކީ އެމްޑީޕީ ހަލާކުކޮށްލުން ކަމަށެވެ. އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވީ އާއްމު މެމްބަރުންގެ ތާއީދު އޮތް ބޭފުޅުން ކަމަށާއި ޕާޓީ ހިންގަނީ ވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ޕާޓީއެއް އުވާލަން ބޭނުމެއް ނޫން: އިލެކްޝަންސް
ހައްޔަރުކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ނަޝީދަށް އީސީން ހުރަސްއަޅަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ
އެމްޑީޕީ އުވާލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ހަސަން
ނަޝީދަށް ފުރުސަތު ދީފި ނަމަ ޕާޓީ އުވާލަން ހުށަހަޅާނަން
ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ކޯޓުން
"ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދަ ނުކުރެވޭނެ"
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
އެމްޑީޕީ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން ކޯޓަށް
ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެތީ: އަލްހާން